Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމުލާ އާއި ހަމެލްސް ސްކޮޑަށް ނެގުން

މުލާ އާއި ހަމެލްސް ޖަރުމަނުގެ ގައުމީ ޓީމަށް

19 މެއި 2021 | ބުދަ 11:27

މުލާ އާއި ހަމެލްސްއަށް ދެން ފުރުސަތެއް ނޯންނާނެ ކަމަށް ލޯ މީގެ ކުރިން ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 19 މެއި 2021 | ބުދަ 11:27
ފޯވާޑް ތޯމަސް މުލާ އާއި ޑިފެންޑަރު މެޓްސް ހަމެލްސް

ފޯވާޑް ތޯމަސް މުލާ އާއި ޑިފެންޑަރު މެޓްސް ހަމެލްސް

ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކުލަވާލި ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ބަޔާން މިއުނިކުގެ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އާއި ބޮރޫޝިއާ ޑޯޓްމުންޑުގެ ތަޖުރިބާކާރު ޑިފެންޑަރު މެޓްސް ހަމެލްސް ހިމަނައިފިއެވެ.

މި ދެ ކުޅުންތެރިން އެންމެ ފަހުން ޖަރުމަނުގެ ގައުމީ ޓީމަށް މެޗެއް ކުޅެދީފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މުލާ އާއި ހަމެލްސްއަށްވެސް ގައުމީ ޓީމުން ފުރުސަތު ދީފައިނުވާއިރު، 2019 ވަނަ އަހަރުގެ މާޗު މަހު ދިން އިންޓަވިއުއެއްގައި ޖަރުމަނުގެ ކޯޗު ޔޮއަހިމް ލޯ ވަނީ މުލާގެ އިތުރުން ހަމެލްސްއަށް ދެން ގައުމީ ޓީމުން ފުރުސަތެއް ނޯންނާނެ ކަމަށް ބުނެފައެވެ.

އެކަމަކު މި ފަހަކަށް އައިސް އެ ދެ ކުޅުންތެރިންވެސް ކުލަބު ފެންވަރުގައި މޮޅު ކުޅުމެއް ދައްކާފައިވުމާއެކު، އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ތާވަލުކޮށްފައިވާ ޔޫރޯގައި ވާދަކުރާ ޖަރުމަނުގެ ސްކޮޑުގައި އެ ދެ ކުޅުންތެރިން ވަނީ ހިމަނާފައެވެ.

މިހާރު އުމުރުން 31 އަހަރުގެ މުލާ އާއި އުމުރުން 32 އަހަރުގެ ހަމެލްސް އަލުން އަނބުރާ ގައުމީ ޓީމާ ގުޅޭއިރު، މީގެ ކުރިން އެ ދެ ކުޅުންތެރިން ވަނީ ޖަރުމަނަށް ޓީމަށް ގިނަ މެޗުތަކެއް ކުޅެދީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. އެގޮތުން އެ ދެ ކުޅުންތެރިންގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އަދި މީގެ ކުރިން މުލާ ވަނީ ޖަރުމަން ޓީމަށް 100 މެޗު ކުޅެދީ 38 ލަނޑު ޖަހާފައެވެ. އަދި ހަމެލްސް ވަނީ ޖަރުމަން ޓީމަށް 70 މެޗު ކުޅެދީ، އެ މެޗުތަކުގައި ފަސް ލަނޑު ކާމިޔާބުކޮށްފައެވެ.

ޖަރުމަނުގެ ސްކޮޑުގައި މުލާ އާއި ހަމަލެސް ހިމަނަން ލޯ ނިންމިއިރު، ޔޫރޯއަށްފަހު ޖަރުމަނުގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށްލަން އުމުރުން 61 އަހަރުގެ ލޯ ވަނީ ނިންމާފައެވެ. މިހާތަނަށް ޖަރުމަން ޓީމާއެކު ލޯ 14 އަހަރު ހޭދަކޮށްފައިވާއިރު، އޭނާގެ އެންމެ ބޮޑު ކާމިޔާބީއަކީވެސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. އަދި ލޯއާއެކު ޖަރުމަނުން ވަނީ 2017 ވަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަންސް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

މި ފަހަރުގެ ޔޫރޯގައި ޖަރުމަން ހިމެނެނީ ގްރޫޕް އެފްގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ހަންގޭރީ، ޕޯޗުގަލް އަދި ފްރާންސެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް