Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު ފައިނަލް: ގާޑިއޯލާއަށް އޮތް ޕްރެޝަރެއް

ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 29 މެއި 2021 | ހޮނިހިރު 08:21
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު، ކޯޗެއްގެ ގޮތުގައި އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މި މުބާރާތުގެ ފައިނަލަށް ސިޓީ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި ޕީއެސްޖީ އަތުން 4-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ ސިޓީގެ ތާރީޚުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އަދި މިއީ ޔޫރަޕުގެ މުބާރާތެއްގެ ފައިނަލުން އެ ޓީމު ޖާގަ ހޯދި ދެވަނަ ފަހަރެވެ. އެގޮތުން 1970 ވަނަ އަހަރުގެ ޔޫރަޕިއަން ކަޕް ވިނާސް ކަޕް ފައިނަލުގައި ސިޓީ ވަނީ ވާދަކޮށްފައެވެ.

މި ފަހަރުގެ ފައިނަލަށް ސިޓީ ގޮވައިގެން ގާޑިއޯލާ ނުކުންނައިރު، އޭނާ އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ 2011 ވަނަ އަަހަރު ބާސެލޯނާގައި ހުރެއެވެ. އަދި އޭގެ ކުރިން 2009 ވަނަ އަހަރުވެސް ބާސާއެކު ގަޑިއޯލާ ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ނަމަވެސް، ބާސާ ދޫކޮށްލި ފަހުން މިހާތަނަށް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ގާޑިއޯލާ ވާދަކޮށްފައެއް ނުވެއެވެ.

ޗެލްސީއާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާޑިއޯލާ ބުނީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާއިރު އަބަދުވެސް ޕްރެޝަރު އޮންނާނެ ކަމަށެވެ. އެކަމަކު ސިޓީގެ މެނޭޖުމަންޓުން އޭނާއަށް ޕްރެޝަރެއް ކުރިމަތިނުވާ ކަމަށާއި، ސިޓީގައި ޗެމްޕިއަންސް ލީގު ހޯދުމުގެ ޕްރެޝަރު އަބަދުވެސް އަންނަނީ ކުލބަުގެ ބޭރުން ކަމަށްވެސް ގާޑިއޯލާ ބުންޏެވެ. އަދި އޭނާ މަސައްކަތްކުރަނީ ސިޓީއަކީ ކޮންމެ މުބާރާތެއްގައިވެސް ވާދަކުރެވޭ ޓީމަކަށް ހަދައި، ކާމިޔާބު ހޯދަން ކަމަށްވެސް ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުުގެ ފައިނަލުގައި ޗެލްސީ އާއި ސިޓީ ބައްދަލުކުރާއިރު، ޗެލްސީގެ ކޯޗުގެ މަގާމާ ތޯމަސް ޓުޗެލް ހަވާލުވި ފަހުން ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗުންވެސް ޗެލްސީ ވަނީ މޮޅުވެފައެވެ. އެއީ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި 1-0 ގެ ނަތީޖާއަކުންނާއި އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ ދަނޑުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މެޗެވެ.

ފައިނަލް މެޗުގެ ކުރިން ޓުޗެލް ބުނީ ގާޑިއޯލާ އިރުޝާދުދެމުން އަންނަ ޓީމަކާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އުދަނގޫވާނެ ކަމެއް ކަމަށާއި، މި ވަގުތަށް ބަލާއިރު ޔޫރަޕުގެ އެންމެ ވަރުގަދަ ޓީމަކީވެސް ސިޓީ ކަމަށެވެ. އެކަމަކު ޗެލްސީގެ ކުޅުންތެރިން ތިބީ މި މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި، މެޗުން މޮޅުވެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށްވެސް ބުންޏެވެ.

މި މުބާރާތުގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފައިވަނީ ސެމީގައި ރެއާލް މެޑްރިޑް އަތުން 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. މިއީ 2012 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެ ޗެލްސީން ތަށި ހޯދި ފަހުން، އެ ޓީމު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ތުރުކީގެ އިސްތަންބޫލުގައި ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅެން ތާވަލުކުރި ނަމަވެސް، ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ މެޗު ވަނީ ޕޯޗުގަލުގެ ޕޯޓޯއަށް ބަދަލުކޮށްފައެވެ. ޗެލްސީ އާއި ސިޓީ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން ހޮނިހިރު ދުވަހުގެރޭ 00:00 ގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

މޮޅަކާއެކު އާސެނަލް ލީގުގެ ތިންވަނައަށް

15 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

ކުރިއަށް އޮތް ސީޒަނަށް ނިޔާ ވެސް ވިކްޓްރީއާ ގުޅިއްޖެ

10 ޖެނުއަރީ 2017
ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

ރާއްޖޭ ފުޓުބޯޅަ އެނގޭ، ކާމިޔާބުކުރެން އޮތް އެއްޗެއް ކުރާނަން: ސެކުލޮސްކީ

07 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު