Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އަންގާރަ ދުުވަހު މެންދުރު ނުވަނީސް ކޮވިޑްގެ ހަތަރު މަރު

1 ޖޫން 2021 | އަންގާރަ 07:21

ހޯމަ ދުވަހު ވެސް މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 1 ޖޫން 2021 | އަންގާރަ 07:21
ނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަތުވާ ހޯދަމުން ދިޔަ ތިން މީހުން

ނިޔާވި ހަތަރު މީހުންގެ ތެރެއިން ތިން މީހުންނަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަތުވާ ހޯދަމުން ދިޔަ ތިން މީހުން

އަންގާރަ ދުވަހު މެންދުރުވުމުގެ ކުރިިން ރާއްޖެއިން ކޮވިޑްގައި ހަތަރު މީހަކު ނިޔާވެގެން ރިޕޯޓުކޮށްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ ހޯޯމަ ދުވަހުގެ މެންދަމު 03:41 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 70 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށެވެ. މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 162 ވަނަ މީހާއެވެ.

Advertisement - newsAdvertisement

ދެވަނައަށް ނިޔާވެގެން ރިޕޯޓުކޮށްފައި ވަނީ ބ. އަތޮޅުގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެ ފަތިހު 04:40ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 163 ވަނަ މީހާއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އިތުރު ދެ މީހަކު އަންގާރަ ދުވަހު ނިޔާވެފައިވާ ކަމަށެވެ. އެގޮތުން އަންގާރަ ދުވަހުގެ ފަތިހު 05:46 ގައި އެ ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނެއް ނިޔާވެފައިވާ ކަމަށާއި މިއީ މިބަލީގައި ރާއްޖެއިން ނިޔާވި 164 ވަނަ މީހާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި ހަމަ އެ ފެސިލީޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާ ކަމަށާއި އޭނާ ނިޔާވެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 06:14 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި 165 ވަނަ މީހާއެވެ.

ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ކޮވިޑްގައި ނިޔާވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ހޯމަ ދުވަހު ވެސް މި ބަލީގައި ތިން މީހަކު ވަނީ ނިޔާވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

08 މެއި 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު

08 މެއި 2017
ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރުން މިއަދު މެންދުރުފަހު
24 އެޕްރީލު 2017

ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ

24 އެޕްރީލު 2017
ޒައިދަށް ތިން ދައުވާއެއްކޮށް އަންގާރަ ދުވަހު ޝަރީއަތް ފަށަނީ
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
23 މާރިޗު 2017

ވިސާމަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހު!

23 މާރިޗު 2017
ވިސާމަށް ހުކުމް ކުރުން އަންނަ އަންގާރަ ދުވަހު!
20 މާރިޗު 2017

ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ

20 މާރިޗު 2017
ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އަންގާރަ ދުވަހު ހުޅުވާލަނީ
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
15 މާރިޗު 2017

އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!

15 މާރިޗު 2017
އަންގާރަ ދުވަހު އެކަނި 400 ބަލިމީހުން، މުޅި ޖުމްލަ 1،000 ބަލިމީހުން ފްލޫ ކްލިނިކުން ފަރުވާހޯދާފައިވޭ!
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
22 ޖެނުއަރީ 2017

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް