Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގއ. ވިލިނގިލީގައި ކޮވިޑް-19 ފެތުރުން

ގއ. ވިލިނގިލީގައި ކޭސްތައް ދަނީ އިތުރުވަމުން، މިހާތަނަށް 43 މީހަކު ޕޮޒިޓިވް

28 މެއި 2021 | ހުކުރު 08:39

ސްކޫލުގެ 12 ކުއްޖަކު ޕޮޒިޓިވްވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 28 މެއި 2021 | ހުކުރު 08:39
ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް މީހަކު ގެންދިއުން،

ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް މީހަކު ގެންދިއުން،

ގއ.ވިލިނގިލީގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ކަމަށާއި، ހާލަތު ރަނގަޅު ނޫން ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ވިލިނގިލީ ކައުންސިލުން ބުނީ ފާއިތުވި 24 ގަޑިއިރު 72 ސާމްޕަލެއް ނަގާފައިވާ ކަމަށާއި، އިތުރު 4 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި 54 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް ކައުންސިލުން ބުނެއެވެ. މިހާތަނަށް އެރަށުން 43 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

Advertisement - newsAdvertisement

ކައުންސިލުން ބުނީ 40 އެކްޓިވް ކޭސް ހިމެނޭއިރު، 3 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އަދި މިވަގުތު 475 މީހަކު ކަރަންޓީގައި އެބަތިއްބެވެ.

ވިލިނގިލީގެ ހާލަތާ ބެހޭ ގޮތުން ޓާސްކް ފޯސްގައި އިސްކޮށް ހަރަކާތްތެރިވާ އަލީ މުހައްމަދު ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، 24 ގަޑިއިރު ޑިއުޓީ ބަހައިގެން ރަށު ތެރޭގެ ކަންކަން ބަލަހައްޓަމުންދާ ކަމަށެވެ. އެގޮތުން އަބަދުވެސް ބަނދަރު ސަރަހައްދު ބަލާނެ ކަމަށާއި، ހުއްދައާ ނުލައި އެއްވެސް ބަޔަކަށް ރަށަށް އަރައި ފައިބައި ނުހެދޭނެ ކަމަށެވެ.

އަލީ މުހައްމަދު ވިދާޅުވީ މޫސުން ގޯސްވުމާއި އަދިވެސް އެކި ސަބަބުތަކާ ހުރެ ކައިރި ރަށްރަށުގެ އޮޑިދޯނިފަހަރުތައް އެރަށުގެ ބަނދަރަށް ގާތްކުރާ ކަމަށާއި، އެފަރާތްތަކަށް ވެސް ބޭނުންވާ އާލާތްތައް ފޯރުކޮށްދޭ ކަމަށެވެ. އަދި ރަށުގެ މަސްވެރިން ވެސް ތިބެނީ ބޯޓުތަކުގައި ކަމަށާއި ރަށަށް ނާރާކަން އޭނާ ފާހަގަކުރެއްވިއެވެ.

ރަށުގެ ބަލީގެ ހާލަތަށް އަލިއަޅުވާލައި އަލީ މުހައްމަދު ވިދާޅުވީ ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވަމުންދާ ކަމަށާއި، މިހާތަނަށް ސްކޫލުގެ 12 ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. ސްކޫލުގެ ދަރިވަރުންނަށްވުމާއެކު އެކުދިންގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި، އެއްދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުން އަންނަ ކަމަށެވެ. އަދި 240 ދަރިވަރުން ކަރަންޓީންގައި އެބަތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ މުހައްމަދު ވިދާޅުވީ ސްކޫލު ބަންދުކޮށްފައި އޮތް ނަމަވެސް ކިޔެވުން ކުރިއަށްދާ ކަމަށާއި، އޮންލައިންކޮށް ކުރިއަށް ގެންދާ ކްލާސްތަކުގައި ގިނަ ދަރިވަރުން ބައިވެރިވާ ކަމަށެވެ. އަދި ޓީޗަރުންނާއި ބެލެނިވެރިންގެ ފުރިހަމަ އެއްބާރުލުން ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ކޭސްތައް ފެނުމާއެކު އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު، ރައްކާތެރިވުމުގެ ގޮތުން މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވަނީ ވަކިގޮތެއް އަންގަންދެން، ވިލިނގިލީގައި ކޮންމެ ދުވަހެއްގެ ހަވީރު 6:00ން ފަތިހު 4:00ށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން މަނާކޮށްފައެވެ. އަދި މި ފިޔަވަޅުން ސިފައިންނާއި، ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސާއި، ވިލިނގިލީ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އަދި އެމެޖެންސީކޮށް ސިއްހީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެއެވެ.

މީގެ އިތުރުން މޮނިޓަރިންގައި އޮންނައިރު އަމަލުކުރަންވީ އުސޫލެއް ކައުންސިލުން އާއްމުކޮށްފައިވެއެވެ. މިއުސޫލުގައިވާ ގޮތުން ފަރުމަސްވެރިކަން ކުރުމަށް ދިއުމާއި، ދޮށީ މަސްވެރިކަމަށް ދިއުމުގައި ކައުންސިލުން ހުއްދަ ނަގަން ޖެހެއެވެ. އުސޫލާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ކަރަންޓީން ކުރެވިފައިވާ އެއްވެސް ގެއަކުން ވިޔަފާރިީގެ އެއްވެސް މުއާމަލާތެއް ކުރުމަށް ވަނީ މަނާކޮށްފައެވެ.

ބަލި ކޮންޓްރޯލް ކުރުމަށް އާއްމު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުން ކައުންސިލުން ފާހަގަކޮށްފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
12 ޖެނުއަރީ 2017

ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު

12 ޖެނުއަރީ 2017
ބޭރުގެ ވަކީލުންތަކަކާ ހަވާލުކޮށްގެން ނެކްސްބިޒް މައްސަލަ މިދަނީ ދިރާސާކުރަމުން: ބަންޑާރަނައިބު
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް