Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދިރާގު ދިވެހި ޕްރިމިއާ ލީގު

ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލައިފި، ޗެމްޕިއަންކަން މާޒިޔާއަށް

30 މެއި 2021 | އާދީއްތަ 13:18

އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ވަނީ ކެންސަލްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 މެއި 2021 | އާދީއްތަ 13:18
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ މީގެ ކުރިން ކުޅުނު މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ މީގެ ކުރިން ކުޅުނު މެޗުގެ ތެރެއިން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރު ނުކުޅެ ލީގު ނިންމާލަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމުމުން، ލީގުގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލިބިއްޖެއެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މީގެ ކުރިން މެދުކަނޑާލީ ދެވަނަ ބުރަށްފަހުއެވެ. ދާދި ފަހުން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިހާރުގެ ހާލަތަށް ބަލާއިރު ލީގު ދިގުދެމިގެންދިއުމުގެ ބަދަލުގައި، އޭނާގެ އަމިއްލަ ވިސްނުމަކީ ލީގުގެ ދެ ބުރު ކުޅެފައިވުމާއެކު، ތިންވަނަ ބުރު ނުކުޅެ މި ހިސާބުން ލީގު ނިންމާލުން ކަމަށެވެ.

އެއާއެކު އާދީއްތަ ދުވަހު ކުރިއަށްދިޔަ އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ބައްސާމް ވަނީ ލީގުގެ ތިންވަނަ ބުރު ނުކުޅެ ސީޒަން ކުރުކޮށްލުމަށް އެފްއޭއެމުގެ ހިންގާ ކޮމިޓީން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. މީގެ އިތުރުން އެފްއޭއެމުން ވަނީ މި އަހަރު އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުވެސް ނުކުޅެން ނިންމާފައެވެ. މިއީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވައި ނިންމާލަން ޖެހިޖެހިގެން ނިންމި ތިންވަނަ އަހަރެވެ.

ދެ ވަނަ ބުރުން ލީގު ނިންމާލުމާއެކު މާޒިޔާއިން ވަނީ ނުވަ ޕޮއިންޓުގެ ލީޑަކާއެކު ލީގު ޗެމްޕިއަންކަން ދިފާއުކޮށްފައެވެ. މާޒިޔާއަށް ކުޅުނު 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ކުލަބު ވެލެންސިއާއަށް 14 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ.

ލީގުގެ ތިންވަނައިގައި އޮތީ 14 މެޗުން 19 ޕޮއިންޓާއެކު ކުލަބު ގްރީން ސްޓްރީޓްސްއެވެ. ހަތަރުވަނައިގައި 14 މެޗުން 17 ޕޮއިންޓާއެކު އީގަލްސް އޮތްއިރު، ފަސްވަނައިގައި އޮތީ 14 މެޗުން 16 ޕޮއިންޓާއެކު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އަދި ހަވަނައިގައި އޮތީ 14 މެޗުން 15 ޕޮއިންޓާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. މީގެ އިތުރުން ތާވަލުގެ ހަތްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކުލަބަށް 14 މެޗުން 13 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ފުލުގައި އޮތީ 14 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.

މި ފަހަރުގެ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕުވެސް ނުބާއްވަން އެފްއޭއެމުން ނިންމުމާއެކު، އަންނަ އަހަރުގެ އެފްއޭ ކަޕުގެ ކޮލިފައިންއިން ޖާގަ ލިބޭނީ ލީގުގެ ދެވަނައިގައި އޮތް ވެލެންސިއާއަށެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ

10 ޖެނުއަރީ 2017
ހަތަރުވަނަ ބުރުގައި ޔުނައިޓެޑް ބައްދަލުކުރާނީ ވިގަންއާ
06 ޖެނުއަރީ 2017

ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި

06 ޖެނުއަރީ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާއެކު ވީކޭއިން ތިންވަނަ ޑިވިޝަނުގެ ތަށި އުފުލާލައިފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ފަހު ވަގުތު ޖިރޫ ކާމިޔާބުކޮށްދިން ލަނޑުން އާސެނަލް ސަލާމަތްވެއްޖެ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް