Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮޕާ އެމެރިކާ

ކޮޕާ އެމެރިކާ ބޭއްވުމުގެ ފުރުސަތު ކޮލަމްބިއާއަށް ގެއްލިއްޖެ

21 މެއި 2021 | ހުކުރު 18:23

އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތެއް ވަނީ ސަސްޕެންޑްކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 މެއި 2021 | ހުކުރު 18:23
ކޮލަމްބިއާގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން ކޮޕާ އެމެރިކާ ނުބޭއްވުމަށް ގޮވާލުން

ކޮލަމްބިއާގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން ކޮޕާ އެމެރިކާ ނުބޭއްވުމަށް ގޮވާލުން

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ދެކުނު އެމެރިކާގެ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ ކޮޕާ އެމެރިކާ ހޯސްޓްކުރުމުގެ ފުރުސަތު ކޮލަމްބިއާއަށް ގެއްލިއްޖެއެވެ.

މި އަހަރު ބާއްވާ ކޮޕާ އެމެރިކާއަކީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބާއްވަން ތާވަލުކުރި މުބާރާތެވެ. އެކަމަކު ކޮވިޑް-19 އާ ގުޅިގެން މި މުބާރާތް ވަނީ މި އަހަރުގެ ހޫނު މޫސުމަށް ފަސްކޮށްފައެވެ.

އެހެންކަމުން މީގެ ކުރިން ތާވަލުކޮށްފައިވަނީ ކޮޕާ އެމެރިކާ އަންނަ ޖޫން މަހުގެ 13 ވަނަ ދުވަހު ފެށިގެން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އާޖެންޓީނާ އާއި ކޮލޮމްބިއާގައި ބޭއްވުމަށެވެ. އޭރު ތާވަލުކޮށްފައި އޮތް ގޮތުން ގްރޫޕް އޭގެ މެޗުތައް ކުޅޭނީ އާޖެންޓީނާގައެވެ. އަދި ގްރޫޕް ބީގެ މެޗުތައް ކުޅޭނީ ކޮލޮމްބިއާގައެވެ. އަދި އެއަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ކޮލޮމްބިއާގެ މެޓްރޯ ސްޓޭޑިއަމުގައެވެ.

އެކަމަކު ކޮލަމްބިއާގައި ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާއިރު، އެ ގައުމުގައި ކުރިއަށްދާ ހަޅުތާލުގެ ސަބަބުން މިހާރު ވަނީ މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ކޮލަމްބިއާއަށް ގެއްލިފައެވެ. ކޮލަމްބިއާގެ ސަރުކާރާ ދެކޮޅަށް އެ ގައުމުގެ އެކި ސިޓީތަކުގައި މެދުކެނޑުމެއް ނެތި މުޒާހަރާކުރަމުންދާއިރު، މުޒާހަރާގެ ބައިވެރިން އަންނަނީ ކޮޕާ އެމެރިކާ ބާއްވައިގެން ރައްޔިތުންނަށް ހެލްތު އިންޝިއުއަރެންސް ނުލިބޭ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.

އެއާއެކު މި އަހަރުގެ ނޮވެމްބަރަށް މުބާރާތް ފަސްކޮށްދިނުމަށް ކޮލަމްބިއާގެ އެފްއޭއިން އެދުނު ނަމަވެސް، ކޮންމެބޯލްއިން ނިންމީ މުބާރާތް ދެވަނަ ފަހަރަށް ފަސްނުކޮށް، މިހާރު ކަނޑައެޅިފައިވާ ތާރީޚުގައި ކުރިއަށް ގެންދިއުމަށެވެ. އެގޮތުން ކޮލަމްބިއާގައި މި މުބާރާތް ދެން ނޯންނާނެ ކަމަށްވެސް ވަނީ ނިންމާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކޮޕާ އެމެރިކާ ހޯސްޓްކުރުމުގެ ފުރުސަތު ކޮލަމްބިއާއަށް ގެއްލުމާއެކު، އާޖެންޓީނާއިން ވަނީ މި މުބާރާތް އެއްކޮށް އެ ގައުމުގައި ބޭއްވުމަށް އެދިފައެވެ. އެކަމަކު ކޮވިޑުގެ ނުރައްކާ ބޮޑުވެ އާޖެންޓީނާ ސަރުކާރުން މި މަހުގެ ނިޔަލަށް އެ ގައުމު ލޮކްޑައުނަކަށް ދާން ނިންމުމާއެކު، އެ އަށް ބޯލެނބުމުގެ ގޮތުން އާޖެންޓީނާގެ ފުޓްބޯޅައިގެ ރަސްމީ ހުރިހާ ހަރަކާތްތައް ސަސްޕެންޑްކުރަން އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އިން ވަނީ ނިންމާފައެވެ. އެހެންކަމުން މި މުބާރާތް ހޯސްޓުކުރުމުގެ ފުރުސަތު އާޖެންޓީނާއަށްވެސް ގެއްލިދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި

01 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ޗެލްސީ އާއި ލިވަޕޫލްގެ ކުރިމަތިލުން އެއްވަރުވިއިރު، އާސެނަލުން ފުރުސަތު ނަގާލައިފި
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
28 ޖެނުއަރީ 2017

ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ

28 ޖެނުއަރީ 2017
ކޮޕާޑެލްރޭ: ސެމީގައި ބާސާ އަދި އެތުލެޓިކޯ ބައްދަލުކުރަން ޖެހިއްޖެ
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
12 ޖެނުއަރީ 2017

ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ

12 ޖެނުއަރީ 2017
ގަވައިދުން ފުރުސަތު ލިބޭ ޓީމަކަށް މިބަލަނީ، ހަފްތާއެއްގެ ތެރޭ ގޮތެއް ނިމޭނެ: އިންމަ
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް