ކ. މާލެ
|
20 އޭޕްރިލް 2024 | ހޮނިހިރު 08:48
ކުރީގެ ފަރސްޓް ލޭޑީ ފަޒްނާ އަޙްމަދު
ކުރީގެ ފަރސްޓް ލޭޑީ ފަޒްނާ އަޙްމަދު
މަޖިލިސް އިންތިޚާބު
އިސްލާހީ މަސައްކަތުގައި އަބަދުވެސް އުޅޭނީ އެމްޑީޕީ، އެމްޑީޕީ އަށް ވޯޓުދެއްވާ - ފަޒްނާ
 
މިސްރާބު ހަމަމަގަށް ކެމްޕެއިން ހިނގާލުމުގައި ތަފާތު މެސެޖުތަކާއި އެކު ފުަޅަނދުތައް ވަނީ ދުއްވާފަ

އިސްލާހީ މަސައްކަތުގައި އަބަދުވެސް އުޅޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށާއި އެހެންކަމުން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމްޑީޕީ އަށް ވޯޓުދޭން ޖެހޭ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ހުކުރު ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މިސްރާބު ހަމަމަގަށް ކެމްޕެއިން ހިނގާލުމުގެ ތެރެއިން ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ފަޒްނާ ވިދާޅުވީ އެމްޑީޕީ އިން މި އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ބަލާލުމުން އެ ކެނޑިޑޭޓުންނަކީ އިޖްތިމާއީ ކަންތައްތަކަށް ސަމާލުކަން ދޭ ، އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ގިނަ ކަމަށެވެ. އެގޮތުން ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ކެނޑިޑޭޓުން އެ ކެނޑިޑޭޓުންގެ ތެރޭގައި ހިމެނޭ ކަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ. ފަޒްނާ އިތުރަށް ވިދާޅުވީ ކެނޑިޑޭޓުންގެ ތެރޭގައި ޑްރަގް ރިހިބިލިޓޭޝަން ފަދަ ދާއިރާތަކުގައި މަސައްކަތް ކުރާ ކެނޑިޑޭޓުން ވެސް ތިބީ އެމްޑީޕީގައި ކަމަށެވެ.

އިފްހާމް އަށް ބެލިޔަސް އުޅުއްވާ ނުކުޅުދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގައި. އަދި އައްޑޫ ހިސާބަށް ބެލިޔަސް ކެނޑިޑޭޓުން އެބަ އުޅުއްވާ ޑްރަގް ރިހިބިލިޓޭޝަން ފަދަ ކަންކަމުގައި. އިޖުތިމާއީ ގޮތުން ވެސް އިސްލާހުކުރުމަށް، އިސްލާހީ ކަންކަމަށް އެމްޑީޕީ އިން އަޅާ ބާރު އަޅުގަނޑަކަށް ފެނިގެނެއް ނުދޭ އެހެން ޕާޓީއަކުން އަޅާތަނެއް. އެގޮތަށް ވިސްނިޔަސް ތިލަފަތަށް ވޯޓުދެއްވުން އެންމެ މުހިންމީ.
ފަޒްނާ އަޙްމަދު

މިސްރާބު ހަމަމަގަށް ކެމްޕެއިން ހިނގާލުމުގައި ތަފާތު މެސެޖުތަކާއި އެކު ފުަޅަނދުތައް ވަނީ ދުއްވާފައެވެ. އެއީ ސަރުކާރުން އޮޅުވާލާފައިވާ ކަންކަމާއި، ސަރުކާރުން ނުފޫޒު ފޯރުވުން ފަދަ ކަންކަމާއި ދެކޮޅަށް ޚިޔާލު ފާޅުކޮށް ލިޔެފައިވާ މެސެޖުތަކެކެވެ. އެ ހިނގާލުމުގެ މަގްސަދަކީ މި ސަރުކާރުން ހަދަމުންދާ ދޮގާއި މަކަރު އާއްމުން ބަަލައި ނުގަންނަކަން ދެއްކުމަށް ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް