Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަށު ފަތުރުވެރިކަން ކުރިއެރުވުން

އަމާޒަކީ ކޮންމެ އަތޮޅެއްގެ ކައުންސިލް އިދާރާގައި ޓޫރިސްޓް ޑެސްކެއް ގާއިމުކުރުން - ޓޫރިޒަމް މިނިސްޓްރީ

އިސްކަން ދެނީ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލާ އިރު، ބޭނުންވާ ޓެކްނިކަލް އެސިސްޓެންޓް ފޯރުކޮށްދިނުމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 13 ޖޫން 2021 | އާދީއްތަ 07:10
ށ. ފޭދޫ

ށ. ފޭދޫ

"ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެކްޓްގެ ދަށުން ރަށު ފަތުރުވެރިކަން ތަރައްގީކުރުމަށް ކުރެވެމުންދާ މަސަތްކަތުގެ ދަށުން ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާގައި ޓޫރިސްޓް ޑެސްކެއް ގާއިމު ކުރުމަކީ އަމާޒެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެޓީވީގެ "ވިޔަފާރި މިއަދު" ޕްރޮގްރާމްގައި ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓްރީގެ ސީނިއަރ އެގްޒެކިއުޓިވް ޑިރެކްޓަރ އަލީ ރައްޒާން ވަނީ މިނިސްޓްރީން ކައުންސިލްތަކާ އެކު މިހާރު ކުރިއަށް ގެންދާ މަޝްވަރާބައްދަލުވުންތަކުގައި އެންމެ ބޮޑު އިސްކަމެއް ދެނީ ރަށްރަށުގެ ލޭންޑްޔޫސް ޕްލޭން އެކުލަވާލާ އިރު، ބޭނުންވާ ޓެކްނިކަލް އެސިސްޓެންޓް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި ތިން މަސް ދުވަހު މިނިސްޓްރީގެ ސްޓާފުން މިކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ރައްޒާން ވަނީ ވިދާޅުވެފައެވެ.

އޭގެ ފަހުން މިނިސްޓްރީގެ ޕްލޭނަކީ ކޮންމެ އަތޮޅެއްގެ އަތޮޅު ކައުންސިލް އިދާރާގައި ޓޫރިސްޓް ޑެސްކެއް ގާއިމުކުރުން ކަމަށާއި އަދި ކޮންމެ ރަށެއްގެ ރަށުކައުންސިލް އިދާރާ އަކީ އެރަށެއްގެ ފްރަންޓް އޮފީސްގެ ގޮތުގައި މަސައްކަތްކުރާނެ އިދާރާކަމުގައި ހެދުން ކަމަށް ރައްޒާން ވިދާޅުވިއެވެ. އޭގެ އިތުރުން ރަށު ކައުންސިލްތަކުގައި ޓޫރިސްޓް ޑެސްކް ތަރައްގީކޮށް، އާންމުކޮށް ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިން ޒިޔާރަތްކުރާ ތަންތަން ކަމަށްވާ ފެރީ ޓަރމިނަލް އާއި އެއަރޕޯޓް ތަކުގައި ވެސް ޓޫރިސްޓް ޑެސްކްތައް ގާއިމުކުރެވިގެންދާނެ ކަމަށް ރައްޒާން ވިދާޅުވިއެވެ.

ރައްޒާން ވިދާޅުވީ މިޑެސްކްތަކުން ފޯރުކޮށްދޭނެ މައުލޫމާތުތައް އެއްކުރެވޭނެ ކަމަށާއި އޭގެ ތެރޭގައި އަތޮޅުގެ ރަށްރަށުގައި ހުންނަ ސެލިންގް ޕޮއިންޓްސްތަކުގެ މައުލޫމާތާއި ގަދީމީ ތަންތަނާއި އަސާރީ ތަންތަނުގެ އިތުރުން ރަށްރަށުގެ ސަގާފަތާއި އާދަކާދަ ދައްކައިދޭ ތަންތަނުގެ މައުލޫމާތުތައް ހިމެނޭނެ ކަމަށެވެ. އެގޮތުން މި މައުލޫމާތުތައް އެއްތަނަކުން ފެންނާނެ ޕްލެޓްފޯމެއް ގާއިމުކުރެވިފައިވާ ކަމަށާއި ޔޫއެންޑީޕީއާ ގުޅިގެން މި ޕްލެޓްފޯމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށް ރައްޒާން ވިދާޅުވިއެވެ. ރައްޒާން ވަނީ މި ޕްލެޓްފޯމަކީ ރަށު ފަތުރުވެރިކަން މާކެޓްކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) އަށް ބޭނުންކުރެވޭނެ ޕްލެޓްފޯމެއް ކަމަށާއި އަމިއްލަ ފަރާތްތަކުގެ މާކެޓިންނަށް ވެސް މި ޕްލެޓްފޯމް ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

މި ޕްރޮޖެކްޓުގެ ދަށުން ކައުންސިލްތަކާ ގުޅިގެން އެކިއެކި ޓްރެއިންގ ޕްރޮގްރާމްތައް ހިންގާނެ ކަމަށާއި ފަތުރުވެރިވެރިކަމުގެ ދާއިރާއަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތައް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ސިންދަފާތުކޮށް ރަށްރަށުގެ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކާ ގުޅިގެން ފަތުރުވެރިކަން ކުރިއަރުވައި ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ހާސިލްކުރަން ބޭނުންވާ ފަތުރުވެރިކަމުގެ ސިޔާސަތުތަކުގެ ތެރެއިން ހަތަރު ސިޔާސަތެއް ހާސިލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ޓޫރިޒަމް ޑައިވަރސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން އަދި ސިޓީ ކައުންސިލަރުންނާ އެކު މަޝްވަރާބައްދަލުވުންތައް ބާއްވާފައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްރަށު ފަތުރުވެރިކަން

އިތުރަށް ކިޔާލަން

27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
12 އޮކްޓޯބަރު 2025

"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"

12 އޮކްޓޯބަރު 2025
"އޮމަދޫ ބަނދަރުގެ ދަތިކަން އިންތިހާއަށް، މަސައްކަތް ދަނީ ސްލޯ ސްޕީޑުގައި، ބޭނުންވާ ތަކެއްޗެއް ނެތް"
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
07 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި

07 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އޮމަދޫއަށް ކުރައްވާ ދަތުރުފުޅާއި ދިމާކޮށް، އޮމަދޫގެ އިހްތިސާސްގައި ތިން ފަޅު ހިމަނައިފި
22 އޯގަސްޓު 2025

ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޯގަސްޓު 2025
ރަށްރަށުގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކުން، ސަފާރީ އެއް ބާއްވައިގެން ރާ ވިއްކާ, ރާ ދީ ހަދާ ކަމަށް ރައީސް ވިދާޅުވެއްޖެ
21 އޯގަސްޓު 2025

އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް

21 އޯގަސްޓު 2025
އުކުޅަހު ކައުންސިލުން ޓޫރިޒަމް ވިޔަފާރިއަށް ހެދި ލޭންޑް ޔޫސް ޕްލޭން ބޭކާރު، ރައީސް ވިދާޅުވީ އެ ޕްލޭން ބަދަލުކޮށް ބިންތަކުން ދޭނީ ގޯތި ކަމަށް
21 އޯގަސްޓު 2025

ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި

21 އޯގަސްޓު 2025
ގެސްޓް ހައުސް ވިޔަފާރިވެރިން ޝޯޓްކަޓް ނަގައިގެން، ދީނާއި ޚިލާފު ކަންކަން ހިންގައިގެން މުއްސަނދި ވާން މަސައްކަތް ކުރާ ކަމަށް ރައީސް ތުހުމަތުކުރައްވައިފި
21 އޯގަސްޓު 2025

ގެސްޓުންނަކީ އައްޗި ހެދުން ލައިގެން އައްޗި ކޮށް އުޅޭ ބައެއް ކަމުގެ ޝަކުވާ ރައީސް އަށް

21 އޯގަސްޓު 2025
ގެސްޓުންނަކީ އައްޗި ހެދުން ލައިގެން އައްޗި ކޮށް އުޅޭ ބައެއް ކަމުގެ ޝަކުވާ ރައީސް އަށް
21 އޯގަސްޓު 2025

މަޝްރޫއުތައް ހުއްޓިފައި އޮތް އުކުޅަހުގައި ވެސް 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

21 އޯގަސްޓު 2025
މަޝްރޫއުތައް ހުއްޓިފައި އޮތް އުކުޅަހުގައި ވެސް 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް މި އަހަރު ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު