Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިސްރާއީލުގެ އުދުވާން

ފަލަސްތީނުގެ ހައްގުތަކަށްޓަކައި ވަކާލާތުކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެ

16 މެއި 2021 | އާދީއްތަ 14:45

ރާއްޖެ އޮތީ ފަލަސްތީނުގެ ރައްޔިތުންނާއެކު ކަމަށް މިނިސްޓަރ ވިދާޅުވި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 16 މެއި 2021 | އާދީއްތަ 14:45
ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްދޭން ދިވެހިރާއްޖެއިން ދަނީ އަބަދުވެސް ގޮވަމުން

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށްދޭން ދިވެހިރާއްޖެއިން ދަނީ އަބަދުވެސް ގޮވަމުން

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށްޓަކައި އަޑުއުފުލައި ވަކާލާތުކުރުމުގައި ބަދަލެއްނެއިސް ދެމިއޮންނާނެ ކަމަށް ދިވެހިރާއްޖެއިން ބުނެފިއެވެ.

ރާއްޖެއިން މިހެން ބުނެފައި ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ސަމިޓް (އޯއައިސީ) ގެ ބައްދަލުވުމުގައި ފަލަސްތީނުގެ މައްސަލާގައި ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައެވެ. އޯއައިސީގެ މެމްބަރު ގައުމުތަކުގެ ޚާރިޖީ ވަޒީރުންނާއެކު އާދީއްތަ ދުވަހު ވާރޗުއަލްކޮށް ބޭއްވި ބައްދަލުވުމުގައި އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

Advertisement - newsAdvertisement

އިރުމަތީ ގުދުސްގައި އުޅޭ ފަލަސްތީނު ރައްޔިތުން ގެދޮރުން ނެރެލުމަށް އިޒްރޭލުން ހިންގާ ލާ އިންސާނީ އަމަލުތައް ކުށްވެރިކުރައްވައި ވާހަކަފުޅު ފައްޓަވަމުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވަނީ ބަރަކާތްތެރި ރަމަޟާން މަހު މުސްލިމުން އަމާންކަންމަތީ ރޭ އަޅުކަންކުރަން ތިއްބާ ޚާއްސަކޮށް އަގްސާ މިސްކިތަށް އަމާޒުކޮށް އަދި އޭގެ ފަހުން އެކި ފަހަރުމަތިން ގުދުސްގެ އެހެނިހެން ތަންތަނަށް އަމާޒުކޮށް ދެމުންގެންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވިދާޅުވީ އިސްރާއީލުން ހުޅަނގުގެ އައްސޭރީގެ އިތުރު ބިންތަކަށް ވެރިވުމަކީ ސަރަހައްދީ ހަމަޖެހުން، ނަގާލުމަށް ސިލްސިލާކޮށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިސްރާއީލުގެ އަމިއްލަ ބިންކަމުގައި ކަނޑައެޅުމަކީ ދިވެހިރާއްޖެއިން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ އަދި އެކަމާ ދެކޮޅު ހަދާ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް އަރައިގަތުން އިތުރު ދަރަޖައަކަށް ގެންގޮސްފައިވާކަން ފާހަގަކުރައްވައި އިރުމަތީ ގުދުސްގައި ޔަހޫދީން އާބާދުކުރުމުގެ މަޝްރޫއުގެ ތެރެއިން ޝެއިޚު ޖައްރާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ގަދަބާރުން ނެރެލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދިވެހިރާއްޖެއިން އަބަދުވެސް ގަބޫލުކުރަނީ 1967ވަނަ އަހަރު އެކުލަވާލި ފަލަސްތީނުގެ ސަރަހައްދީ އިމުގެ ތެރޭގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކޮށް، އެދައުލަތުގެ ވެރިރަށަކީ އިރުމަތީ ގުދުސްކަމަށް ހެދުންކަން މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އިސްރާއީލުން ފަލަސްތީނުގެ އިތުރު ބިންތަކަށް ވެރިވުމަކީ އިސްރާއީލާއި ފަލަސްތީނުގެ ވަކި ދެ ދައުލަތެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތަށް އެޅޭ އިތުރު ހުރަހެއްކަމަށާއި، އެކަން ހާސިލް ކުރެވޭނީ އިޚްލާސްތެރިކަމާއެކު މަސައްކަތް ކޮށްގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން އިންސާފާއި ސުލްހައާއި މިނިވަންކަން ހޯދުމަށް ކުރަމުންދާ މަސައްކަތުގައި މުޅި އިސްލާމީ އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ދެމިތިބުމަށް މިނިސްޓަރ ގޮވާލެއްވިއެވެ. އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ އަޑުއުފުލައި ވަކާލާތުކުރުމުގައި ގުޑުމެއްނެތި ދިވެހިރާއްޖެ ދެމިއޮންނާނެކަމަށް ވިދާޅުވެފައެވެ.

އިސްރާއީލުގެ އުދުވާނީ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަރޗުއަލްކޮށް ބައްދަލުވުމެއް ބާއްވާފައި ވަނީ، އޯއައިސީގެ ނާގާބިލުކަމުގެ ސަބަބުން އެ ޖަމާއަތަށް އަމާޒުވަމުންދާ ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މުޅިއެކު 57 ގައުމުގެ މައްޗަށް އެކުލެވޭ އޯއައިސީ އުފެއްދީ 1969ވަނަ އަހަރުގެ ތެރޭގައި އަގްސާ މިސްކިތަށް ޔަހޫދީން ހަމަލާދިނުމުންނެވެ. އޭރު ފަލަސްތީނުގެ މުގައްދަސް ބިނާތަކާއި މުސްލިމުންގެ ސަލާމަތަށް އުފެއްދި އޯއައިސީގެ ރާގާއި މަންޒަރު މިހާރުވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ފާއިތުވި ރަމަޟާން މަހުން ފެށިގެން އިސްރާއީލުގެ އިސްތިއުމާރީ ފައުޖުތަކުން ހިންގަމުންދާ އުދުވާނުތަކާ ދެކޮޅަށް އޯއައިސީގެ ފަރާތުން ލިބިފައިވަނީ ވަރަށް ބަލިކަށި އަދި ވަރަށް ފިނި ރައްދެކެވެ. ބައެއް ގައުމުތަކުން އާންމު އުސޫލުން ނެރޭ ނޫސްބަޔާން ފިޔަވައި އިތުރު ކަމެއް ނުކުރެއެވެ.

ޚާރިޖީ ވުޒާރާ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

29 ޖޫން 2025

ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި

29 ޖޫން 2025
ރައީސް، ގަތަރުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އުފައްދަވައިފި
29 ޖެނުއަރީ 2025

ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް

29 ޖެނުއަރީ 2025
ޑިޕްލޮމެސީގެ ސިފައެއް ނެތް ރާއްޖޭގެ ޓޮޕް ޑިޕްލޮމެޓް
03 ނޮވެމްބަރު 2024

ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން

03 ނޮވެމްބަރު 2024
ޕާކިސްތާނުގައި ހުންނަވާ ސަފީރު ތާލިބާނުގެ މަންދޫބަކާއި ބައްދަލުކުރުމުން އެޅި ފިޔަވަޅު ސާފެއް ނޫން
03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
17 ސެޕްޓެމްބަރު 2024

ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ

17 ސެޕްޓެމްބަރު 2024
ޖަޕާނު ސަރުކާރުން ރާއްޖެއަށް 140،000 އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދެނީ
04 ޖުލައި 2024

ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި

04 ޖުލައި 2024
ގައުމު ބަނގުރޫޓްވެދާނެކަމަށް ގޮވާފައި ލަންކާ އެމްބަސީގެ ތާޑް ސެކްރެޓަރީއަށް އިތުރު މީހަކު އައްޔަންކޮށްފި
17 މެއި 2024

ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު

17 މެއި 2024
ރާއްޖެއާ އޮތް ނުތަނަވަސްކަން މިހާރު އަންނަނީ ކުޑަވަމުން: ޖައިޝަންކަރު
11 މެއި 2024

އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު

11 މެއި 2024
އުތުރުތިލަފަޅުގައި އިންޑިޔާ އަސްކަރީ މީހަކު ނެތް: ސަރުކާރު
10 މެއި 2024

މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

10 މެއި 2024
މިނިސްޓަރު ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް