Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބޮނަކުއާ ބިއްލޫރި ފުޅި

ކޮކާކޯލާއިން ތައާރަފުކުރި ބޮނަކުއާ އެއް ލީޓަރުގެ ބިއްލޫރި ފުޅިއަށް ތަރުހީބު ބޮޑު

'ކޯކް2ހޯމް' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ފުޅިތަކަށް އޯޑަރު ކުރެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ޖޫން 2021 | ބުދަ 18:09
ބޮނަކުއާ އެއް ލީޓަރުގެ ބިއްލޫރި ފުޅި

ބޮނަކުއާ އެއް ލީޓަރުގެ ބިއްލޫރި ފުޅި

ކޮކާކޯލާ މޯލްޑިވްސްއިން ބޮނަކުއާ ބްރޭންޑަށް ޚާއްސަ، ތިމާވެއްޓާ ރައްޓެހި އެއް ލީޓަރުގެ ބިއްލޫރި ފުޅި، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ތައާރަފުކޮށްފައިވާއިރު ބޮނަކުއާ އެއް ލީޓަރުގެ ބިއްލޫރި ފުޅިއަށް ތަރުހީބު ބޮޑު ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ކޮކާކޯލާ އިން ބުނީ ބިއްލޫރި ފުޅިތަކަށް ތަރުހީބު ބޮޑު ކަމަށާއި، އާންމުންގެ ފަރާތުން ވެސް މިކަމަށް ލިބޭ އެއްބާރުލުން ބޮޑު ކަމަށެވެ.

މި ބިއްލޫރި ފުޅިތައް މިހާރު ބައެއް ރިސޯޓުތަކާއި ހޮޓެލްތަކުގެ އިތުރުން ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުގައި ބޭނުންކުރަމުން ދާއިރު، ދެން އެ ފުޅި ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށްރަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

'ކޯކް2ހޯމް' މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށްވެސް މި ފުޅިތަކަށް އޯޑަރު ކުރެވޭނެއެވެ. ބޮނަކުއާގެ ބިއްލޫރި ފުޅި ރާއްޖެއަށް ތައާރަފުކުރި ނަމަވެސް، ކޮކާކޯލާއިން ބުނީ އެކުންފުނިން ވިއްކާ ބޮނަކުއާ ޕެޓް ފުޅިވެސް ލިބެން ހުންނާނެ ކަމަށެވެ.

ޕްލާސްޓިކް ކުނި މަދުކުރުމަށް ކޮކާކޯލާއިން ޚާއްސަ ކެމްޕޭނެއް ފަށާފައިވާއިރު މި ކެމްޕޭނުގެ ދަށުން 2030 ގެ ނިޔަލަށް އެކުންފުނިން ވިއްކާ ކޮންމެ ދަޅަކާއި ޕްލާސްޓިކް ފުޅިއަކަށް ކުނީގެ ގޮތުގައި އުކާލާފައިވާ ދަޅަކާއި ޕްލާސްޓިކް ފުޅިއެއް ރީސައިކަލް ކުރުމަށް ނިންމާފައިވެއެވެ.

ބޮނަކުއާ އެއް ލީޓަރުގެ ބިއްލޫރި ފުޅި

އިތުރަށް ކިޔާލަން

21 ޖޫން 2023

ރާއްޖެއަށް މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް ޕްރޮމޯޝަނެއް

21 ޖޫން 2023
ރާއްޖެއަށް މަކިޓާ ތައާރަފުކުރިތާ 25 އަހަރު ފުރުން ފާހަގަކުރުމަށް ޕްރޮމޯޝަނެއް
21 ޖުލައި 2021

ވިޔަފާރިތައް ހިނގަން ފެށުމާއެކު ކޮކާކޯލާގެ ވިޔަފާރިއަށް 37 އިންސައްތައިގެ ކުރިއެރުމެއް

21 ޖުލައި 2021
ވިޔަފާރިތައް ހިނގަން ފެށުމާއެކު ކޮކާކޯލާގެ ވިޔަފާރިއަށް 37 އިންސައްތައިގެ ކުރިއެރުމެއް
07 ނޮވެމްބަރު 2019

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފި

07 ނޮވެމްބަރު 2019
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް ށ. ފޭދޫގެ ކޮންމެ ގެއަކަށް ބިއްލޫރި ފުޅި ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު