އެބުނީ! އެބުނީ! މިއީ އެއްފަހަރަކު ގުޅަކުޅޭ ފަސްގަނޑަށް، ހަވަރު އެއްވެގެން ހިނގި ހާދިސާއަކާ ގުޅިގެން އުފެދުނު ނަމެކެވެ. މިނަމަކީ ޤާނޫނީ ދައުރުގެ ކުރިން އުފެދުނު ނަމެކެވެ.
ފަނޑިޔާރުކަމުގައި ހުންނެވި ބޭކަލަކު (ފަނޑިޔާރު ނައިބު ތުއްތު) ސިޔާސީ ވެރިންނާ ޚިޔާލު ތަފާތުވެގެން މައްސަލަ ބޮޑުވެއްޖެއެވެ. މީގެ ތެރޭގައި އެއްރަސްކަލަކު ޢަޒުލުކޮށްފައި ނޫނީ އަނެއް ރަސްކަލަކު ތަޚުތުގައި ނުވެޑުވޭނެއޭވެސް ބުނުއްވައިފިއެވެ. މިއަށްވުރެ އަޑުގަދަކޮށް، ތިޔަފޮތްދުށީ ކަލޭ އެކަންޏެއްނޫނޭ، ”ވެރިޔާ“ ގޮވައިލެއްވި އަޑު ރަށުތެރެއަށް އިވިގެން ހިނގައްޖެއެވެ. މިކަމުގައި ރަށުތެރޭގައި ފަސާދަ އުފެދިގެން ބޮޑުގަނޑުވަރުގެ ކުރިމަތީގައި އޮންނަ ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވިއެވެ.
ބަންޑާރައިންނަށް މިޚަބަރު އިވިވަޑައިގެން މިމައްސަލަ މަތަކުރައްވަން ހުބައިހިރިޔާ ސުއްދައިން ފުރަ އުކަސްވަޑުނަ އަށް އަންގަވައިފިއެވެ. ބަންޑާރައިންވެސް އޭރު ހުންނެވީ ވަރަށް ފިކުރުފުޅު ބޮޑުވެފައެވެ.
ފުރަ އުކަސްވަޑުނަ އަކަށް ހުންނެވި ބޭކަލަކަށް އެންގެވީ މީސްގަނޑު ތެރެއަށް ނިކުންނަވާ ހިނގާ މިދަނީ ކޮންކަމެއްތޯ އައްސަވާ ބެއްލެވުމަށެވެ. ހަވަރު އެއްވީ ބަންޑާރައިންނާ ފަނޑިޔާރު ކަލޭފާނާއި ދޭތެރޭގައި ޚިޔާލުބޮޑުވެއްޖެކަމަށް އިވިގެންނެވެ. ފަނޑިޔާރުކަލޭގެފާނު ފައުޖުގެ އިސްސަފުގެ މެދެއްހާތާ ހުންނެވިއެވެ. ހިނގައިގެންމިދާ މައްސަލައަކީ އެއްރަސްކަމަކު އަޒުލުކޮށްފައި ނޫނީ އަނެއްމަނިއްޕުޅަކު ތަޚުތުގައި ނުވެޑުވޭނެއޭ ފަނޑިޔާރު ކަލޭގެފާނު ބުނުއްވީ ޔޯލައެވެ. ތަޚުތުގައި އިންނެވި ރަދުން (ހާޖީ އިމާދުއްދީން) ވަނީ ސުވޭހު ކައިވެނިފުޅުގައި މިޞްރުގައެވެ.
ކޮންމެއަކަސް އެތާ ތިއްބެވި ފުރަދާނަ ބޭކަލުންގެ ތެރޭގައި ސިއްރު ވާހަކަކޮޅެއް ދެކެވިފައި އެތަނުން މާބަނޑޭރި މަނިކުފާނު ފައުޖުގެ ކުރިމަތިން އެއްކޮޅުން އަނެއްކޮޅަށް ހިންގަވާން ފެއްޓެވިއެވެ. ކުއްލިއަކަށް ހަވަރުތެރޭން، މީހަކަށް ނިސްބަތްވާގޮތަށް މާގަދަ އަޑު ޑާޑާ ގޮވާލި އަޑު އިވުނީ "އެބުނީ! އެބުނީ!“ މިހެން ތިން ފަހަރު ގޮވާލި އަޑެވެ. މިއަޑު ކެނޑުނުއިރު އެތަނުން ބަޔަކުވެގެން ފަނޑިޔާރުކަލޭގެފާނު ދަމާހަލާ ނެރެ ފަޅުތެރޭގައި ފުރަންވެފައި އޮތް އޮޑިއަކަށްލާފައި މާލޭން ބޭރުކޮށް ރަށްފުށުގެ ދިރިއުޅުން ދަތި، އަތޮޅުން ދުރު ވަކިތަނަކަށް އަރުވާލީއެވެ. ތުއްތު އަރުވާލީމާ ތުއްތު އަރިހުން ދަރިވަރުވީ ޢިލްމްވެރިންނާ އުނގެނޭހިތް ޖެހިފައިވާ މީހުންނާ ވިސްނޭމީހުނާ ދުވަސްވީމީހުނާ ހަރުމީހުން ފިހާވަރު ޒުވާނުން އެކަމާ ސަހަރޯވެރިވެ ވާހަކަ ދައްކައި އުޅުނެވެ.
މިކަލޭގެފާނާއި ދޭތެރޭގައި ހިނގި އެންމެ ޚާއްޞަ ކަމަކީ އަރުވާ ލައްވާފައި ހުންނެވިހާ ދުވަހަކު ބަނޑޭރިގޭން ކޮއްތު ފޮނުއްވުމުގައި ބޮޑު ބަނޑޭރި މަނިކުފާނާއި އެއްދަރަޖައިން ކޮއްތުފޮށި ތައްޔާރުކުރައްވާ ފޮނުއްވަމުން ގެންދެވި ކަމެވެ. މިކަން އަރުވާލެވިފައި ހުންނެވި ކަލޭގެފާނަށް ފާހަގަކުރެއްވިގެން އޭނާ ސަރުކާރަށް ފޮނުއްވާ އެކިއެކި ސިޓީގައި ފަރިއްކޮޅު ހުންނަލެއް ފުރިހަމަކަމުން އެކަމާ ދަޢުލަތް ހިންގަން ހުންނެވި ވެރިޔާއަށް ފަށްފަށުން ޝުކުރުއަދާކުރައްވައެވެ. ނަސޭޙަތުގެ ”ތަޤްވީމުއްލިސާނު“ އެކުލަވާލައްވާ އިބްރާހިމް ދޮށިމޭނާ ކިލެގެފާނަށް ވެދުމަކަށް ފޮނުއްވި ސިޓީގެ ބޭރުގައި ލިޔުއްވާފައިވާ ޢިބާރާތަކީ "މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅުވެރިންނަށް“ މިއެވެ. އޮންނަންވާނީ އަތޮޅުވެރިޔާއަށް، މިހެންކަމަށް ނައިބު ތުއްތު ބުނުއްވިއެވެ.
ފަނޑިޔާރުކަލޭގެފާނު އަރުއްވާލެވިފައި ހުންނެވިއިރު އޭނާގެ އެންމެ އިސްދަރިވަރު ކަމުގައިވާ އޭރު ރާއްޖޭގައި ހުންނެވި ބަންޑާރަނައިބަށް ލިޔުއްވާ ސިޓީގައި ބައެއްފަހަރު އޮންނަކަމަށްވެއެވެ. އެދުރުމީހާ މިހާރު މިހިރީ ކަރުތާފެނަށް އެރެވިފައެވެ. މަގޭ ދަރިވަރު ތިޔަ ތުއްތުދީދީ ބޮޑުންނާއި ހަޔާތަކުން ގުޅިފައިވާތީ ތިޔަހުރީ ލޮނުވެލިން އެއްގަމުގައެވެ.
"ނަގައިގަތް ކަތީބު" ރަށުންބޭރުކޮށްލާފައި ހުރެ އެންމެ ފަހުން ފުރައުއްތަވެގެން ހިނގި ކޮންމެ އަހަރަކު އިސްދަރިވަރު (ދަރަވަންދޫގެ ތުއްތުދީދީ) އޭނާގެ ގޭގައި އެދުރުކަލޭގެފާނުންގެ ފާތިޙާ ދުވަސް ފާހަގަކުރައްވަމުން ގެންދެވިއެވެ. އެއީ ރޯދަމަހުގެ ހަވަނަ ދުވަހެވެ.
ރޯދަވީއްލާއިރު ހުންނާނީ މަސްކުރޮޅިއާއި ހުތްމަސްކާއްޓާއި ބަތްޕެނާއި ކަށިކޭލުފަންޏެވެ. މިގޮތަށް އެ ރޯދަވީއްލުން ތަރުތީބުވެފައިވަނީ އެމީރު ރަހަތަކަކީ ދިވެހި އަދަބީ ޢިލްމުގެ އެންމެ ފުންނާބު އުސް، އުސްތާޛު އެންމެ ފިކުރާވެލައްވާ ރޯދަވީއްލުމަށްވާތީއެވެ. މިޖާފަތް އޮންނަ ކޮންމެ ފަހަރަކު މިއީ ތިމަންނަގެ އިސްއެދުރުގެ ފާތިހާ ދުވަހޭ ދަންނަ ކަލޭގެފާނު ސަލާޙުއްދީން ވިދާޅުވެއެވެ. ތުއްތީދީގެ ތުއްތީދީގެ ހުރިހާ އިސްދަރިވަރުން މިރޯދަ ވީއްލުމުގައި ބައިވެރިވެލައްވާނެއެވެ.