Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ އާއްމު މަޖިލީސް އިންްތިޚާބުގެ ކާމިޔާބީ

ޒިންމާ އަދާ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް - ޝާހިދު

ހުށަހެޅުއްވި އުންމީދުގެ 5 ދޯދި 143 ގައުމުން ބަލައިގެންފި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 7 ޖޫން 2021 | ހޯމަ 18:15
ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތުގައި ހުންނަވައިގެ އުފުއްލަވަން ޖެހޭ ޒިންމާ ފުރިހަމައަށް އަދާ ކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންތިޚާބަށްފަހު ރާއްޖޭގޭ މީޑިއާއަކަށް ދެއްވި ފުރަތަމަ ބަސްދީގަތުން "ރާއްޖެ ޓީވީ"އަށް ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެމަނިކުފާނު ހަވާލުވެވަޑައިގަތީ ބޮޑު ޒިންމާއަކާ ކަމަށާއި، 193 ގައުމުގެ އުންމީދުތަކާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ ޒިންމާ އަދާ ކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި، އަދި ރާއްޖޭގެ ނަމަށް އެއްވެސް ކިލަނބުކަމެއް ނާންނާނެފަދަ ފުރިހަމަ ގޮތަކަށް ޒިންމާ އަދާ ކުރައްވާނެ ކަމަށެވެ.

އެމަނިކުފާނު ހުށަހެޅުއްވީ އުންމީދުގެ 5 ދޯދި ކަމަށާއި، އެ އުންމީދުތައް 143 ގައުމުން ބަލައިގެންފި ކަމަށެވެ. އެ ކަންކަމާއެކު ކާމިޔާބު ދައުރެއް ނިންމާލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، އާންމު މަޖިލީހުގެ މަސައްކަތްތައް ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

143 ގައުމުން އެމަނިކުފާނު ހުށަހެޅުއްވި އުންމީދުގެ ދޯދިތައް ބަލައިގަތުމުން ދޭހަަވަނީ، ދުނިޔެއަށް ބޭނުންވަނީ އުންމީދެއް ކަމަށާއި، ހުރިހާ ގައުމަކުންވެސް އެމަނިކުފާނަށް ކަންކަމުގައި އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ރާއްޖެއިން މިއޮތީ ދުނިޔޭގެ ހުރިހާ ގަައުމެއްގެ ރިޔާސަތާ ހަވާލުވެފައި ކަމަށާއި، މިއި މި ޖީލަށާއި، ދިވެހިންނަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތު އެއްވެސް ގައުމަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

ހޯމަ ދުވަހު، އދ އާންމު މަޖިލީހުގެ 76 ވަނަ ރައީސަކު ހޮވުމަށް ބޭއްވި އިންތިޚާބު ފޮރިން މިނިސްޓަރ ކާމިޔާބު ކުރެއްވީ، ވޯޓުގައި ބައިވެރިވި 191 މެމްބަރު ގައުމުގެ ތެރެއިން 143 މެމްބަރު ގައުމުގެ ވޯޓުންނެވެ.

މި މަގާމާ ރަސްމީކޮށް އެމަނިކުފާނު ހަވާލުވެ ވަޑައިގަންނަވާނީ ސެޕްޓެމްބަރ 14ގައެެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާޚާރިޖީ ވުޒާރާއެކުވެރި ދައުލަތްތައް (އ.ދ.)

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު