Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަން ކުރިއެރުވުން

ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދޭނަން: މިނިސްޓަރު މައުސޫމް

20 މެއި 2021 | ބުރާސްފަތި 08:41

ޓޫރިޒަމުން ރައްޔިތުންނަށް ފައިދާ ހޯދައިދިނުމަށް ގިނަ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 20 މެއި 2021 | ބުރާސްފަތި 08:41
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް،

ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް،

ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނިފައިވާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެޓް ތައާރަފުކުރުމަށް ހުރިހާ އަތޮޅު ކައުންސިލު ރައީސުން އަދި ސިޓީ މޭޔަރުންނާ އޮންލައިންކޮށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރު މައުސޫމް ވިދާޅުވީ ޓޫރިޒަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށް ގިނަ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން، ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގައި ޓޫރިޒަމް ޒޯން ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށް ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ އެ މިނިސްޓްރީން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

މިނިސްޓަރު މައުސޫމް ވަނީ އަވަސް މުއްދަތެއްގެ ތެރޭގައި އަތޮޅުތެރޭގައި ލޯކަލް ޓޫރިޒަމް ތަރައްގީ ވެގެން އަންނަތަން ފެންނާނެ ކަމުގެ އުއްމީދު ކައުންސިލުތަކާއި ރައްޔިތުންނަށް ދެއްވާފައެވެ.

މީގެ އިތުރުން ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ރައްޒާން އަދި ޑިރެކްޓަރ ޝިނާން ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ޕްރެޒެންޓޭޝަނެއް ހުށަހަޅާފައިވެއެވެ.

އެ ދެބޭފުޅުންގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭން 2019- 2023ގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާ ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތާއި އަދި ޓޫރިޒަމްއާ ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީއާއި ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކުގެ މައްޗަށެވެ. މީގެ އިތުރުން ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން ވަކިން ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭ ބިންބިމުގެ ބީލަމުގެ މަސައްކަތްތަކަށެވެ.

18 އަތޮޅު ކައުންސިލް ރައީސުންނާއި 4 ސިޓީގެ މޭޔަރުން ބައިވެރިވެވަޑައިގަތް މި ބައްދަލުވުމުގައި ކައުންސިލްތަކުގެ ރައީސުންނާއި މޭޔަރުން ވެސް ވަނީ އެ ބޭފުޅުންގެ ހިޔާލު މިނިސްޓަރާ ހިއްސާކޮށްފައެވެ.

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް މިނިސްޓްރީ އިން ވަނީ މިކަމަށް ހާއްސަކޮށް "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޔުނިޓެއް މިނިސްޓްރީގައި ގާއިމުކޮށްފައެވެ. ކުރިއަށް އޮތްދުވަސްތަކުގައި، މި ޔުނިޓުގެ ފަރާތުން ރަށްރަށުގެ ކައުންސިލުތަކާ އެކު ޓޫރިޒަމް ޑައިވާސިފިކޭޝަން ޕްރޮޖެކްޓް ހިންގުމާބެހޭ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

21 އެޕްރީލު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް
15 އެޕްރީލު 2017

ރައީސް ޔާމިން ބޭނުންވާ ގޮތަށް މެމްބަރުން މަސައްކަތްކޮށްގެން ނުވާނެ: އަފީފް

15 އެޕްރީލު 2017
ރައީސް ޔާމިން ބޭނުންވާ ގޮތަށް މެމްބަރުން މަސައްކަތްކޮށްގެން ނުވާނެ: އަފީފް
06 އެޕްރީލު 2017

ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި

06 އެޕްރީލު 2017
ރައުދާގެ މަރުގެ ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ދިވެހި ފުލުހުން ހޯދައިފި
04 އެޕްރީލު 2017

ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް

04 އެޕްރީލު 2017
ރަށްރަށުގައި ތިބެނީކީ ރައީސް ޔާމީން ވިދާޅުވާފަދަ ގަމާރުންނެއް ނޫން:ހަސަން ލަތީފް
02 އެޕްރީލު 2017

ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު

02 އެޕްރީލު 2017
ޚާއްޞަ އެހީއަށް ބޭނުންވާ ގިނަ ކުދިންނަކީ އޯޓިސްޓިކް ކުދިން: އެޑިއުކޭޝަން މިނިސްޓަރު
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ
21 މާރިޗު 2017

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި

21 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަނެއް ނުލިބިގެން އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފި
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް