އަންގާރަ 17 ސެޕްޓެންބަރ 2019
11 އުތުރަ
1441 މަހައްރަމް 18
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:05
އަސްރު 15:05
މަޣްރިބް 18:07
އިޝާ 19:18

ވާހަކަ - ކީއްކުރާ ބޭރު ބަހެއް؟

ރާއްޖެ އެމްވީ
raajjemv

24 މެއި 2018 | ބުރާސްފަތި 23:26 5,027

އެއް ދުވަހަކު ޖުހާ އޭނާގެ ދަރިފުޅާއެކު ފިނިކޮލަން ޕާކު ކައިރީގައި އިށީނދެލައިގެން ތިއްބާ މީހަކު އެ މީހުންނާ ދިމާލަށް ވަރަށް ބާރަށް އަންނަ ތަން ފެނުނެވެ.

ފެންނަ ފެނުމަށް އެއީ ބޭރު ގައުމަކުން އައިސް އުޅޭ މީހެކެވެ.

އޭނާގެ މޫނުމަތިން ކުޑަކޮށް ހާސްކަން ފެނުނެވެ. ހީވާ ގޮތުން އޭނާ އެ އުޅެނީ ކޮންމެވެސް ކަމެއް ވާނުވާ ނޭނގި ގެންނެވެ.

އެމީހާ އައިސް ޖުހާމެން ތިބި ތަނާ އަރާ ހަމަވެފައި ހުއްޓިއްޖެއެވެ.

"ކަލޭމެން އިނގޭރިސިން ވާހަކަ ދައްކަންތަ؟" އެމީހާ އައިސް އަހައިފިއެވެ.

ޖުހާ އާއި އޭނާގެ ދަރިފުޅާ އެކުއެކީގައި ކަހަލަ ގޮތަކަށް "ނޫން" މިހެން ބުނެ ޖަވާބު ދީފިއެވެ.

"ފްރެންޗް އެނގޭތަ؟" އޭނާ އެހިއެވެ.

"ނޫން" ދެ މީހުން އެއްފަހަރާ ޖަވާބު ދިނެވެ.

"އިޓަލީ ބަސް އެނގޭތަ؟" އެމީހާ އެހިއެވެ.

"ނޫން" ހަމަ ވަގުތުން ދެބަފައިން ޖަވާބު ދިނެވެ.

ކޮންމެވެސް ކަމަކާ އެހީވުމަށް އެދި އައި އެ މީހާ އަށް އެއްވެސް އެއްޗެއް ސާފުވާ ގޮތެއް ނުވިއެވެ.

އޭނާ ދަންނަ އެއްވެސް ބަހެއް މި މީހުންނަށް އެނގޭ ކަމަކަށް ނުވިއެވެ.

އެއާއެކު އެމީހާ އައި ދިމާލަށް ހިނގައިގެންފިއެވެ.

އޭނާ ދިއުމުން އިރުކޮޅަކުން ވިސްނާލަން އިނުމަށްފަހު ޖުހާގެ ދަރިފުޅު ބުނެފިއެވެ.

"ބައްޕާ، މިހާރު އަހަރެމެންވެސް ކޮންމެވެސް ބޭރު ބަހެއް ދަސް ކުރަން އެބަޖެހޭ."

"ކީއްކުރަން." ޖުހާ ދަރިފުޅަށް ޖަވާބު ދިނެވެ.

"އެއޮއް ގިނަ ބަސްތައް އެނގޭ މީހާ އަށް ދެންމެ ކޮން ފައިދާ އެއް އެ ކުރީ، އެ ބަސްތައް އެނގިގެން އޭނައަށް ކޮން އެއްޗެއް އެ ސާފުވީ." ޖުހާ ބުންޏެވެ.

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

ކޮމެންޓް