Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އދ. ގެ އާންމު މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުން

"ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ މިއަދު ރާއްޖެ ބަލައިގެންފައިވާކަން"

މިނިސްޓަރ ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ސެޕްޓެމްބަރ 14ގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ޖޫން 2021 | ހޯމަ 17:35
މިނިސްޓަރ ޢަބްދުﷲ ޝާހިދު

މިނިސްޓަރ ޢަބްދުﷲ ޝާހިދު

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތު ރާއްޖެއަށް ލިބުމުން ދޭހަވަނީ މުޅި ދުނިޔެއިން ރާއްޖެ ބަލައިގެންފައިވާކަން ކަމުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެެ.

އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ދެއްކެވި ފުރަތަމަ ވާހަކަފުޅުގައި މިނިސްޓަރ ވިދާޅުވީ، މިއަދު ދުނިޔޭގެ ހުރިހައި ގައުމުތަކެއްގެ އިތުބާރާއި ޔަގީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން، ސާބިތުވެގެން މި ދިޔައީ، މުޅި ދުނިޔެ، މިއަދު ރާއްޖެ ބަލައިގެންފައިވާކަން ކަމަށާއި، އަދި މިއީ ރައީސް ޞާލިހުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލުކޮށްފައިވުން ކަމުގައެވެ.

ހަމަހަމަކަން ގާއިމްކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ޒުވާނުންނާއި ޒުވާނުންގެ ދައުރު އިތުރަށް ފުޅާ ކުރެއްވުމަށް އަޑު އުފުއްލަވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

އަދި މިންތީގެ ހަމަހަމަކަށް ވަކާލާތު ކުރައްވާނެ ކަމަށާއި، މިކަމުގައި ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެމަނިކުފާނުގެ ދައުރުގައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ގިނަ ބައެއްގެ ބޭނުންތަކާއި އިހުސާސްތައް ހިމެނިގެން އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ މެދުކެނޑުމެއް ނެތި ކުރިއަށް ދާންޖެހޭ މަސައްކަތެއް ކަމަށް ވެސް ވިދާޅުވިއެވެ.

ދެފުށް ފެންނަ ގޮތަކަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެއްވެސް ބައެއް ބާކީ ނުކޮށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމިކުފާނު ވަނީ ވިދާޅުވެފައެވެ.

ފާއިތުވި ދުވަސްތަކުގައި 193 މެންބަރު ގައުމުތަކުގެ އިސްވެރިންނާ ވާހަކަދައްކަވައި، އެމަނިކުފާނުގެ އުންމީދާ ވިޝަން ހިއްސާ ކުރައްވާފައިވާނެ ކަމަށާއި އަދި އެގައުމު ތަކުން ބޭނުންވާ ކަންކަމުގެ އަޑުވެސް އެއްސެވި ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ބޭނުންތަކަށް ޖަވާބުދާރީ ވުމަށް އދ. އަކީ މިއަށްވުރެވެސް ވަރުގަދަ ތަނެއް ކަމުގައި ވާންޖެހޭ ކަމަށާއި، ދެފުށް ފެންނަ، ފުރިހަމަ އަށް މަސައްކަތް ކުރެވޭ، ނަތީޖާ ނެރެވޭ، ޒިންމާދާރު ތަނަކަށް ވާންޖެހޭ ކަމުގައި ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، އދ. ގެ ނިޒާމުގެ ތެރޭގައި އާއި، އދ. ގެ އެކި ގުނަވަންތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވާންޖެހޭ ކަމަށެވެ.

އެހެންކަމުން މިކަންކަން ދިރުވޭނޭހެން އދ. ގެ މަސައްކަތް ބައްޓަން ކުރުމާއި އެކު، އެ މަސައްކަތްތައް އިތުރަށް ފުޅާ ކުރެވޭނޭ މަގުތައްވެސް ބަލަންޖެހޭ ކަމަށެވެ.

މިނިސްޓަރ ޝާހިދު ރިޔާސަތާ ހަވާލުވެވަޑައިގަންނަވާނީ ސެޕްޓެމްބަރ 14ގައެވެ. މިއީ އެއް އަހަރުގެ ދައުރެކެވެ.

އާންމު މަޖިލީހުގެ ރިޔާސަތުގެ ވޯޓު އޮތީ ހޯމަ ދުވަހު، ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައެވެ.

މި އިންތިޚާބު، ދިވެހިރާއްޖޭގެ ކެންޑިޑޭޓް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި 191 ޤައުމުގެ ތެރެއިން 143 ގައުމުގެ ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ.

2021 ސެޕްޓެމްބަރު 14 ގައި ފެށޭ ޢާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަރާތުން ރިޔާސަތު ބަލަހައްޓަން ފޮރިން މިނިސްޓަރ ޝާހިދު ނޮމިނޭޓްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

މިއީ މި މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެއިން ކުރިމަތިލި ފުރަތަމަ ފަހަރެވެ. އަދި ދިވެހިރާއްޖެ ވެގެން މިދިޔައީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ތެރެއިން އދ. ގެ ރިޔާސަތު ބަލަހައްޓާ 6 ވަނަ ގައުމަށެވެ.

އދ. ގެ އާންމު މަޖިލީހަކީ މައިގަނޑު 6 ގުނަވަނުގެ ތެރެއިން އެއް ގުނަވަނެވެ. އަދި މިއީ ސިޔާސަތު ކަނޑައެޅުމާއި މަޝްވަރާކުރުމުގެ މައިގަނޑު ގުނަވަންވެސްމެއެވެ.

މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވާނީ އެމަޖިލީހުގެ ރައީސްއެވެ. އަދި މަޖިލީހުގެ ރައީސް، ބައިނަލްއަގްވާމީ ބައްދަލުވުންތަކާ ސަރަހައްދީ ބައްދަލުވުންތަކުގައި އދގެ މުޅި މެމްބަރޝިޕް ތަމްސީލު ކުރައްވާނެއެވެ.

ދިވެހިރާއްޖެއިން އދގެ މެމްބަރު ގައުމަކަށްވީ ރާއްޖެއަށް މިނިވަންކަން ލިބުނުތާ ދާދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާޚާރިޖީ ވުޒާރާއެކުވެރި ދައުލަތްތައް (އ.ދ.)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު