Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވެކްސިނަށް ހުއްދަ ހޯދުން

ކޮވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދަ ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ބަހާރަތު ބައޯޓެކް

ޑަބްލިއުއެޗްއޯގެ ހުއްދަ ޖުލައި ނުވަތަ ސެޕްޓެމްބަރުގައި ލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 މެއި 2021 | ބުދަ 02:27
ޑަބްލިޔުއެޗްއޯ - އިންޑިއާގެ ބަހާރަތު ބައޯޓެކްގެ ވެކްސިންގެ ހުއްދައަށް އެދިފައިވޭ

ޑަބްލިޔުއެޗްއޯ - އިންޑިއާގެ ބަހާރަތު ބައޯޓެކްގެ ވެކްސިންގެ ހުއްދައަށް އެދިފައިވޭ

އިންޑިއާގެ ބަހާރަތު ބައޯޓެކުން އުފައްދާ ކޮވިޑް ވެކްސިން, ކޮވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ހުއްދަ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ބަހާރަތު ބައޯޓެކުން މިހެން ބުނެފައިވަނީ ކޮވެކްސިން ބޭނުންކުރުމަށް އެމަރޖެންސީ ހުއްދައަކަށް އެދި ޑަބްލިއުއެޗްއޯއަށް ހުށަހަޅާފައިވަނިކޮށެވެ. މީގެ ކުރިން ވެސް ވެކްސިން އުފައްދާ ބައޯޓެކުން ބުނެފައިވަނީ ކޮވެކްސިނަށް ޖުލައި ނުވަތަ ސެޕްޓެމްބަރ ހިސާބުގައި އެމަރޖެންސީ ހުއްދަ ލިބޭނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ކޮވެކްސިނަށް ހުއްދަ ނުލިބި ގިނަ ދުވަސްތަކެއް ވެގެން ދިއުމާއެކު، އެކަމުގެ ސަބަބުން ބޭރަށް ދަތުރުކުރުމަށް ރާވާފައިވާ ޕްލޭންތައް ނުވެދާނެކަމުގެ ބިރު ވަނީ ހީވެފައެވެ.  

ޑަބްލިއުއެޗްއޯއިން ކޮވެކްސިނަށް ހުއްދަ ދީފައި ނުވާ އިރު، އެމެރިކާ، ކެނެޑާ، އަޔަރލޭންޑް އަދި އީޔޫ ގައި ވެސް ކޮވެކްސިނަށް ހުއްދަ ދީފައި ނުވެއެވެ. މިހާތަނަށް ޑަބްލިއުއެޗްއޯއިން ހުއްދަ ދީފައިވާ ވެކްސިންތަކުގެ ތެރޭގައި ފައިޒާ، މޮޑާނާ، ކޮވިޝީލްޑް ވެކްސިން ހިމެނެއެވެ. އެ ޖަމިއްޔާ އިން ބުނެފައިވަނީ ކޮވެކްސިނަށް ހުއްދަ ދިނުމަށް އަދި އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.

އެންޑީޓީވީން ބުނެފައިވަނީ ޑަބްލިއުއެޗްއޯއަށް ހުއްދައަށް ލުމުގެ ކުރިން ސަރުކާރާއެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި، 90 އިންސައްތަ ލިޔެކިޔުންތައް ހުށަހަޅާފައިވާ ކަމަށެވެ. އަދި ޑަބްލިއުއެޗްއަށް އިތުރަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ޖޫން މަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށެވެ.

އިންޑިއާ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު