Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭގައި އަޅާފައިވާ ފިޔަވަޅުތައް

މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަފްތާއަކަށް އިތުރުކޮށްފި

8 ޖޫން 2021 | އަންގާރަ 12:10

މާލެ ސަރަހައްދުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ މެއި މަހުގެ 26 ވަނަ ދުވަހު

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 8 ޖޫން 2021 | އަންގާރަ 12:10
ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ސަލާމަތީ ބާރުތަކުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ މަސައްކަތުގައި

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދިގު ދަންމަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރައީސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 ކޭސްތަކުގެ އަދަދުތައް އިތުރުވުމާ ގުޅުގެން އަޅާފައިވާ ފިޔަވަޅުތަކުގެ ޑެޑްލައިންއާ ގާތްވެފައިވާއިރު އެ ފިޔަވަޅުތަކަށް ލުއި ދެވެން އަދި ނެތް ކަމަށެވެ. އެގޮތުން ކޭސްތައް މިހާރު ހުރި ގޮތަށް ބަލާފައި ޓެގް ޓީމުގެ ނިންމުމަކީ އަދި އެ ފިޔަވަޅުތައް ދިގު ދެންމުން ކަމަށާއި، އެގޮތުގެ މަތިން ފިޔަވަޅުތައް އިތުރު އެއް ހަފްތާއަށް ދަންމަން ނިންމާފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އަނެއްކާ ވެސް ހަފްތާއެއް ފަހުން ބެލުމަށް ފަހު ކޭސްތަކުގެ އަދަދު ހުރިގޮތަށް ރިއާޔަތްކޮށް ފިޔަވަޅުތަކާ މެދު ގޮތް ނިންމަވާނެ ކަމަށެވެ. އަދި އޭރުން ވެސް ފިޔަވަޅު އިތުރަށް ދިގުދަންމަން ފެންނަ ނަމަ އެގޮތަށް ކަން ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ކުއްލިއަކަށް ލުއިތަކެއް ދިނުމުން ވާނެ ގޮތް އޭޕްރިލްމަހުގެ ތެރޭގައި ފެނިފައިވާ ކަމަށެވެ. އެގޮތުން މިދިޔަ ޖެނުއަރީގައި ރާއްޖެއަށް ކޮވިޑްގެ ތިން ވަނަ ރަޅެއް ބިންދާލާފައިވާއިރު އޭރު އެޅި ފިޔަވަޅުތަކަށް ކުއްލި ބޮޑު ލުއިތަކެއް ދިނީ އޭޕްރިލް މަހުގައެވެ. ރައީސް ވިދާޅުވީ އެފަހަރު ވީ ގޮތަށް ބެއްލެވުމަށް ފަހު މިފަހަރުގެ އަމާޒަކީ އެހެން ވިޔަ ނުދީ މަޑުމަޑުން ލުއިތައް ދެމުން ދިއުން ކަމަށެވެ. އަދި އެކަމުގައި ރަނގަޅު އުސޫލެއް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި އާންމުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން ކުއްލިއަކަށް ލުއިތައް ދިނުމުން ކޭސްތައް އިތުރުވެ އަނެއްކާ ވެސް ފިޔަވަޅުތައް ވަރުގަދަ ކުރަން ޖެހިފައިވާ ކަމަށާއި، އެހެންކަމުން އިތުރު ހަފްތާއަކަށް ބެލުމަށްފަހު އަންނަ ހަފްތާގައި ލުއިތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި އެއަށްފަހު ހާލަތަށް ބެލުމަށްފަހު ޓެގް ޓީމުގެ ލަފާގެ މަތިން ލުއިތައް ދިނުމާއިމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ކޭސްތައް ރިވިއުކުރުމަށްފަހު ލުއި ނުދެވޭނަމަ އިތުރު އެއް ހަފްތާއަށް ފިޔަވަޅުތައް ދިގުދައްމާލާނެ ކަމަށެވެ.

މެއި މަހުގެ ކުރީކޮޅުން ފެށިގެން މާލެ ސަރަހައްދާއި މުޅި ރާއްޖޭގެ ކޭސްތައް ވެސް އިތުރުވެފައިވާއިރު މެއި މަހުގެ ފަހު ހަފްތާއާ ޖެހެންދެން ވެސް 1،000ން މަތިން ކޮންމެ ދުވަހަކު ވެސް ކޭސްތައް ރިޕޯޓުކުރިއެވެ. އޭގެ ސަބަބުން މާލެ ސަރަހައްދުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރީ މެއި މަހުގެ 26 ވަނަ ދުވަހުއެވެ.

އެޗްޕީއޭއިން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު، ސަރުކާރު އޮފީސްތައް ބަންދުކުރުމާއި، ސްކޫލްތައް ބަންދުކުރުމާއި، ޕާކު ތަކާއި މައިޒާންތައް އަދި ކުޅިވަރު ކުޅޭ ތަންތަން ބަންދުކުރުމުގެ އިތުރަށް ޖިމްތަކާއި ސެލޫންތައް ވެސް ވަނީ ބަންދުކޮށްފައެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުން ވެސް ޑައިންއިން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރަށް ހަވީރު ހަތަރަކުން ފެށިގެން އަނެއް ދުވަހުގެ ހެނދުނު އަށަކާ ހަމައަށް ކާފިއު އިއުލާންކޮށްފައިވާއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅެވެނީ ފުލުހުން ދޫކުރާ ވަކި ހުއްދައަކާއި، ވަޒީފާގެ ގޮތުންނާއި މަސައްކަތުގެ ގޮތުން ލިބޭ ވަކި ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އެގޮތުން ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރުގައި އުޅުމުގެ ހުއްދަ އޮންނަނީ ކޮންމެ ގޭބީސީއަކުން ދެމީހަކަށެވެ. އެއީ ވެސް މީހަކަށް ހަތަރު ގަޑި އިރުގެ އުސޫލުން ދެމީހުން ވެސް ދެ ދަންފަޅިއަކަށް ބަހައިގެންނެވެ. އެ ހުއްދައިގަ ވެސް ޒަރޫރީ ބޭނުންތަކަށް ނޫނީ ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮވިޑް-19އެޗްޕީއޭރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުކާފިއު އިއުލާން ކުރުން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް