Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެކްސިން

ރާއްޖެއިން ބުދަ ދުވަހު ވެކްސިން ޖެހީ 1،212 މީހުން

400 މީހުން ވަނީ ފުރަތަމަ ޑޯޒު ޖަހާފައި

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު, ރާއްޖެ އެމްވީ | 11 ޖޫން 2021 | ހުކުރު 00:24
ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ވެކްސިން ޖެހުމުގެ ގައުމީ ކެމްޕޭންގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ

ރާއްޖެއިން ބުދަ ދުވަހު 1،212 މީހުން ވެކްސިން ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުދަ ދުވަހު މުޅި ރާއްޖެއިން 400 މީހުން ވަނީ ފުރަތަމަ ޑޯޒު ޖަހާފައެވެ. ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 60 މީހުންނެވެ. އަދި އަތޮޅުތެރެއިން 340 މީހުންނެވެ. 812 މީހަކު ދެވަނަ ޑޯޒު ޖަހާފައިވާއިރު، އެއީ މާލެ ސަރަހައްދުން 303 މީހުންނާއި އަތޮޅުތެރެއިން 509 މީހުންނެވެ.

Advertisement - newsAdvertisement

މިއާއެކު މުޅި ރާއްޖެއިން ވެކްސިން ޖެހި މީހުންގެ އަދަދު 313،485ށް އަރާފައިވާއިރު އޭގެ ތެރެއިން ދެވަނަ ޑޯޒު ޖަހާފައި ވަނީ 175،930 މީހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ ކޮވިޝީލްޑް ވެކްސިނާއި، ފައިޒަރ ވެކްސިން، އަދި ސިނޮފަރމް ވެކްސިނެވެ. މީގެތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން މާލެ ސަރަހައްދުގައި މެއި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ވަނީ މެދުކަނޑާލާފައެވެ.

ރާއްޖެއިން ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިން ގެނައުމަށް މަސައްކަތް ކުރަމުން އަންނައިރު، އެސްޓްރަޒެނިކާ ވެކްސިން ގެނައުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދެ ލައްކަ ޑޯޒް މިމަހުގެ ފަހުކޮޅު ލިބޭނެކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވަނީ ވިދާޅުވެފައެވެ. ރާއްޖެއިން ވަނީ އެސްޓްރަޒެނިކާ ވެކްސިންގެ ހަތް ލައްކަ ޑޯޒް ގަތުމަށް ފައިސާ ދައްކާފައެވެ.

މީގެއިތުރުން އެމެރިކާ އާއި ކެނެޑާއިން ވެސް ވަނީ ރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ކޮވިޑް-19 ވެކްސިންއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު