Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަންޏާމީދޫ ފެނުގެ ނިޒާމް

ހަންޏާމީދޫގައި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި

ހަންޏާމީދޫ ފެނުގެ ނިޒާމު ގާއިމުކުރަނީ ދުނިޔޭގެ ފެންވަރުގެ ތަކެތި ބޭނުންކޮށްގެން

ނަހުފާ މުހައްމަދު
ނަހުފާ މުހައްމަދު | 29 މެއި 2021 | ހޮނިހިރު 11:39
ހަންޏާމީދޫ އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ

ހަންޏާމީދޫ އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ

އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އެމް.ޑަބްލިއު.އެސް.ސީން އދ.ހަންޏާމީދޫގައި ކުރިއަށްގެންދާ ފެނުގެ ނިޒާމުގެ މަޝްރޫއުގެ ދަށުން ދުވާލަކު 37 ޓަނުގެ ފެން އުފެއްދޭވަރުގެ 2 ޕްލާންޓް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި 2 ޕްލާންޓުން އުފައްދާ ފެން ރައްކާކުރުމަށްޓަކައި 200 ޓަނުގެ 2 ތާނގީ ބެހެއްޓުމަށް ނިންމާފައިވެއެވެ. އެއާއެކު ވިއްސާރަ މޫސުމުގައި ވާރޭފެން ރައްކާކުރުމަށްޓަކައި 503 ޓަނުގެ ތާނގީއެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވެއެވެ.

Advertisement - newsAdvertisement

ހަންޏާ މީދޫގައި ފެން އުފެއްދުމަށްޓަކައި ފެން ނަގަން ހަމަޖެހިފައިވަނީ ބިމުގެ 30 ނުވަތަ 40 މީޓަރު އަޑިއަށް ބޯހޯލް ތޮރުފައިގެންނެވެ. އެގޮތުން އެރަށުން ފެން ނެގުމަށް 2 ބޯހޯލް ތޮރުފާނެކަމަށް އެމް.ޑަބްލިއު.އެސް.ސީން ބުނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާއިރު, މިހާރު ކުރެވެމުންދަނީ, ފެންހޮޅި ވަޅުލުމާއި އާރް.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތް ކަމަށް އެކުންފުނިން ބުނެއެވެ.

ހަންޏާމީދޫގައި ގާއިމުކުރާ ފެނުގެ ނިޒާމު ވެގެންދާނީ ދުނިޔޭގެ ފެންވަރުގެ ތަކެތި ބޭނުންކޮށްގެން ގާއިމުކުރާ ނިޒާމަކަށްކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ. އަދި މިނިޒާމު ފަރުމާކޮށްފައިވަނީ ކުރިއަށް އޮތް 15 ނުވަތަ 20 އަހަރަށްވެސް އެއްވެސް ދަތިކަމެއްނެތި ޚިދުމަތް ދެވޭގޮތަށް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު