Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފަލަސްތީނުގެ ދިފާއުގައި ދިވެހިން

ފަލަސްތީނުގެ ހައްގުގައި ރައީސް ސާލިހު ޓުވިޓަރއަށް

ކުރީގެ ރައީސް މައުމޫން ވެސް ސޯޝަލް މީޑިއާ ކެމްޕޭނުގައި ވަނީ ބައިވެރިވެވަޑައިގެންފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް, ރާއްޖެ އެމްވީ | 18 މެއި 2021 | އަންގާރަ 13:08
ދިވެހިރާއްޖެއިން ދަނީ އެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން

ދިވެހިރާއްޖެއިން ދަނީ އެކި ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ހައްގުގައި ވަކާލާތުކުރަމުން

ފަލަސްތީނުގެ ދިފާއުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ޓުވިޓާގައި އަޑު އުފުއްލަވައިފިއެވެ.

މިހާރު އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންދާއިރު، ދިވެހިރާއްޖޭގައިވެސް މިފަދަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ދިވެހިން ތިބީ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނާއިއެކުކަން ހާމަކުރުމަށް ސްޓޭޓަސް އަޕްޑޭޓްކުރުމާއި، ޓްވީޓްކުރުން ފަދަ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

Advertisement - newsAdvertisement

މި ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވި ޓުވީޓްގައިވަނީ، ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ދިފާއުގައިކަން ހާމަކުރައްވައި ފަލަސްތީނުގެ ދިދައިގެ ފޮޓޮއޯކާއެކު ޓުވީޓްކުރައްވާފައެވެ. އެމަނިކުފާނުގެ ޓުވީޓްގައި ވަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލުމަށް ބޭނުންކުރާ ހޭޝްޓެގް "ފްރީ ޕަލެސްޓައިން"ގެ ހޭޝްޓެގް ބޭނުންކުރައްވައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައްވާފައެވެ.

ރައީސް ސާލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ސޯޝަލް މީޑިއާ ކެމްޕޭނުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން އެމަނިކުފާނުވެސް ވަނީ ދިވެހިރާއްޖެ އޮތީ ފަލަސްތީނުގެ ދިފާއުގައިކަން ހާމަކުރައްވައި ފަލަސްތީނުގެ ދިދައިގެ ފޮޓޯއަކާއެކު ޓުވީޓް ކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށްޓަކައި އަޑުއުފުލައި ވަކާލާތުކުރުމުގައި ބަދަލެއްނެއިސް ދެމިއޮންނާނެ ކަމަށް ދިވެހިރާއްޖެއިން އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން، އޯއަސީގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ވަނީ ބުނެފައެވެ. މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރަނީ 1967ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުންކަމުގައި ވިދާޅުފައެެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ މިނިސްޓަރ ޝާހިދުވަނީ، ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހައާއި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ އަޑުއުފުލައި ވަކާލާތުކުރުމުގައި ގުޑުމެއްނެތި ދިވެހިރާއްޖެ ދެމިއޮންނާނެކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، އެއަމަލުތައް ވަގުތުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ގޮވާލާފައެވެ. ފަލަސްތީނުގެ ކުށެއްނެތް މައުސޫމު ކުޑަކުދިންނާއި އަންހެނުން ހިމެނޭގޮތަށް ފަލަސްތީނުގެ އާންމު ރައްޔިތުން ޝަހީދުކޮށް، އިސްރާއީލުން ހިންގަމުންދާ ރަހުމުކުޑަ ލާއިންސާނީ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިސްރާއީލްގެ ލާއިންސާނީ އަނިޔާތަކަކީ ބަލައި ގަނެވޭނެ އަމަލުތަކެއް ނޫންކަމަށެވެ.

މީގެ އިތުރުން ދިވެހިން ވަނީ ރާއްޖެ ފަލަސްތީނާއެކުވާކަން ހާމަކޮށްދިނުމަށް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން އެއްވަގުތެއްގައި ފަލަސްތީނުގެ ދިދަ ހިފައިގެން ގެތަކުގެ ބެލްކަންޏަށް ނިކުމެ ރަމްޒީ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފަލަސްތީނުގެ ހައްގުގައި ދިވެހިން ދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައިވެސް އަޑުއުފުލަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023
ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

ދެން އަންނަ ދައުރެއްގައި އިންވެސްޓަރުންނަށް ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދޭނަން - ރައީސް

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު