Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޓެކްސްތައް ދެއްކުމުގެ ސުންގަޑި ފަސްކުރުން

ޓޫރިޒަމް ދާއިރާގެ ބައެއް ޓެކްސްތައް ދެއްކުމުގެ ސުންގަޑި ފަސްކޮށްފި

މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފީތައް އޮންލައިންކޮށް ދެއްކޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ޖޫން 2021 | ބުރާސްފަތި 06:46
ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދިޔަ ގޮތް

ޓޫރިޒަމް ދާއިރާގެ ބައެއް ޓެކްސްތައް ދެއްކުމުގެ ސުންގަޑި ފަސްކޮށްފައިވާ ކަަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފިއެވެ.

މީރާއިން ބުނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށާއި މި ހާލަތުގައި ޓެކްސް ދައްކާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކަށް ރިޔާއަތްކޮށް، 2021 ވަނަ އަހަރުގެ އޭޕްރިލް މަހަށް ހުށަހަޅަންޖެހޭ ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާނާއި ގްރީން ޓެކްސް ބަޔާން ހުށަހެޅުމާއި އެ ބަޔާންތަކާ ގުޅޭ ފައިސާ ދެއްކުމުގެ ސުންގަޑި 15 ޖޫން 2021ށް ފަސްކޮށްފައިވާ ކަމަށެވެ.

އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ޓެކްސް ދައްކާ ހުރިހާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ޓެކްސްތައް ފިޔަވާ އެނޫން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ޓެކްސްތަކުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިތަކާއި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ދެއްކުމުގެ ސުންގަޑިތަކުގެ ތެރެއިން މޭ 27 އާއި މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތް ދޭން ފަށާ ދުވަހާ ދެމެދު އަންނަ ސުންގަޑިތައް ވެސް ފަސްކޮށްފައިވާ ކަމަށް މީރާއިން ބުނެއެވެ. އަދި ފަސްކޮށްފައިވާ މި ސުންގަޑިތަކުގެ އައު ސުންގަޑިތައް މީރާގެ ކައުންޓަރުތައް ހުޅުވައިގެން ޚިދުމަތްދޭން ފެށުމުން އިއުލާން ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މީރާއިން ބުނީ އެ އޮތޯރިޓީއާ ގުޅަން ބޭނުންވާ ފަރާތްތަކަށް، ރަސްމީ ގަޑީގައި އޮތޯރިޓީގެ ހޮޓްލައިން 1415 ގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި، ވައިބަރ ނަންބަރު 9821415 އަށް މެސެޖް ކުރައްވައިގެން ވެސް މައުލޫމާތު ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ކައުންޓަރުތަކުން ޚިދުމަތް ނުދޭން ނިންމާފައިވާއިރު، ޓެކުހާއި އަދި އެހެނިހެން ފީތައް ދައްކަން ޖެހޭ މުއްދަތު ވެސް ވަނީ ފަސްކޮށްފައެވެ.

މީރާގެ އޮފީސްތަކުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު މީރާގެ ހޮޓްލައިން ނަންބަރަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00ން ފެށިގެން 14:00ށް ގުޅޭނެކަމަށް މައުލޫމާތު ލިބެއެވެ.

މީރާ

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
21 އޯގަސްޓު 2025

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ
06 އޯގަސްޓު 2025

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު
06 އޯގަސްޓު 2025

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު
05 އޯގަސްޓު 2025

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު