އަންގާރަ 23 ޖުލައި 2019
09 ފުސް
1440 ޒުލްގައިދާ 20
ފަތިސް 04:45
އިރުއަރާ 06:01
މެންދުރު 12:16
އަސްރު 15:37
މަޣްރިބް 18:24
އިޝާ 19:40

ވާހަކަ - ޖުހާގެ ސިޓީ ލިޔުން

ރާއްޖެ އެމްވީ
raajjemv

29 މެއި 2018 | އަންގާރަ 21:00 7,039

މީހަކު އެއް ދުވަހު ސިޓީ އެއް ލިޔުއްވަން ޖުހާ ގާތައް އަތުވެއްޖެއެވެ.

"އަހަންނަށް ސިޓީއެއް ލިޔެދީފާނަންތަ؟" އެމީހާ ޖުހާ ގާތު އެހިއެވެ.

"އެއީ ކޮންތާކަށް ދާ ސިޓީއެއް؟" ޖުހާ އެއްސެވެ.

"ބަޣްދާދަށް، އެއީ ބަޣްދާދުގައި ހުރި މީހަކަށް ފޮނުވާ ސިޓީއެއް، އެހެން ވީމާ ސިޓީ ދާނީ ބަޣްދާދަށް" އެމީހާ ބުންޏެވެ.

"އަހަންނަކަށް ބަޣްދާދަކަށް ނުދެވޭނެ، އެހެން ވީމާ ތިޔަ ކަމެއް ނުވާނެ" ޖުހާ ބުންޏެވެ.

އެވާހަކަ ޖުހާ ބުނުމުން އެމީހާ ވަރަށް ހައިރާންވިއެވެ.

 "ސިޓީ ލިޔެދިނީމަ ނިމުނީ، ސިޓީއެއްނު އެކޮޅަށް ދާނީ، ސިޓީ ލިޔާ މީހާ ނުޖެހޭނެ ބަޣްދާދަށް ދާކަށް." އޭނާ ޖުހާ އަށް އިތުރަށް އޮޅުން ފިލުވައި ދިނުމުގެ ގޮތުން ބުންޏެވެ.

"އަހަރެން މިތާ ހުރެ ސިޓީ ލިޔުނަސް، އޭގައި އޮތް އެއްޗެއް ކިޔައިދޭން އަހަރެން އެ ތަނަށް ދާން ޖެހޭ، އަހަރެން ލިޔާ އެއްޗެއް އެހެން މީހަކަށް ކިޔާކަށް ނޭގޭނޭ."

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް