Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަޖިލީހަށް އެއްބާރުލުން ނުދޭ މައްސަލަ

އެމްއެންޑީއެފްގެ ގާނޫނީ ދިފާއު ސްޕްރީމް ކޯޓުގެ ދުސްތޫރީ ލަފައާ ފުށުއަރާ

އެމްއެންޑީއެފުން ބުނެފައިވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ނުކުރެވޭނެކަމަށާއި ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 ޖޫން 2021 | ހުކުރު 12:34
ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ރައީސް ނަޝީދުގެ ގެކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ

ނިމިގެންދިޔަ މެއި މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީން އަންނަނީ އެމަނިކުފާނުގެ ސެކިޔުރިޓީ ފެއިލްވެފައިވާ ގޮތުގެ އިންކުއަރީއެއް ހިންގަމުންނެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޚުގައިވެސް ހިންގާ މިފަދަ އެންމެ ފުރަތަމަ އިންކުއަރީއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕާލިމަންޓްރީ އިންކުއަރީއެއް ހަދަން މަޖިލީހުގެ މެމްބަރުން އިގުރާރުވެ، ސަލާމަތާއި ޚިދުމަތްތަކާބެހޭ ކޮމިޓީއަށް ބާރުދިނުމާއެކު ކޮމިޓީން އަންނަނީ އެމަސައްކަތް ވަރަށް ހަލުވިމިނެއްގައި ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ.

ކޮމިޓީން ބަލަމުން އަންނަނީ ރައީސް ނަޝީދުގެ ސެކިއުރިޓީ ފެއިލްވިގޮތް ކަމުގައިވީނަމަވެސް ކޮމިޓީގެ އިންކުއަރީ އާއެކު މިމައްސަލަ ވަށައިގެންވާ ހުރިހާ ސުވާލުތަކަށް ޖަވާބު ލިބޭނެކަމަށް ކޮމިޓީން ވަނީ ބުނެފައެވެ. އެކަމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި ކޮމިޓީން މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. ކޮމިޓީގެ މަސައްކަތުގައި ބޭރުގެ ފަންނީ މާހިރުންގެ އިތުރުން ރާއްޖޭގެ ފަންނީ މާހިރުންގެ އެހީތެރިކަން ހޯދިއެވެ. ކޮމިޓީގެ މަސައްކަތްތައް އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރާއިރު އެންމެ ފުރަތަމަ ކޮމިޓީން ކުރާ މަސައްކަތަކީ މިކަމުގައި ބޭނުންވާ މައުލޫމާތު އެއްކުރުމެވެ. އެއަށްފަހު ކަމާގުޅުން ހުރި ފަރާތްތަކާ ކޮމިޓީން ސުވާލުކުރާނެއެވެ. އަދި ކޮމިޓީއަށް ފާހަގަކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް ރިޕޯޓެއް އެކުލަވާލާނެއެވެ.

ކޮމިޓީގެ މަސައްކަތްތަކަށް ބަލާއިރު މައުލޫމާތު ސާފުކުރުމާއި ސުވާލުކުރުމުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސަލާމަތީ ބާރުތަކުގެ ބޭފުޅުންނެވެ. ހަމަލާއާ ގުޅޭ މައުލޫމާތެއް އޮތް ނަމަ ހިއްސާކޮށްދިނުމަށް ސަލާމަތީ ޚިދުމަތްތަކަށް ހުޅުވާލިއެވެ. އަދި މިއިންކުއަރީއާ ގުޅިގެން ސަލާމަތީ ޚިދުމަތްތަކުގެ އިސްބޭފުޅުންނާއި ކޮމިޓީން ސުވާލުކުރުމަށް ތައްޔާރުވުމާއެކު އެމްއެންޑީއެފުން ވަނީ ކުއްލި ގޮތަކަށް ބަޔާނެއްނެރެ އެމްއެންޑީއެފްގެ ވަކިވަކި އޮފިސަރުންނާއި ސުވާލުނުކުރެވޭކަމަށް ބުނެ ގާނޫނީ ހުއްޖަތްތަކެއް ދައްކާފައެވެ.

އެމްއެންޑީއެފުން ނެރުނު ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ އާއި ށ ގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވާކަމަށެވެ. ނަމަވެސް މިކަމުގައި ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުކޮށް ސުވާލު ނުކުރެވޭނެކަމަށް ބުނެ ގާނޫނީ ގޮތުން ދިފާއުތަކެއް ވަނީ ދައްކާފައެވެ. އެކަންކަމަކީ:

- ގާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ސަލާމަތީ ޚިދުމަތްތައް ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ ބެލުމުގެ ދަށުން ކަމަށާއި އެވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެވަޒީރަކު ޖަވާބު ދާރީ ވާންވާނެކަމަށް ބަޔާންކޮށްފައި އޮތުން

- ސިފައިންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ށ ގައި ސިފައިންގެ ކޮންމެ މީހަކުވެސް އެމީހަކަށް ލިބިފައިވާ ގާނޫނީ ބާރާއި އިޚުތިޔާރު ބޭނުން ހިފާގޮތާމެދު އަދި އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚުލާސްތެރިކަމާއެކު ޖަވާބުދާރީ ވާންޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސް އަށް ކަމަށް ބުނެފައިވުން

- ސިފައިންގެ ގާނޫނުގެ 11 ވަނަ މާއްދާގެ ބ ގައި ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިޚުތިޔާރާގެ ބޭނުން ހިފާގޮތާމެދުގަޔާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ޖަވާބުދާރީ ވާންޖެހޭނީ މިނިސްޓަރަށް ކަމަށް ބަޔާންކޮށްފައިވުން

- ސިފައިގެން ގާނޫނުގެ 10 ވަނަ މާއްދާގެ ބ ގައި ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ގާނޫނީ ބާރާއި އިޚުތިޔާރުގެ ބޭނުން ހިފާގޮތާމެދު މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާގޮތާމެދު މިނިސްޓަރު ސިފައިންގެ އެންމެ މަތީވެރިޔާ އާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާން ޖެހޭނެކަމަށް ބުނެފައިވުން

- ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތަކަށް ހިއްސާކުރުމަކީ ކުށެއްކަމަށް ބަޔާންކޮށްފައިވުން.

އެފަރާތްތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހެއް ނުހިމެނެއެވެ.

އެ އުސޫލު ނޫން އެހެން ގޮތަކަށް އަމަލުކުރުމަށް ޝަރުއީ ކޯޓެއްގެ އެއްވެސްހުކުމެއް ނެތް ކަމަށާއި އެހެންވެ އެ އުސޫލުގެ ތެރެއިން ކޮމިޓީގެ އިންކުއަރީއަށް ބޭނުންވާ މައުލޫމާތުތައް ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެމްއެންޑީއެފްގެ ނޫސްބަޔާނުގައި ވަނީ ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރުނުކުރެވޭނެކަމަށް ބުނާ ގާނޫނީ މާއްދާތަކާއި އެކަމުގައި މަޖިލީހަށް ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދަށް ރިއާޔަތްކޮށް ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިޝާރީ ލަފައަކަށް ބިނާކޮށެވެ.

2011 ވަނަ އަހަރުގެ މާޗް 10 ވަނަ ދުވަހު ނެރެފައިވާ އެ އިސްތިޝާރީ ލަފާގައި ބުނެފައި ވަނީ ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

ސުޕްރީމް ކޯޓުން މިއިސްތިޝާރީ ލަފާ ނެރެފައިވަނީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު ވެސް އޭރު އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލްގެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނާރ ކަމުގައި ހުންނެވި އަހްމަދު ފަސީހު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަޑައިގަންނަވާފައިނުވާތީ، އެ ކަމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމުގެ ގަރާރެއް ފާސްކޮށް ރައްޔިތުންގެ މަޖިލީހުން އެދުމުންނެވެ. 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އިދިކޮޅު ފަރާތްތަކުގެ ގޮތުގައި ތިއްބެވި ޑީއާރުޕީގެ މެމްބަރުން މިގަރާރު ހުށަހަޅުއްވާފައިވަނީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުން ބާރު ހިންގޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުވެ ވަޑައިގަތުމަށް ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް މޫސާ އަލީ ޖަލީލާއި ޕޮލިސް ކޮމިޝަނާ އަހްމަދު ފަސީހަށް ތަކުރާރުކޮށް އެންގެވުމުން ވެސް ކޮމިޓީއަށް ވަޑައިގެންނެވުމަށް އެބޭފުޅުން އިންކާރު ކުރައްވަމުން ގެންދަވާތީ، އެކަމަށް ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާ ބޭނުންވާކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން ސްޕްރީމް ކޯޓުން ނެރުނު އިސްތިޝާރީ ލަފާގައި މައިގަނޑު 4 ކަމެއް ފާހަގަކޮށްފައިވެއެވެ. އެކަންކަމަކީ:

- ގާނޫނު އަސާސީގެ 88 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު 2 ގައި ބުނެފައިވާ ކޮމިޓީތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަކީ އެކޮމިޓީއާ ގުޅޭގޮތުން ބަޔާންކޮށްފައިވާ ސަރުކާރުގެ އިދާރާތަކުގެ ތެރެއިން ސަލާމަތީ ޚިދުމަތްތަކުން ހިންގާ ކަންކަން ބެލުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ކޮމިޓީއެވެ. ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތައް ހިނގާ ނުހިނގާގޮތް ބަލަމުން ގެންދިޔުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއް އޮންނަންވާނެ ކަމަށް ގާނޫނު އަސާސީގެ 241 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން އެނގެނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ދާއިރާގައި ހިމެނޭ ސަރުކާރުގެ އިދާރާތައް ކަމަށްވާ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ބައްދަލުކޮށް އެއިދާރާތަކުން ހިންގާ ކަންކަމާބެހޭ ގޮތުން މައުލޫމާތު ހޯދައި ސުވާލުކޮށް އެއިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ގޮތް ބަލައި އިސްލާހު ކުރަންޖެހޭ ކަންކަން ބަޔާންކޮށްދިނުމަކީ ކޮމިޓީގެ މަސްއޫލިއްޔަތެއްކަމަށެވެ.

- ސަލާމަތީ ޚިދުމަތްތަކުން މަސައްކަތް ކުރަންވާނީ އަދި އެތަންތަނުން ހިނގާ ހުރިހާ ކަމެއް ހިންގަންވާނީ ގާނޫނު އަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތެއްގައި ކަމަށް ގާނޫނު އަސާސީގެ 238 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިންގޭނެކަމަށް ގާނޫނު އަސާސީގެ 239 ވަނަ މާއްދާގެ ށ ގައި ބަޔާންކޮށްފައި އޮތުމަކީ ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެމްއެންޑީއެފް އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން ހަވާލުވެފައިވާ އެންމެހައި ކަންކަން އެފަރާތްތަކުން ކުރަމުންދަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތަށް ކަމަށް ނުވަތަ ނޫންކަމަށް ކަށަވަރުކޮށް ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭ އެމްއެންޑީއެފް އާއި ޕޮލިސް ސަރވިސްގެ އެންމެހައި އަމަލުތައް ގާނޫނު އަސާސީ އާއި ގާނޫނުގެ އިމުގެ ތެރޭގައި ބެހެއްޓުން ޔަގީންކުރުމަށްޓަކައި ބަލަންޖެހޭ ކަންތައްތައް ބެލުމާއި އަދި އެ ދެ މުއައްސަސާ އިން ހިންގާ ކަންކަމާބެހޭ ގޮތުން ޖަވާބުދާރީ ކުރުމަކީ މަޖިލީހަށާއި މަޖިލީހުން އުފައްދާފައިވާ ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީއަށް ލިބިދީފައިވާ ބާރެއްކަން ގާނޫނު އަސާސީގެ 99 ވަނަ މާއްދާގެ ހ އާއި އެމާއްދާގެ ށ އިން ރަނގަޅަށް އެނގެން އޮންނަ ކަމަށެވެ.

- ސަލާމަތީ ކޮންމެ ޚިދުމަތެއް ހިންގަންވާނީ ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ ބެލުމުގެ ދަށުންކަމަށާއި އެވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް އެވަޒީރަކު ޖަވާބުދާރީވުން ގާނޫނުއަސާސީގެ 242 ވަނަ މާއްދާއިން ލާޒިމްކޮށްފައިވުމަކީ ސަރުކާރުގެ އެހެނިހެން އިދާރާތަކާއި ސަރުކާރުގެ މަގާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހަށް ނުވަތަ މަޖިލީހުން އެކުލަވާލާފައިވާ ވަކި ކޮމިޓީއަކަށް އެމީހަކު ހާޒިރުވެ އެމީހަކު އަދާކުރަންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން އެމީހަކާ ކުރެވޭ ސުވާލުތަކަށް ޖަވާބުދާރީވުން ނަފީކުރާކަމެއް ނޫންކަން ގާނޫނު އަސާސީގެ 98 ވަނަ މައްދާގެ ހ އަށް ބެލުމުން އެނގޭކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީގެ 98 ވަނަ މާއްދާގެ ބަޔާންވެގެންވާ ކަންކަމާ ގުޅިގެން ޖަވާބުދާރީވުމަށް އެންގުމާއި ޖަވާބުދާރީ ކުރުވުމަކީ ގާނޫނު އަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ކޮމިޓީތަކާ ހަވާލުވެފައިވާ ދުސްތޫރީ މަސްއޫލިއްޔަތެއްކަމާއި އަދި އެކަމާއި މެދު އިއުތިރާޒުކުރެވިދާ ފަދަ ގާނޫނީ ހަމައެއްނެތްކަން އެނގެން އޮންނަކަމަށެވެ.

- ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވެ އެމަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހެކިބަސްދިނުމަށާއި ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށާއި ރައްޔިތުންގެ މަޖިލީހުން ކޮންމެ މީހަކާކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެކަމަށް ގާނޫނުއަސާސީގެ 99 ވަނަ މާއްދާގެ ހ ގައި ބަޔާންކުރުމަށްފަހު ހަމަ މިމާއްދާގެ ށ ގައި ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމަކީ އެމަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކި މީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއްކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން މުއައްސަސާތަކަށާއި އެމުއައްސަސާތަކުގެ މަގާމެއްގައި ހުރި ކޮންމެ މީހަކަށާއި ވަކި ފަރުދުންނަށް ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އެންގުމަކީ މަޖިލީހަށާއި އެމަޖިލީހުގެ ކޮމިޓީތަކަށް ލިބިދީފައިވާ ދުސްތޫރީ ބާރެއްކަން އެނގޭ ހިނދު ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކާއި އެޚިދުމަތްތަކުގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ހިނގާނެ ތަންތަންކަން ގާނޫނު އަސާސީގެ ސަރީހަ ނައްސުން އެނގެން އޮތުމުން ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ އެމްއެންޑީއެފްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށްމެ ރައްޔިތުންގެ މަޖިލީހާއި އެމަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބާރު ހިނގާނެކަން އެނގެން އޮންނަ ކަމަށެވެ.

އެހެންކަމުން ކުރިން ބަޔާންކުރި ކަންކަމަށް ބަލާއިރު ސަލާމަތީ ޚިދުމްތަތައް އެކުލެވިގެންވަނީ ސިފައިންނާއި ފުލުހުންގެ މައްޗަށްކަމަށް ގާނޫނު އަސާސީން އެނގެން އޮންނަ އޮތުމުގެ މައްޗަށާއި މިއެންމެހައި ކަންކަމުގެ މައްޗަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުން ގާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކުން އަންގާ އެންގުމާ އެއްގޮތްވާ ގޮތުގެމަތިން ހާޒިރުވެ ޖަވާބުދާރީވުމަކީ ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ފަރާތްތަކާއި ގާނޫނު އަސާސީގެ 7 ވަނަ ބާބުގައި ބުނެފައިވާ ފަރާތްތަކާއި އެމްއެންޑީއެފްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި ފުލުހުންގެ މަގާމެއްގައި ހުރި ކޮންމެ މީހެއްގެ މައްޗަށް ގާނޫނު އަސާސީގެ 98 ވަނަ މާއްދާ އާއި 99 ވަނަ މާއްދާއިން ލާޒިމްވެގެންވާ ކަމެއްކަމަށް ސުޕްރީމްކޯޓުގެ އެންމެހައި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާކަމަށް މިލަފާގައި ބުނެފައިވެއެވެ.

އެހެންކަމަށްވާއިރު މިލަފާއަށް ބަލާކަމަށްވާނަމަ އެމްއެންޑީއެފްގެ މަގާމެއްގައި ހުރި ކޮންމެ މީހަކާއި މަޖިލީހަށް ސުވާލުކުރެވޭނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ޔާމީން ދިފާއުކުރުމުގައި އަބްދުއްރަހީމް ވަރެއްހަމަނެތް!

ރައީސް ޔާމީން ދިފާއުކުރުމުގައި އަބްދުއްރަހީމް ވަރެއްހަމަނެތް!

02 އޯގަސްޓު 2018
އާޒިމާގެ ގާނޫނީ ލަފާ!

އާޒިމާގެ ގާނޫނީ ލަފާ!

12 މެއި 2018
ގާނޫނީ ވެރިކަމެއް އެބަ އޮތް ހެއްޔެވެ؟

ގާނޫނީ ވެރިކަމެއް އެބަ އޮތް ހެއްޔެވެ؟

16 މާރިޗު 2018
ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

ރައްޔިތުންގެ މަޖިލީހުން އެދުނު ގާނޫނީ ލަފަޔަށް، ސުޕްރީމް ކޯޓުން ނެރުނު ވަގުތީ އަމުރު!

22 ފެބުރުއަރީ 2018
ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

ސުޕްރީމް ކޯޓުގެ ހުކުމާއެކު މުޅި ޤައުމު އުފަލުން ރޮއްވާލައިފި

01 ފެބުރުއަރީ 2018

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު