Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެއާއި ބަންގްލަދޭޝްގެ ގުޅުން

ރާއްޖެއާއި ބަންގްލަދޭޝްގެ ޒަމާންވީ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރަނީ

3 ޖޫން 2021 | ބުރާސްފަތި 07:45

ޑިޒާސްޓަރ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 3 ޖޫން 2021 | ބުރާސްފަތި 07:45
ބުރާސްފަތި ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ބުރާސްފަތި ދުވަހުގެ ހެނދުނު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން

ރާއްޖެ އާއި ބަންގްލަދޭޝްގެ ޒަމާންވީ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައް ކުރައްވާފައިވަނީ ބަންގްލަދޭޝްގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް އަޒީޒް އަޙްމަދު، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މިބައްދަލުކުރެއްވުން އޮތީ ބުރާސްފަތި ދުވަހު ހެނދުނު ބަންޑާރަކޮށީގައި ހުންނަ ސިފައިންގެ މައި މަރުކަޒުގައެވެ.

Advertisement - newsAdvertisement

ބައްދަލުކުރެއްވުން ފަށްޓަވައިދެއްވަމުން މިނިސްޓަރ މާރިޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުން، ޖެނެރަލް އަޒީޒަށް މަރުހަބާ ވިދާޅުވެ، ކޮވިޑް-19ގެ މިދަތި އުނދަގޫ ހާލަތުގައި ވެސް ރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރުއަދާކުރައްވާފައެވެ.

ޖެނެރަލް އަޒީޒް ވަނީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ފަރާތްޕުޅުންނާއި އެގައުމުގެ ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރައީސް ޞާލިހަށާއި ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ހެޔޮއެދުމާއި ސަލާމް ރައްދުކޮށްދެއްވާފައެވެ.

ބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ ދެގައުމުގެ ޒަމާންވީ ދިފާއީ އަދި އަސްކަރީ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުންނެވެ. އެގޮތުން ޑިޒާސްޓަރ ރިލީފް ނުވަތަ ކާރިސާތަކަށް އިޖާބަދިނުމަށް ހިންގޭ އޮޕަރޭޝަންތަކާއި އިންސާނީ ވަގުފާރިއާ ދެކޮޅަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން ބަންގްލަދޭޝްގެ އާރމްޑް ފޯރސަސް މެޑިކަލް ކޮލެޖުގައި ދިވެހި ޑޮކްޓަރުން ކިޔެވުމަށް ޖާގަ އިތުރުކުރުމާއި އެގައުމުގައި ދިވެހި ސިފައިން ތަމްރީނުކުރުމަށް އިތުރު ފުރުސަތުތައް ހޯދުމާ ބެހޭގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ވަނީ 2004 ގެ ސުނާމީން ފެށިގެން މިހާރު ކުރިމަތިވެފައިވާ ޕެންޑެމިކާ ހަމައަށް ރާއްޖެއިން އެހީއަށް ބޭނުންވި ހާލަތްތަކުގައި ބަންގްލަދޭޝްގެ ސަރުކާރާއި ރައްޔިތުން ފޯރުކޮށްދެއްވާފައިވާ ދީލަތި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި މިލިޓަރީ ސެކްރެޓަރީ ބްރިގޭޑިއަރ ޖެނެރަލް އަބްދުލް މަތީން އަހުމަދާއި، ޑީ.އައި.ޑީ.ސީގެ ޕްރިންސިޕަލް ޑިރެކްޓަރ ލެފްޓިނެންޓް ކާނަލް ޙުސައިން ފައިރޫޝާއި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގ ޢަލީ ޖައިޝަން ޢާމިރުވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

09 އޯގަސްޓު 2017

ޖެނެރަލް ދީދީގެ ޝަރީޢަތް: ޖަވާބުދާރީވުން ދިފާއީ ވަކީލުން އެދިގެން ކެންސަލްކޮށްފި

09 އޯގަސްޓު 2017
ޖެނެރަލް ދީދީގެ ޝަރީޢަތް: ޖަވާބުދާރީވުން ދިފާއީ ވަކީލުން އެދިގެން ކެންސަލްކޮށްފި
08 އޯގަސްޓު 2017

އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެކިބަސް ނެގުން މިއަދު!

08 އޯގަސްޓު 2017
އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެކިބަސް ނެގުން މިއަދު!
05 އޯގަސްޓު 2017

ގާސިމްގެ ޝަރީއަތް: ދިފާއީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން މާދަމާ!

05 އޯގަސްޓު 2017
ގާސިމްގެ ޝަރީއަތް: ދިފާއީ ހެއްކާ ގުޅޭގޮތުން ވާހަކަ ދެއްކުން މާދަމާ!
03 އޯގަސްޓު 2017

އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެއްކަކަށް ހާޒިރުނުވެވުމުން ކެންސަލް!

03 އޯގަސްޓު 2017
އަމީން ފައިސަލްގެ ޝަރީއަތް: ދިފާއީ ހެއްކަކަށް ހާޒިރުނުވެވުމުން ކެންސަލް!
13 ޖޫން 2017

ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި

13 ޖޫން 2017
ރާއްޖެއާއި ޔޫއޭއީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖިލީހުން ރުހުން ދީފި
21 މެއި 2017

އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން

21 މެއި 2017
އަމީން ފައިސަލްގެ ޝަރީޢަތް: ޔާމީން ދޫނުކުރާނެ ކަމަށް ނަޝީދު ވިދާޅުވި، ދިފާއީ ހެއްކެއްގެ ގޮތުގައި ޔާމީން
03 އެޕްރީލު 2017

ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް

03 އެޕްރީލު 2017
ރައުދާގެ މަރުގެ ހަގީގަތް ހޯދުމަށް ފުރިހަމަ ތަހުގީގެއް ކުރަންޖެހޭ: ބަންގްލަދޭޝްގެ ކުރީގެ ރައީސް
10 މާރިޗު 2017

ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!

10 މާރިޗު 2017
ސައުދީ އަރަބިއްޔާގެ އަސްކަރީ މަނަވަރެއް މާލެ ކައިރީ!
06 މާރިޗު 2017

ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު

06 މާރިޗު 2017
ސައުދީން ބޭނުންވަނީ ރާއްޖޭގައި އަސްކަރީ މަރުކަޒެއް ގާއިމްކުރަން: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ

01 ފެބުރުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދިފާއީ ހެކިންގެ ހެކި ބަސް ނެގުން މާދަމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް