Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދުގެ ހިތްވަރު ވީޑިއޯއަކުން

ރައީސް ނަޝީދުގެ ނުގުޑާ ހިތްވަރު ވީޑިއޯއަކުން

16 މެއި 2021 | އާދީއްތަ 18:51

އެމަނިކުފާނު ގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވޭ

ޝުރުފާ މުހައްމަދު
ޝުރުފާ މުހައްމަދު | 16 މެއި 2021 | އާދީއްތަ 18:51
 ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަންވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިތުރު ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ފަހު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅުވަމުން އަންނަކަން ދައްކުވައިދޭ ވީޑިއޯއެއް އާންމުކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެނިގެންދަނީ އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާ ހޮސްޕިޓަލްގެ ސިޑިން މައްޗަށް އަދި ތިރިއަށް ވަޑައިގަންނަވާ މަންޒަރެވެ. އެ ވީޑިއޯއިން އެކަނިވެސް އެމަނިކުފާނުގެ ހިތްވަރާއި ނުގުޑާ އަޒުމް ފެނިގެންދެއެވެ. މޭ މަހުގެ 6ވަނަ ދުވަހުގެ ރޭ އެމަނިކުފާނަށް ދިން ހަމަލާއަށް ފަހު، އޭޑީކޭގައި ހަފުތާއެއް ވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަންވިލާތަށް ވަޑައިގެންނެވީ މި މަހުގެ 13 ވަނަ ދުވަހު ހެނދުނުއެވެ.

Advertisement - newsAdvertisement

މާލޭގައި ދިން ޓެރަރިސްޓު ހަމަލާގައި އެމަނިކުފާނަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިވަޑައިގެންފައެވެ. ފުއްޕާމެއާއި ގޮހޮރުގެ އެކިތަންތަންކޮޅު ފޫއަޅުވާލައި ރޭޒާފުއްތަކެއް ވަދެފައިވާއިރު ބޮލާއި ފަޔަށްވެސް އެކި ވަރުގެ ޒަޚަމްތައް ލިބިފައިވެއެވެ. ފައިގެ ކަކުލުހުޅަށް ވެސް ރޭޒާފުއް ވަދެފައިވާ ކަމަށް އޭޑީކޭއިން އެމަނިކުފާނަށް ފަރުވާދިން ޑޮކްޓަރުން ވިދާޅުވެފައިވެއެވެ.

އާންމުކޮށްފައިވާ ވީޑިއޯގައި އެމަނިކުފާނު ސިޑިއެއް ބޭނުން ކުރައްވާ މަންޒަރު ފެނިގެންދާއިރު، ކަކުލު ހުޅުގެ ޒަޚަމާ ގުޅިގެން ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ހުރިކަން ފާހަގަވެއެވެ. އާއިލާއިން ބުނެފައިވަނީ އެމަނިކުފާނުގެ ހާލުކޮޅު ދުވަހެއް ދުވަހަކަށް ރަނގަޅުވަމުން އަންނަ ކަމަށާއި އިއްޔެއާ އަޅާބަލާއިރު މިއަދު ހިންގެވުން ވެސް ރަނގަޅު ކަމަށެވެ.

ރައީސް ނަޝީދުގެ ފުރާނަފުޅަށް ގެއްލުން ދިނުމަށްޓަކައި ހިންގުނު ޓެރަރިސްޓް ހަމަލާއަށް ފަހު އެމަނިކުފާނު ތަކުރާރުކޮށް، އެކި ބޭފުޅުން މެދުވެރިކުރައްވައި އަދި ހަމަލާއަށް ފަހު އާންމުންނަށް ކުރެއްވި ފުރަތަމަ ޓުވީޓުގައި ވެސް ވިދާޅުވެފައި ވަނީ ގަދަކޮށް އެނބުރި ވަޑައިގަންނަވާނެ ކަމުގައެވެ. އެ ހަމަލާއަށް ދެ ހަފުތާވާން ގާތްވެފައިވާއިރު، އެމަނިކުފާނުގެ ރިކަވަރީގައި ދައްކަވަމުން ގެންދަވާ ހިތްވަރާއި ސާބިތުކަން އައު ވީޑިއޯން ފެނިގެންދެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
02 މެއި 2025

ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި

02 މެއި 2025
ޒުވާނުންގެ ސުލްހަވެރި މުޒާހަރާއިން ހައްޔަރު ކުރި ދެ ޒުވާނުން މިނިވަން ކުރަން ނަޝީދު ގޮވާލައްވައިފި
26 ޖޫން 2024

ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި

26 ޖޫން 2024
ދެ ރައީސުންގެ ޒާތީ މައްސަލަތައް އެއްފަރާތްކުރައްވާ ގައުމާއި ރައްޔިތުންނަށްޓަކައި އެކުގައި މަސައްކަތްކުރައްވަން އެއްބަސްވެވަޑައިގެންފި
13 މެއި 2024

އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް

13 މެއި 2024
އިންޑިއާ ކަނޑުގެ ގައުމުތަކަށް ބަލަންޖެހޭނީ އިންޑިއާ ކަނޑުގެ ގައުމުތަކުން، ޗައިނާއިން މިކަމުގައި އަދާކުރަންޖެހޭ ރޯލެއް ނެތް
12 މެއި 2024

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

12 މެއި 2024
ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
06 މެއި 2024

މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި

06 މެއި 2024
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
30 އެޕްރީލު 2024

ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް

30 އެޕްރީލު 2024
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
01 އެޕްރީލު 2024

މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި

01 އެޕްރީލު 2024
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް