Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމައިލޯ ޔޫރޯ ފޯރި 2021

މައިލޯ ޔޫރޯ ފޯރި 2021: ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

3 ޖޫން 2021 | ބުރާސްފަތި 13:50

ޝޯގެ ޑިޖިޓަލް ޕާރޓްނަރަކީ ދިރާގު، އޮފިޝަލް ބޭންކިން ޕާޓްނަރަކީ ބީއެމްއެލް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 ޖޫން 2021 | ބުރާސްފަތި 13:50
މައިލޯ ޔޫރޯ ފޯރި 2021 ގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މައިލޯ ޔޫރޯ ފޯރި 2021 ގެ ސްޕޮންސަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫރޯ 2020" އަށް ރާއްޖެޓީވީން ގެނެސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ޝޯގެ ސްޕޮންސަރުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

"މައިލޯ ޔޫރޯ ފޯރި 2021" ޝޯގެ ޓައިޓަލް ސްޕޮންސަރަކީ މައިލޯއެވެ. ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސްޕޮންސަރުންނާއެކު ރާއްޖެޓީވީން އެއްބަސްވުމުގައި ސޮއިކުރިއިރު، މައިލޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ މޯލްޑިވްސް ސޭލްސް، ދިޝާން ވިޖެޔަވަރްދެނާއެވެ. އަދި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ހެޑް އޮފް ކޯޕަރޭޓް ސަރވިސް އައިމިނަތު ރީޝާއެވެ.

"މައިލޯ ޔޫރޯ ފޯރި 2021" ގެ ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޕިއްޒާ ބޯނާއެވެ. ޝޯގެ ޑިޖިޓަލް ޕާޓްނަރަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މުވާސަލާތީ ކުންފުނިކަމަށްވާ ދިރާގެވެ. އަދި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަކީ މި ޝޯގެ އޮފިޝަލް ބޭންކިން ޕާޓްނަރެވެ.

މި އަހަރު ރާއްޖެޓީވީން ގެނަސްދޭ "މައިލޯ ޔޫރޯ ފޯރި 2021" ޝޯގެ އޮފިޝަލް އިންޓީރިއާ ޕާޓްނަރަކީ ޕްރޮކްސީއެވެ. އަދި އޮފިޝަލް ކޭޓަރިން ޕާޓްނާ އަކީ ޗީބޯއެވެ. މީގެ އިތުރުން މި ޝޯ ރާއްޖެޓީވީން ގެނަސްދެނީ ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެންނެވެ.

މި މަހުގެ 11 ވަނަ ދުވަހު ފަށާ ޔޫރޯގެ ރާއްޖޭގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރުކަން ރާއްޖެޓީވީން ނަގާފައިވާއިރު، ރާއްޖެޓީވީން ގެނެސްދޭ ކަވަރޭޖުގައި ތަޖުރިބާކާރު އެނަލިސްޓުން ހަރަކާތްތެރިވާނެއެވެ. އެ އެނެލިސްޓުންނަކީ ތަޖުރިބާކާރު ކޯޗު އަދި މި ވަގުތު ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ހަވާލުވެހުރި މުޙައްމަދު ޝިޔާޒް (މޯހަން) އާއި، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އާއި، ކުރީގެ މަޝްހޫރު ގޯލްކީޕަރު އިސްމާޢީލް ޒަރިޔަންދު އާއި، ޓީސީ ސްޕޯޓްސް ކުލަބުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) އަދި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު މައުރޫފް އަޙްމަދު (މާއްޓޭ) ގެ އިތުރުން ތަޖުރިބާކާރު ނޫސްވެރިޔާ އަދި ކުޅިވަރު އެނަލިސްޓެއްގެ ގޮތުގައި ރާއްޖޭގައި ފާހަގަކޮށްލެވޭ އިމާދު ލަތީފެވެ.

ޔޫރަޕުގެ ގައުމުތައް ވާދަކުރާ ޔޫރޯގައި މުޅިއެކު 24 ގައުމު ވާދަކުރާއިރު، މި މުބާރާތް ކުރިއަށްދާނީ ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި މުބާރާތުގައި ޖުމްލަ 51 މެޗު ކުޅޭއިރު، މި ހުރިހާ މެޗެއްވެސް ރާއްޖެޓީވީން ދައްކާނެއެވެ. އަދި މެޗުތަކުގެ ކުރިންނާއި މެދުތެރެއިންނާއި ފަހުންވެސް މެޗުތައް ދިރާސާކުރުމުގެ އެކި ޝޯތައްވެސް ރާއްޖެޓީވީން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެޗުތައް "ރާއްޖެ.އެމްވީ" އިން ލައިވް ސްޓްރީމް ކުރާނެއެވެ.

މި ފަހަރުގެ ޔޫރޯ ރާއްޖެޓީވީން ބްރޯޑްކާސްޓް ކުރާއިރު، 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯވެސް ރާއްޖެޓީވީން ވަނީ ބްރޯޑްކާސްޓް ކޮށްފައެވެ. އަދި އެ ފަހަރު ރާއްޖެޓީވީން ވަނީ ޔޫރޯގެ ވަރަށް ފުރިހަމަ ކަވަރޭޖެއް ގެނެސްދީފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

04 ޖެނުއަރީ 2021

އެމްޓީސީސީ "ހުނަވަރު 2021" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ނިންމައިފި

04 ޖެނުއަރީ 2021
އެމްޓީސީސީ "ހުނަވަރު 2021" އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމަށް ނިންމައިފި
16 ޖޫން 2020

އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީ ދިނުމަށް ނިންމައިފި

16 ޖޫން 2020
އީއައިބީއިން ރާއްޖެއަށް 20 މިލިއަން ޔޫރޯގެ ލޯނު އެހީ ދިނުމަށް ނިންމައިފި
24 މާރިޗު 2020

ކޮވިޑް-19: ކޮކާ ކޯލާގެ ޔޫރޯ ޕްރޮމޯޝަން ހުއްޓާލައިފި

24 މާރިޗު 2020
ކޮވިޑް-19: ކޮކާ ކޯލާގެ ޔޫރޯ ޕްރޮމޯޝަން ހުއްޓާލައިފި
10 ފެބުރުއަރީ 2020

ޔޫރޯ ސްޓޯރުން ޗޮކްލެޓް ފިއެސްޓާ ޕްރޮމޯޝަން ފަށައިފި

10 ފެބުރުއަރީ 2020
ޔޫރޯ ސްޓޯރުން ޗޮކްލެޓް ފިއެސްޓާ ޕްރޮމޯޝަން ފަށައިފި
28 ޖެނުއަރީ 2019

ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މާކެޓިންގ

28 ޖެނުއަރީ 2019
ޖީއެމް ފޯރަމްގެ ޕްލެޓިނަމް ޕާޓްނަރަކަށް ޔޫރޯ މާކެޓިންގ
12 ޖޫން 2018

ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި

12 ޖޫން 2018
ވަރަށް ތަފާތު އޮފަރތަކާ އެކު، 'އުރީދޫ ވޯލްޑް ކަޕް ފޯރި' ކެމްޕޭން ފަށައިފި
01 އެޕްރީލު 2018

ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އުރީދޫގެ 'ފުޓްބޯޅަ ފޯރި' ތައާރަފްކޮށްފި

01 އެޕްރީލު 2018
ފަސް ލައްކަ ރުފިޔާގެ އަގުހުރި އިނާމްތަކާއެކު އުރީދޫގެ 'ފުޓްބޯޅަ ފޯރި' ތައާރަފްކޮށްފި
30 އޮކްޓޯބަރު 2017

އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު

30 އޮކްޓޯބަރު 2017
އަމާޒަކީ 2021 ވަނަ އަހަރު ބަންގްލަދޭޝްގެ އެކްސްޕޯޓް 91 ބިލިއަން ޑޮލަރަށް އެރުން:ސަފީރު
07 އޮކްޓޯބަރު 2017

ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް

07 އޮކްޓޯބަރު 2017
ދިރާގު "ޔޫތް ފެސްޓް" ވޯޓާސްޕޯޓްސް އެޑިޝަން ފޯރިއާއެކު ކުރިޔަށް
29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް