އެއް ދުވަހެއްގެ މެންދުރު ގަޑީގައި ސަހަރާގެ ހަނަފަސް ބިންގަނޑުގެ އެތައް މިތަން ޖުހާ ކޮންނަމުން ދެއެވެ.
އެ ވަގުތުން އެތަނުން ދިޔަ މީހަކަށް މި މަންޒަރު ފެނުމާއެކު، ވެގެން އުޅޭ ގޮތް ސާފުކޮށްލަން އެތަނުގައި ހުއްޓިއްޖެއެވެ.
ޖުހާ ހުރީ ވަރުބަލިވެ ދާހިތްލާ ފޯ ވެފައެވެ.
"ޖުހާ ކިހިނެއް ވެގެން ތި އުޅެނީ...؟" އެ މީހާ އަހާލިއެވެ. "ތިވަރަކަށް ތަންތަން ތި ކޮންނަނީ ކޮން ވަޑާމެއް؟"
"ފައިސާ ކޮޅެއް ފޮރުވަން ވެގެން މިތާނގައި ވަޅުލީ." ޖުހާ ބުންޏެވެ. "އެކަމަކު ވަޅުލެވުނު ސީދާ ތަން ނޭނގިގެން މިއުޅެނީ. މިހާރު އެތަން މިތަން ކޮނެކޮނެ ވަރުބަލިވެއްޖެ."
"އެ ގޮތައް ވަޅުލާއިރު ފާހަގައެއް ޖަހަން ވާނެއްނު." ޖުހާގެ ވާހަކައާ ގުޅިގެން އެ މީހާ ބުންޏެވެ.
"ފާހަގަ ކުރިން." ޖުހާ ބުންޏެވެ. "ވަޅުލީ އުޑުމަތީގައި އޮތް ބޯ ވިލާގަނޑުގެ ހިޔަނި އެޅިފައި އޮތް ދިމާލުގެ މެދުގައި. އެކަމު ކޮންނަން އައިސް ބެލި އިރު ހިޔަންޏެއްވެސް، ވިލާގަނޑެއް ވެސް ނެތް. އެހެންވެ އެތަން މިތަން ކޮންނަން މި ޖެހުނީ."