Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިންޑިޔާގެ ހާލަތު

ކޭސްތަކުގެ އަދަދުތައް ދަށަށް ދާން ފެށުމާއެކު މުމްބާއީ އާއި ދިއްލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް

ހޯމަ ދުވަހުން ފެށިގެން ނިއުދިއްލީގައި މަރކެޓްތަކާއި ޝޮޕިންގ މޯލްތައް ހުޅުވާލުމަށް ވަނީ ހަމަޖެހިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 6 ޖޫން 2021 | އާދީއްތަ 04:39
ދިއްލީ މެޓްރޯ

ދިއްލީ މެޓްރޯ

އިންޑިޔާގައި ކޮވިޑް-19ގެ ހާލަތު ރަނގަޅުވާން ފެށުމުން ބޮޑެތި ސިޓީތަކުގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަަވަޅުތަކަށް ލުއިތައްދޭނެކަން ހާމަކޮށްފިއެވެ.

އެގޮތުން ހޯމަ ދުވަހުން ފެށިގެން އިންޑިޔާގެ ވެރިކަން ކުރާ ސިޓީކަމުގައިވާ ނިއުދިއްލީގައި މަރކެޓްތަކާއި ޝޮޕިންގ މޯލްތައް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ދިއްލީ ހިމެނޭ ސަރަހައްދުގެ ޗީފް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި ދިއްލީ މެޓްރޯއިން ދެމުންދާ ޚިދުމަތްތައް 50 އިންސައްތަ ކެޕޭސިޓީގައި ދޭނެކަމަށް ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލް ވިދާޅުވިއެވެ.

މާރުކޭޓްތަކާއި ޝޮޕިންގ މޯލްތަކުން ޚިދުމަތްދެވޭނީ ކަނޑައަޅާފައިވާ ވަކި ދުވަސްތަކެއްގައެވެ. އޮފީސްތައް ވެސް ހުޅުވައިގެން މަސައްކަތްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނަމަވެސް ކެޖްރިވާލް ވަނީ ގޭގައި ތިބިގެން މަސައްކަތްކުރުމަށް ބާރު އަޅުއްވާފައެވެ.

މި ލުއިތައް ދޭނެކަމަށް ބުނެފައިވައި މިވަނީ ދިއްލީގެ ކޮންސްޓްރަކްޝަން ސައިޓްސް ތަކާއި ފެކްޓްރީތައް މިދިޔަ ހަފްތާގައި ހުޅުވާލާފައިވަނިކޮށެވެ.

އެތަންތަން ހުޅުވާލައިގެން މަސައްކަތްކުރަމުން ދިޔަ ނަމަވެސް ކޭސްތައް މިވަގުތު ވަނީ ކޮންޓްރޯލްކުރެވިފައި ކަމަށް ކެޖްރިވާލް ވިދާޅުވިއެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ދިއްލީން ފެނިފައިވަނީ 500 ކޭސްކަމަށް ކެޖްރިވާލް ވިދާޅުވިއެވެ.

"އިގްތިޞާދު ކުރިން ހުރި ހިސާބަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް ކޮވިޑްގެ ހާލަތު ރަނގަޅުވަމުން އަންނަމުންދިޔުމާއެކު. ދުއާއަކީ ހާލަތު ދެން ގޯސްނުވެ މިގޮތަށް އޮތުން." ކެޖްރިވާލް ވިދާޅުވިއެވެ.

މަހާރަޝްތްރަ ސްޓޭޓްގެ ސަރުކާރުން ވެސް ވަނީ ކޭސްތައް ފެންނަމުންދާ މިންވަރާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރެވެމުންދާ ނިސްބަތަށް ބަލައި ފިޔަވަޅުތަކަށް ލުއިތައް ދިނުމަށް ފަސް ލެވެލް ހިމެނޭ ގޮތުގެ ޕްލޭނެއް އެކުލަވާލާފައެވެ. މަހާރަޝްތްރަ ސްޓޭޓަކީ އިންޑިޔާގެ ވިޔަފާރީގެ މައި މަރުކަޒު މުމްބާއީ ހިމެނޭ ސަރަހައްދެވެ.

ލެވެލް 1 ގައި ހުންނަ އޭރިއާތަކަކީ ބަލިޖެހޭ މިންވަރު 5 އިންސަައްތަ ދަށްވުމާއި ހޮސްޕިޓަލްގައި އެޑްމިޓްކުރެވޭ މިންވަރު 25 އިންސައްތައަށްވުރެ ދަށްވުމެވެ. މިލެވެލްގައި ހުރިހާ ފިހާރަތަކާއި ރެސްޓޯރެންޓްތަކާއި ޝޮޕިންގ މޯލްތައް ހުޅުވާލުމުގެ ފުރުސަތުދޭނެއެވެ.

ލެވެލް 5 ގައި ހުންނަ އޭރިއާތަކަކީ ބަލިޖެހޭ މިންވަރު 20 އިންސައްތައަށްވުރެ މަތި ހިސާބުތަކެވެ. އެހިސާބުތަކުގައި އެއްވެސް ގޮތަކަށް އެއްތަނުން އަނެއްތަނަށް ނުދެވޭގޮތަށް ހަރުކަށި ފިޔަވަޅު އަޅާނެއެވެ.

އިންޑިޔާގައި ދުވާލެއްގެ މައްޗަށް ފެންނަ ކޭހުގެ އަދަދު ހަތަރު ލައްކައިން މިހާރު ވަނީ 120،000ށް ތިރިވެފައެވެ. އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ އޭޕްރީލް މަހުއެވެ. އޭރު ދުވާލެއްގެ މައްޗަށް ހަތަރުލައްކަ މީހުންނަށް ކޮވިޑް ޖެހިފައިވެއެވެ.

ދުވާލެއްގެ މައްޗަށް މަރުވާ މީހުންގެ އަދަދު ވެސް ވަނީ ދަށަށްދާން ފަށާފައެވެ.

އިންޑިޔާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނީ އައު ވޭރިއަންޓްގެ ސަބަބުންނާއި ފިޔަވަޅުތަކަށް ސަރުކާރުން މާބޮޑަށް ލުއިތައް ދިނުމުންނެވެ. ވަކިން ޚާއްސަކޮށް ދީނީ އަދި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ފުރުސަތު ސަރުކާރުން ދިނުމާ ގުޅިގެންނެވެ.

އިންޑިޔާގައި ކުރިޔަށްދާ ވެކްސިނޭޝަން ޕްރޮގްރާމް ވެސް މަޑުމަޑުން އަންނަނީ ކުރިޔަށްވުރެ ހަލުވިވަމުންނެވެ. ވެކްސިން ލިބުމުގައި ދިމާވަމުންދިޔަ ދަތިތަކާއެކު އިންޑިޔާގައި ކުރިޔަށްދާ ވެކްސިނޭޝަން ޕްރޮގްރާމް ވެސް ވަނީ މަޑުޖެހިފައެވެ.

180 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިންޑިޔާގައި ވެކްސިން ފުރަތަމަ ޑޯޒް ޖަހާފައިވަނީ 14 އިންސައްތަ މީހުންނެވެ. އަދި ދެ ޑޯޒް ޖަހާފައިވަނީ 3.4 އިންސައްތަ ނުވަތަ 45 މިލިއަން މީހުންނެވެ.

ކޮވިޑް-19އިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު