ވާހަކަ
ސިލްސިލާ ވާހަކަ
17 މާރޗް 2019 | އާދީއްތަ 11:43
12 ވަނަ ބައި

ނޯޓް: (މިއީ މީގެ އަހަރުތަކެއް ކުރިން މާލޭގައި ހިނގި ހާދިސާތަކެއްގެ މަައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންތަކާއި ތަންތަނާއި ވަގުތުތަކަކީ ވެސް ހިޔާލެކެވެ.)

 

ލޯމެރުމާއެކު ކުއްލިއަކަށް އަހަންނަށް ސިފަވެގެން ދިޔައީ ބޭބެގެ ސޫރައެވެ. އެ ނުބައި މީހާ އަހަރެންގެ ކަރުގައި ހިފައި ބާރުކޮށްލުމާ އެކު އަހަރެން ކުއްލިއަކަށް ކޮޅަށް ޖެހުނެވެ. އާތިފްގެ ފިރުމުންތަކުން ލިބެމުން ދިޔަ އަރާމް ކުޑަ ލޯމެރުމާ އެކު ތޫނު ހަންޖަރުތަކެއްހެން އަހަންނަށް އިހްސާސްކުރެވުނެވެ. ލޯހުޅުވުމާ އެކު ސިކުންތަކަށް ވެސް މަޑުނުކޮށް އެ ތަނުން ތެދުވެގެން ދުއްވައިގަތީމެވެ. ކޮޓަރިއަށް ވަނުމާ އެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ގޮދަޑިމައްޗަށް މޫނު ވަތަށް ވެއްޓިގަތީމެވެ. އަދި ބާލީހުގެ ތެރެއަށް އަހަރެންގެ އަޑު ފާއްދާލީމެވެ. އެ ގޮތަގައި އަހަންނަށް އޮވެވުނީ ކުޑަ ހިނދުކޮޅަކުއެވެ.

"ސޮރީ. އަހަންނަށް ގޯސް ކަމެއް ކުރެވުނީތަ؟" ފަހަތުން އާތިފްގެ އަޑު އިވުނެވެ.

އަހަރެންގެ ފަހަތުން އޭނާ ވެސް ކޮޓަރިއަށް ވަނީއެވެ. އޭނާ މަސައްކަތްކުރީ ބާލީހުގެ ތެރޭގައި އޮތް އަހަރެންގެ މޫނު އަނބުރާލުމަށެވެ. އަހަރެން އިހުނަށް ވުރެ ބާރަށް ބާލީހުގައި މޫނު ފޮރުވީމެވެ. އޭރު ވެސް އަހަރެންގެ ގިސްލުމުގެ އަޑު ބޭރުވަމުން ދިޔައެވެ. ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް އާތިފަށް ފެންނަށް އަހަރެން ބޭނުމެއް ނޫނެވެ. އަހަރެން ރުޅިއެއް ނާދެއެވެ. އަދި ރޮމުން ދިޔައީ ކޮންމެހެން އާތިފްގެ އަތުގެ ފިރުމުންތަކާ ހުރެއެއް ވެސް ނޫނެވެ. ބޭބެގެ ހަޑިމުޑުދާރު އަމަލުގެ ސަބަބުންނެވެ. އެއީ މުޅި އުމުރު ވެސް އަހަންނަށް ގޯނާ ކުރާނެ އަނިޔާތަކެކެވެ.

އަންހެނަކަށް ވީތީ އަހަރެން ކިހާ ނިކަމެތި ހެއްޔެވެ؟ ފިރިހެނެއްގެ އަތު ތެރޭގައި އަހަރެމެންނަށް ކުރެވޭ މާބޮޑު ކަމެއް ނޯވެއެވެ. އެ މީހުންގެ އެދުންތަކަށް ބޯލެނބުން ނޫން ގޮތެއް ނޯވެއެވެ. އެއީ ލޯބީގެ ފިރުމުންތައް ކަމުގައި ވިޔަސް އަދި ހަވަސްގެ ކަރު ހިއްކުން ފިލުވުން ކަމުގައި ވިޔަސް ކުރާނެ ކަމެއް ނޯވެއެވެ. އަމިއްލަ އިހުތިޔާރުގައި އެ މީހުންގެ އެދުންތަކަށް ބޯނުލަނބާ ނަމަ ގަދަކަމުން ބާރު ދައްކައިގެން ވެސް އަހަރެމެން ބަލިކުރާނެއެވެ. އެ މީހުން ބޭނުން މަގުސަދު ހާސިލްކުރާނެއެވެ. އެހާ ވެސް އަހަރެމެން ނިކަމެއްޗެވެ.

އާތިފް އެ ވަރުގަދަ އަތްދަށުގައި ވެސް އަހަންނަށް ޖެހުނީ އެހާލެވެ. އޭނާގެ ފިރިހެން ވަންތައް އަތު ތެރޭގައި އަހަރެން ބާރެއް ނެތެވެ. ނަމަވެސް އެ ހަރަކާތުގައި އޯގާތެރިކަން ވެއެވެ. ބޭބެ ފަދައިން އަނިޔާވެރިއެއް ނޫނެވެ. އާހަރެން ފުށުން ޖެހުމަށް ފަހު ފުރަތަމަ ވެސް އާތިފް ފުހެން މަސައްކަތް ކުރީ އަހަރެންގެ ދެ ލޮލުގެ ކަރުނައެވެ. ރަނގަޅު ރަހުމަތްތެރިއެކެވެ. އަހަރެންގެ ލޮލުން ކަރުނަ އަންނަތައް ބަލަން އޭނާ ބޭނުމެއް ނުވެއެވެ. ނަމަވެސް އެ ހާލަތުގައި އަހަރެން އާތިފާ ހަތަރު ކަޅި ހަމަކުރަން ވެސް ބޭނުމެއް ނޫނެވެ. މެރުނު އެންމެ ބާރަކަށް އަހަރެން ލޯ މަރައިގެން އޮތީމެވެ. ނަމަވެސް އޮހެމުންދާ ކަރުނަތައް ހިފެހެއްޓުމަށް ލޮލުގެ އެސްފިޔަތައް ކުރި މަސައްކަތް އެހާ ކާމިޔާބެއް ނޫނެވެ. ބާރުކޮށްގެން އޮތް އެސްފިޔަތަކުގެ ތެރެއިން ފޭދިގެން އޮހޮރެމުން ދިޔަ ކަރުނަތައް އާތިފް ފޮހެމުން ދިޔައެވެ. ބައެއް ފަހަރު އެކަން ހުއްޓުވުމަށްޓަކައި އަހަރެން އޭނާގެ އަތުގައި ބާރަށް ހިފަހައްޓަމެވެ.

"ކީއްވެ ތި ރޮނީ. އަތް ނުލާންވީތަ؟ ވީގޮތެއް ބުނެދީބަލަ. ވަރަށް ދެރަވޭ ރީމާ ރޯތީ،" އަހަރެން ކަންފަތާ ކައިރިއަށް ޖެހިލުމަށް ފަހު އާތިފް ވައި އަޑުން ބުންޏެވެ.

އޭނާގެ އެ އަޑުގައި އަސަރުގަދަ ގޮތެއް ހުއްޓެވެ. ތުރުތުރުލުމެއް ހުއްޓެވެ. ހީވަނީ އަހަންނާ އެކު އޭނާ ވެސް ރޮނީހެންނެވެ. އަހަރެންގެ ހިތާމައިގަ އޭނާ ވެސް ބައިވެރިވަނީއެވެ. ނަމަވެސް އަހަރެން ކުރަނީ ކޮން ހިތާމައެއްކަން އޭނާ އަށް އެނގޭނެ ހެއްޔެވެ؟ ދައްތަމެން ގޭގައި ހިނގާދިޔަ ހާދިސާ އާއި މި ގެއަށް އައި ފަހުން ދަންވަރު "ބޭބެ" އަހަރެންގެ އިއްފަތްތެރިކަން ވެއްޔާ މޮޑެލި ގޮތް އާތިފަކަށް ނޭނގޭނެއެވެ. އެކަން ސާފުކޮށް އެނގޭ ނަމަ އޭނާ އަދި މާދެރަވާނެއެވެ.

މިވަގުތު އަހަރެން ބޭނުން ވަނީ ހިތް ފުރެންދެން ރޯލުމަށެވެ. މީހެއްގެ އުނގު ތެރޭގައި އޮވެ އެ ހުރިހާ ހިތްދަތިކަމެއް ކިޔައިދިނުމަށެވެ. އެފަދަ ހިޔާވަހިކަމަކަށް އަހަރެން ބޭނުންވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. ހިތުގައި ހުރި ކެކުޅުންތައް ބޭރުކޮށްލުމުގެ ފުރުސަތަކަށް އަހަރެން ހިތް ގޮވަނީއެވެ. ނަމަވެސް އެ އުނގަކީ އާތިފްގެ އުނގަށް ވުމަށް އަހަރެން ބޭނުމެއް ނޫނެވެ. އަދި އެއީ އަހަރެން ހިޔާލަށް ވެސް ގެނެސްފައިވާ ކަމެއް ނޫނެވެ. ނަމަވެސް ހާލަތާއި ވަގުތު މުޅިން ބަދަލުވީއެވެ. އަހަރެންގެ ކަރުނަތައް ފޮހެދިނުމަށް އަހަރެންގެ ކައިރީގައި މި ވަގުތު ހުރީ އާތިފެވެ. އަހަރެންގެ ހިތުގެ ކެކުޅުމާއި އިހުސާސްތައް އެނގޭ ރަހުމަތްތެރިއަކީ އޭނާއެވެ. ރޯން ބޭނުންވި ހިނދު އަހަންނަށް ތަނަވަސްކޮށް ލިބިފައި ވަނީ އޭނާގެ މޭމައްޗެވެ. ބޯއަޅާލަން އޮތީ އޭނާގެ ކޮނޑެވެ.

"އާތިފް...." ބޭއިހުތިޔާރުގައި އަންނަށް އާތިފްގެ އަށިގަނޑުގައި އަޅުލައިގަނެވުނެވެ. އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ.

ހަޔާތުގެ ސަފްހާތައް އާތިފްގެ އުނގަން ބަންޑުން ކޮށްލަމުން ދިޔައިރު އަހަރެން އޮތީ ހަމަ ރަނގަޅަށް ވެސް އޭނާގެ އަތުތެރޭގައި ފުއްގަނޑެއް ހެންނެވެ. ގިސްލަ ގިސްލާފައި ވާހަކަތައް ކިޔައިދެމުން ދިޔައިރު އޭނާ އެއް އަތުން އަހަރެންގެ ބޮލުގައި ފިރުމަމުން އަނެއް އަތުން އަހަރެންގެ ކަރުނަތައް ފޮހެމުން ގެންދިޔައެވެ. މާލެ އާދެވުނު ގޮތާއި އޭގެ ފަހުން އާއިލާއާ ގުޅުން ކެނޑިގެން ދިޔަ ގޮތާއި ދައްތަމެން ގޭގައި އުޅެންޖެހުނު ހާލާއި، ދައްތަގެ ހަންޖަރުތަކެއް ފަދަ ބަހުގެ ހަމަލާތައް ވަރަށް ތަފްސީލްކޮށް އަހަރެން ކިޔައިދިނީމެވެ. ބޭބެގެ ފާހިޝް އަމަލުތަކުގެ ޝިކާރައަކަށް އަހަރެން ވެގެން ދިޔަ ގޮތް ބޭއިހްތިޔާރުގައި ނަމަވެސް އަކުރުން އަކުރަން އަހަރެން ކިޔައިދިނީމެވެ. ހުއްޓަމުން، ގިސްލަމުން ވާހަކަތައް ކުރިއަށް ގެންދިޔައިރު އަހަރެންގެ ހިތުގެ ހާލު އާތިފަށް އެނގޭ ކަހަލައެވެ. އަހަރެންގެ ގިސްލުން ގަދަވާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑުގެ ތެރޭގައި އަހަރެން ފިއްތާލައެވެ. އަދި އޯގާތެރިކަމާ އެކު އަހަރެންގެ ބޮލުގައި ފިރުމަމުން ގެންދިޔައެވެ. އޭނާގެ ހަރަކާތްތަކުގެ ހިލަމެއް ވެސް އަހަންނަށް ނުވާ ކަހަލައެވެ. ބައެއް ފަހަރުގެ އަހަރެންގެ ނިތްކުރީގައި އޭނާ ބޮސްދެއެވެ.
ހަޔާތުގެ ސަފްހާތައް އަކުރުން އަކުރައް އާތިފަށް ކިޔައިދީ ނިމުނު އިރު އަހަރެން އޮތީ ވަރުބަލިވެފައެވެ. ބޮލަށް ބަރުވެ އެނބުރުން އަރާފައެވެ. ގިސްލާ ގިސްލާ މީހާގެ ފެން ހުސްވެފައެވެ. އެ ގޮތުގައި ތިބެވުނީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ. ހީވާ ގޮތުން އަހަންނަށް ނިދުނީއެވެ.

ކުއްލިއަކަށް ހޭލެވުނު އިރު ކައިރީގައި އާތިފް ވެސް ނިދާ ހަރުދަނޑިވެފައި އޮތެވެ. އޭރުވެސް އަހަރެން އޮތީ ފާޑަކަށް އޭނާގެ އަތު ތެރޭގައެވެ. ބޯއޮތީގ އޭނާގެ މޭމަތީގައެވެ. އިރުކޮޅަކު އާތިފާ ދިމާއަށް ބަލަން އޮތުމަށް ފަހު ވީ ގޮތް ހަނދާންވުމުން ކުއްލިއަކަށް ފުންމައިގެން އަހަރެން ތެދުވެ އިށީނީމެވެ. އަދި ހެދުނު ބޮޑު ގޯސް ހިތަށް އަރައި ލަދުގަތެވެ.
އާތިފަށް ގޮވަންވީބާއެވެ؟ ނޫނީ އޭނާ އެހެން ބާއްވާފައި އަހަރެން ކޮޓަރިން ނުކުންނަންވީބާއެވެ؟ ނޫނެކެވެ. އާތިފް ހޭލަންދެން ސިޓިންރޫމްގައި މަޑުކުރަނީއެވެ. އަހަރެން ގަޑި ބަލައިލީމެވެ. އޭރު ފަތިހު 4 ޖެހުމާ ކައިރިވަނީއެވެ. ތެދުވަން އަތް ވިއްދުމާ އެކު ފަހަތުން މީހަކު އަތުގައި ހިފެހެއްޓިއެވެ. އަދި ކުއްލި ލަތްކެއް ޖަހާ އަހަރެން ދަމައިގަތެވެ. އާތިފް އަނެއްކާ ވެސް އަހަރެން ބޮނޑިކޮށްލިއެވެ.
ކުރިން އޭނާގެ އުނގު ތެރޭގައި އަހަރެން އޮތީ ބޭއިހްތިޔާރުގައެވެ. ކޮންމެހެން އޭނާއާ ގަޔާވުމުގެ ނިޔަތަކު ނޫނެވެ. އެއީ އެ ވަގުތާއި ހާލަތު ނިޔާކުރި ގޮތެވެ. ނަމަވެސް މިހާރު މިއީ އެހެން ވަގުތެކެވެ. އަހަރެން ހުރީ ހަމަހޭގައެވެ. އާތިފް އެ ގޮތަށް އަހަރެންގެ ހަށިގަނޑުގައި އޮޅުލައިގަތުމުން ވަރަށް އުނދަގޫވިއެވެ. ފޫހިކަން ހިތަށް ވެރިވިއެވެ. ހިތް ނުތަނަވަސްވިއެވެ.
"ނޫން! އާތިފް! އަހަރެން ދޫކޮށްލާ،" އާތިފްގެ އަތުތެރެއިން ދެމިގަނެވޭތޯ އަހަރެން މަސައްކަތްކުރީމެވެ.

އޭނޭ އޮތީ ފުރަގަހުން އަހަރެންގެ ހަށިގަނޑުގައި ދެ އަތުން ބައްދައި ދެ ފައިން އަހަރެންގެ ފައި ބަންދުކޮށްފައެވެ. އޭނާގެ ބޯ އޮތީ އަހަރެންގެ ކަނދުރާ މަތީގައެވެ. ހީވަނީ ދެ ލޯބިވެރިން އެކަތިގަނޑަކަށް ވެގެން ތިބިހެންނެވެ. ގުނަވަންތައް ވަނީ ޖޯޑުވެފައެވެ.
އަހަރެން ދޫކޮށްލަން ބުނުމުން ވެސް އާތިފް އަޅައެއް ނުލިއެވެ. އިހުނަށް ވުރެ ބާރަށް އޭނާ އަހަރެންގެ ހަށިގަނޑުގައި ބައްދާލިއެވެ. އަދި ކަނދުރާ މަތިން ވަސް ބަލަމުން، ބޮސްދެމުން ގެންދިޔައެވެ.

"މާތްކަލާކޯ! މި ކުރެވެނީ ކީއްބާ؟ އާތިފަކީ ނީލާގެ މީހެއް. ނީލާ އަށް އެނގިއްޖެއްޔާ ވާނީ ކިހިނެއް؟ އަހަންނަށް މި ހެދުނީ ވަރަށް ބޮޑު ގޯހެއް. އާތިފަށް ވާހަކަތައް ކިޔައިނުދެވުނު ނަމަ...،" އަހަރެން ހިތާހިތާ ޝަކުވާކުރިމެވެ.

އާތިފް ހަމަ ރަނގަޅަށް ވެސް ވަގުތުގެ ފައިދާ ނަގަން ފެށިއެވެ. އޭނާގެ ހަރަކާތްތައް އަވަހެވެ. އަހަރެން ހިފަހައްޓާފައި އޮތީ ގުޑިވެސް ނުލެވޭ ގޮތަށެވެ. ބޭނުން ނަމަ ބާރަށް ހަޅޭލަވައިގަނެވިދާނެއެވެ. ސަލާމަތަށް އެދި ގޮވިދާނެއެވެ. ނަމަވެސް އެ އަޑު އަހާނެ ތިން ވަނަ ފަރާތެއް އެ ގެޔަކު ނެތެވެ. ނީޝް އޮތީ ގަދަ ނިދީގައެވެ. އަހަރެންގެ އަޑަށް އޭނާ ހޭލައިފި ނަމަ ވަރަށް ބިރު ގަންނާނެއެވެ. އަދި ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނެއެވެ. ސުވާލުތައް ގިނަވާނެއެވެ. ސަލާމަތަށް އެދި އަހަރެންގެ ހިތް ގޮވަމުން ދިޔައެވެ. ހަޅޭލަވައިގަންނަން އެތައް ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އާޚްގެ އަޑު ފިޔަވައި އެހެން އަޑެއް ބޭރެއް ނުކުރެވުނެވެ.

ކަނދުރާމަތިން ފެށިގެން އާތިފް އަހަރެން ނޮޅާ ކަމުން ގެންދިޔައެވެ. އޭނާގެ ހަރަކާތްތަކުގައި ކުރިން ހުރި އޯގާތެރިކަން ކޮބައި ހެއްޔެވެ؟ އަހަރެންގެ ނިތްކުރީގައި ފިރުމަމުން ކަރުނަތައް ފޮހެމުންދިޔައިރު އެއީ އޯގާތެރި ރަހުމަތްތެރިއެކެވެ. ނަމަވެސް އެއީ މުޅިން އެހެން އާތިފެކެވެ. މިއީ މުޅިން އެހެން މީހެކެވެ. މި އާތިފްގެ އަމަލުތަކުގައި އޯގާތެރިކަމެއް ނެތެވެ. އޭގެ ބަދަލުގައި އޭނާގެ އަމަލުތައް ހުރީ ހައިވެފައިވާ ވަލު ޖަނަވާރަކަށް މަސްގަނޑެއް ލިބިގެން އުޅޭ ފަދަ ގޮތަކަށެވެ. އޭނާގެ ފިރުމުންތަކުގައި ވަނީ އަވަސްގެ އަސެރެވެ.

ކަނދުރާ މަތިން ފެށިގެން އާތިފް އަހަރެންގެ ހަށިގަނޑުން އުފާ ހާސިލްކުރަމުން ގެންދިޔައެވެ. އޭނާގެ އެ އަމަލުތަކަށް އިރުތަކެއް ވަންދެން އަހަރެން ދެކޮޅު ހެދީމެވެ. އަތުގައި ހިފަހައްޓާ އިރަށް އޭނާ ތުންފަތުން އަހަރެންގެ ހަށިގަނޑުގެ ރަހަ ބަލަމުން ގެންދިޔައެވެ. ރުޅި އަންނަ ގޮތް ދެއްކީމެވެ. އެތައް ފަހަރަކުން އެހެން ނުހެދުމަށް އާދޭސްކުރީމެވެ. ނަމަވެސް ދުލެއް ދިނުމުގެ ކުޑަވެސް ނިޔަތެއް އޭނާގެ ނެތް ކަހަލައެވެ. އޭނާއާ ދިމާއަށް އަހަރެން އަނބުރާލުމަށް ފަހު މޫނުގައި ބޮސް ދޭން ފެށިއެވެ. ދެއަތުން އަހަރެންގެ ހަށިގަނޑުގައި ބާރަށް ހިފަހައްޓާފައެވެ. އޭނާ ދުރުކުރެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ކޮންމެ ވެސް ވަރަކަށް އަނިޔާ ވެސް ދިނީމެވެ. ނަމަވެސް އެއީ ނާކާމިޔާބު މަސައްކަތެކެވެ. އޭނާ މާ ބާރުގަދައެވެ. ސިފައިންގެ މީހަކަށް ދުޝްމަނަކު މައިތިރިކުރާނެ ހުރިހާ އުކުޅެއް ބޭނުންކުރާ ފަދައިން އަހަރެންގެ ހަށިގަނޑު އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެންދިޔައެވެ. އަހަރެންގެ ރުޅިވެރިކަން ވެސް އޭނާ އަށް ވީ މަޖަލަކަށެވެ. އުފަލަކަށެވެ.

އިރުގަނޑަކު އޭނާގެ އެ އަމަލުތަކަށް ދެކޮޅު ހެދި ނަމަވެސް އެ ގޮތުގައި އަހަންނަށް ވެސް ކެތްކުރެވުނީ ވަކި ވަރަކަށެވެ. ގިނައިރުވި ވަރަކަށް އަހަންނަށް ދޫދެން މަޖުބޫރުވިއެވެ. ހިއްސުތައް ކޮންޓްރޯލްކުރަން މަސައްކަތްކުރި ނަމަވެސް އާތިފް އެއަށް ވުރެ މާ ކުޅަދާނައެވެ. ބޭބެގެ އަނިޔާވެރިކަމުން ލިބުނު ތަދު މިހާރު އިހްސާސެއް ނުކުރެވެއެވެ. އެ ދުވަހު ހަށިގަނޑުން އޮހޮރިފައިވާ ލޭގެ ކޯރު މަތިން އަހަރެން އަދިވެސް ހަނދާނެއް ނުނެތެއެވެ. ނަމަވެސް މިފަހަރު މުޅިން ތަފާތެވެ. އިސާހިތަކު މުޅި ހަށިގަނޑު ހިބަޔަށް އާތިފަށް ހަދިޔާކުރަން އަހަރެންގެ އިހްސާސްތައް އަހަންނަށް މަޖުބޫރުކުރުވިއެވެ. އަހަރެންގެ ނިތްކުރިން ފެށިގެން ތުންފަތުން ކަރުދަށާ ހަމައަށް އޭނާ އޭނާގެ ތުންފަތުގެ ހަރަކާތްތައް ގެންދިޔަ އިރު އަހަރެން އޮތީ ހަމަ ހަގީގަތުގައި ވެސް އޭނާގެ އެ އަމަލުތަކަށް އިޖާމަ ދީގެންނެވެ.

އާތިފް ފެށީ ގަދަކަމުންނެވެ. ނަމަވެސް ކަންވެ ނިމި، ދެ މީހުންގެ ވަރުބަލިވި އިރު އަހަރެންގެ ހިތް އޮތީ ހިތަކަށް ފުރިފައެވެ. ދުވަހަކު ވެސް ނުކުރެވޭ ފަދަ އިހްސާސެއް ކުރެވުނެވެ. އާތިފްގެ އުކުޅުތައް މޮޅެވެ. އޭނާގެ ގޯނާތަކާއި އަނިޔާވެރިކަން ވެސް އަހަންނަށް ވީ އަރާމަކަށެވެ. އަންހެނަށް ކުރެވޭ ކޮންމެ އިހްސާސެއް ވަކިވަކިން އޭނާ އަށް އެނގޭ ކަހަލައެވެ. ކޮންމެ ގުނަވަނަކުން ހާސިލްކުރެވޭނެ އުފާތަކާއި ކިތަންމެ ދެކޮޅު ހެދިޔަސް އޭނާގެ އެ ހަރަކާތްތަކަށް އަންހެނަކު ލަންބުވާނެ ގޮތް އޭނާ އަށް އެނގެއެވެ. އެ ހުނަރުވެރިކަމުގައި އަހަރެން ވެސް ފިދާވެއްޖެއެވެ.

- ނުނިމޭ -