Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
މީރާގެ ކައުންޓަރުގެ ޚިދުމަތްތައް ހުއްޓާލުން

މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް މީރާގެ ކައުންޓަރުތަކުން ޚިދުމަތެއް ނުދޭނެ

ރަސްމީ ގަޑީގައި އޮތޯރިޓީގެ ހޮޓްލައިން އަދި ވައިބަރ މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދެވޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 9 ޖޫން 2021 | ބުދަ 12:34
ނިއު ނޯމަލްގައި މީރާއިން  މަސައްކަތް ކުރަމުންދާ ގޮތް

ނިއު ނޯމަލްގައި މީރާއިން މަސައްކަތް ކުރަމުންދާ ގޮތް

މި ހިނގާ ޖޫން މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކައުންޓަރުތަކުން ޚިދުމަތް ނުދޭނެކަމަށް އެ އިދާރާއިން ބުނެފިއެވެ.

މީރާއިން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 15ގެ ނިޔަލަށް މާލެ ސަރަޙައްދުގެ އޮފީސްތައް ހުޅުވައިގެން މަސައްކަތް ނުކުރާ ގޮތަށް ހަމަޖައްސާފައިވާތީ، އެ މުއްދަތުގައި އެ އޮތޯރިޓީގެ ކައުންޓަރުތަކުން ޚިދުމަތް ނުދޭނެ ކަމަށެވެ.

Advertisement - businessAdvertisement

ނަމަވެސް އެ އޮތޯރިޓީއަށް ދައްކަންޖެހޭ ޓެކުހާއި ފީތައް، އޮތޯރިޓީގެ އޮންލައިން ޚިދުމަތް މީރާކަނެކްޓް އަދި ވާރުގެ މެދުވެރިކޮށް ދެއްކޭނެ ކަމަށާއި، މީރާއިން ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ވެސް އޮންލައިންކޮށް ހޯދޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށް މީރާއިން ބުނެއެވެ. އެހެންކަމުން ހުރިހާ ޚިދުމަތްތަކެއް ވެސް އޮންލައިންކޮށް ހޯދުމަށް މީރާއިން އިލްތިމާސްކުރެއެވެ.

މީރާއިން ބުނީ މި މުއްދަތުގައި އެ އޮތޯރިޓީއާ ގުޅަން ބޭނުންވާ ފަރާތްތަކަށް، ރަސްމީ ގަޑީގައި އޮތޯރިޓީގެ ހޮޓްލައިން 1415 ގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އަދި ރަސްމީ ގަޑީގައި، ވައިބަރ ނަންބަރު 9821415 އަށް މެސެޖް ކުރައްވައިގެން ވެސް މައުލޫމާތު ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ކައުންޓަރުތަކުން ޚިދުމަތް ނުދޭން ނިންމާފައިވާއިރު، ޓެކުހާއި އަދި އެހެނިހެން ފީތައް ދައްކަން ޖެހޭ މުއްދަތު ވެސް ވަނީ ފަސްކޮށްފައެވެ.

މީރާގެ އޮފީސްތަކުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު މީރާގެ ހޮޓްލައިން ނަންބަރަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00ން ފެށިގެން 14:00ށް ގުޅޭނެކަމަށް މައުލޫމާތު ލިބެއެވެ.

އޭޕްރިލް މަހު މީރާ އިން ވަނީ 1.41 ބިލިއަން ރުފިޔާގެ އަމްދަނީއެއް ބަލައިގެންފައެވެ. އޭޕްރީލްމަހު މީރާއަށް ބަލައިގެން ފައިސާއަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 173.8 އިންސައްތަ އިތުރު އަދަދެކެވެ. އަދި އެއީ އޭޕްރީލް މަހު ލިބޭނޭ ކަމަށް މީރާއިން އަންދާޒާކުރި އަދަދަށްވުރެ 82.6 އިންސައްތަ އިތުރު އަދަދެކެވެ

މީރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ބަދަލުވެއްޖެ

21 އޯގަސްޓު 2025
ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

ޓެކްސް ފައިސާ ނުދައްކާ ފަރާތްތައް ޖަލަށްލާން ހުށަހެޅި އިސްލާހު އައިސްފައި ވަނީ ރައީސް އޮފީހުގެ މޭޒުދަށުން: ޒަރިޔަންދު

06 އޯގަސްޓު 2025
"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

"ކޯޓުތަކުގައިވެސް އިންސާފު ކިރަން ހުންނަނީ ތިލަފަތެއް ނޫން، ތަރާދެއް ހުންނަނީ": މެންބަރު ޒިޔާދު

06 އޯގަސްޓު 2025
ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު - "ސިއްރު ނުހިފަހައްޓައިފި ނަމަ 250،000 ރުފިޔާ އާއި ހަމައަށް ޖޫރިމަނާ ކުރެވޭނެ"

05 އޯގަސްޓު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު