Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުތުލުސްދޫގައި ސަރފް ޝެކެއް ތަރައްގީކުރުން

ތުލުސްދޫގައި ސަރފް ޝެކެއް ތަރައްގީކުރަން ހުޅުވާލައިފި

11 ޖޫން 2021 | ހުކުރު 06:10

ބިޑު ހުށަހަޅަންޖެހެނީ ޖޫން 28ގެ މެންދުރުފަހު 1:00ށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 11 ޖޫން 2021 | ހުކުރު 06:10
ކ. ތުލުސްދޫ

ކ. ތުލުސްދޫ

ތުލުސްދޫގައި ސަރފް ޝެކެއް ތަރައްގީކުރަން އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ތުލުސްދޫ ކައުންސިލުން ބުނީ އެކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް ކައުންސިލުން ދައްކާ ބިމުގައި ސާރފް ޝެކެއް އަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އަމިއްލަ ތަކެތީގައި ސަރފް ޝެކް އަޅަން ޝައުގުވެރިވާ ފަރާތްތަކުން، ޖޫން 21 ވަނަ ދުވަހުގެ މެންދުރުފަހު 1:00ށް ތުލުސްދޫ ކައުންސިލްގެ އިދާރާއަށް ގޮސް މައުލޫމާތު ސާފުކުރުމަށްފަހު ޖޫން 28ގެ މެންދުރުފަހު 1:00ށް އަގު ހުށަހެޅުމަށް ވަނީ އެދިފައެވެ. އަދި ހުޅުވުން އޮންނާނީ ބިޑު ހުށަހަޅާ ދުވަހުގެ މެންދުރުފަހު 1:05ގައި ބިޑު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައިކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލުން ބުނީ އެ އިދާރާއިން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނުގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށް ކަމަށެވެ. އެހެންކަމުން އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ޖެހޭނެއެވެ.

ކައުންސިލަށް ހުށަހަޅާ އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިއުލާނު ނަންބަރު އަދި "ތުލުސްދޫ ސާރފް ޝެކް ތަރައްޤީކުރުން" މިހެން ލިޔެފައި އޮންނަންޖެހެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ދާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ޖެހޭކަމަށާއި މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

ރަށު ފަތުރުވެރިކަން ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ އިރު، ތުލުސްދޫ އަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ސަރފިންގ ޕޮއިންޓެކެވެ. ތުލުސްދޫ ވަނީ ފަތުރުވެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.

ކ. ތުލުސްދޫ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ތުލުސްދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު ގެ ޚިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވައިފި

28 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ތުލުސްދޫގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމު ގެ ޚިދުމަތް ރައީސް މުއިއްޒު ފައްޓަވައިދެއްވައިފި
07 ނޮވެމްބަރު 2022

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި

07 ނޮވެމްބަރު 2022
ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި
12 އޯގަސްޓު 2022

އީޕީއޭއިން ކުރި ޖޫރިމަނާ ނުދައްކާނެ ކަމަށް ތުލުސްދޫ ކައުންސިލް އިން ބުނެފި

12 އޯގަސްޓު 2022
އީޕީއޭއިން ކުރި ޖޫރިމަނާ ނުދައްކާނެ ކަމަށް ތުލުސްދޫ ކައުންސިލް އިން ބުނެފި
05 ޖޫން 2022

ރައީސް، ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވައިފި

05 ޖޫން 2022
ރައީސް، ތުލުސްދޫ ކައުންސިލާ ބައްދަލުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް