25 އޭޕްރިލް 2021 | އާދީއްތަ 13:13

ވާ (ޕްލައިންފޮކްސް) އަކީ ދިވެހި ދޫދޫމަތިން ބުނަމުން އަންނަ ގޮތުގައި ދޫނީގެ މައްމަލީ (މެމަލް) ގެތެރޭގައިވެސް ހިމެނޭ ހަމައެކަނި ދޫންޏެވެ. ވާލުގެ ދިވެހި މުޑުވަކަކީ، ދުނިޔޭގައި ހިމެނޭ އޭގެ އެންމެ ބޮޑެތި ބާވަތެވެ. އަދި އުދުހޭ ސޫފާސޫފި ވާލުގެ ދިވެހި ދަރިކޮޅު މިރާއްޖޭގެ މޭވާގަސް ހެދިފޯދޭ ގިނަ ރަށްތަކުގައި އުޅެއެވެ. މިއީ މީހުންނަށް އޮޅުވާ ސޫތްޕެއްކަމެއް (ދިވެހިންގެ ތެރެއަކު)އާއްމުކޮށް ބެލެވިފައެއްނެތެވެ. އާދަކޮށް މިސޫފި ޙަރަކާތްތެރި ވެގެން އުޅެނީ ރޭގަނޑުއެވެ. މިސޮރު ކޭލުބޯއްޓަށް ހުންނަ ކުލުނަކީ އަޖައިބެއްފަދަ ކަމަކަށް ބެލެވިދާނެއެވެ. މިފިދުފަތްނެތް ދޫނި ފަތްކޭލުގެ މާފޮޅެމުން އަންނައިރު "މިސޫފި" އެއަށް ވަރަށް ދަހިވެތިވެއެވެ. ބޯށިން ފޮނިބޯން ލިބިއްޖެއްޔާ، އެއާއި ވަކިކޮށްލުމަކީ އެސޮރުގެ ފުރާނައިގެ ކޮޅަށް މަރުދީ ހިފާކަމެކެވެ. ދަނޑި ގަނޑަކުން ފަދަ އެއްޗަކުން ބިންމައްޗަށް ވައްޓާލާ، ފިޔައިގެ އެތަން މިތަނަށް ދަގަނޑު އޫ ހަރައި ފޮރުފިޔަސް، ލޮލާއި ބޮލާއި ކަންފަތް ފުރެންދެން ވެއްޔާއި މޮޑެވި، އޮވެގެންވެސް ބޯއްޓާއި ދިމާއަށް ފިރުކެމުންދާނެއެވެ. ޢާއިލާއާއި އަދި އެކުވެރިންނާއި ވަކިވެގެން އުޅުމަކީ ނާދިރުކަމެކެވެ. ވާލާއި ކުޅޭއިރު އެމީހަކާއި ވާލާއި ދެފަރާތް ތިބެނީ ބިރުންނެވެ.

ދުވާލުގެ ވަގުތުތަކުގައި އަރާމުކުރަން އަދި ޖިންސީގުޅުން ހިންގަން ބައިބައިގަނޑަށް ބިޔަ ގަސްގަހުގައި އެލިގަނެގެން ތިބެއެވެ. މިހެންތިބޭއިރު ”އަންބަކު“ އިޚުތިޔާރުކުރުމަށް އަޑުހަރުކޮށް ކޯޅުންތައް ވަރަށް ބޮޑުކުރެއެވެ. މިކޯޅުންގަނޑުގައި ފިރިހެން އެތި އެންމެ ހިތާވާ އަނބިމީހާ ކައިރީގައި އޮޅުލައިގެން ބާއްވާ އެހެން އެއްޗިއްސާއި ހަނގުރާމަކުރަމުން ދެއެވެ. މިހެން މިކަން ހިންގަނީ މިހުރިހައި ސޫފީގެ ވެރިއަކަށް ވެގެންނެވެ. އަދި އެކިއެކި ދޭދޭ ވާލުގެ ޖިންސީ ގުޅުން ހިންގުމަށް ހުރަސް އަޅައެވެ.

ރޭގަނޑު އުދުހިއުޅޭވާ ބުރާންތިވެގެން ބައެއްފަހަރަށް ގޭގެއަށް ވަދެއެވެ. މިއީ ސުންޕާ ކަމެއްކަމަށް ދެކިއުޅުނެވެ. އަދި ހަނދުވަރުމަތީ ރަށްރަށުގެ ތަނަވަސް މަގުދިގަށް އެސޮރު އުދުހެމުންދާއިރު ހިނގާ މީހުންނާއި ދިމާކޮށް އެސޮރުހީސްލާ ނުވަތަ ގުއިދީ ހަދައެވެ. ޚާއްޞަކޮށް ހުދުހެދުމުގައި މީހަކު ދަނީނަމަ މިކަން މިހެން ކުރުމަކީ އާދައެއްކަމަށް ބުނެވެއެވެ.

ކޮންމެ ހިސާބެއްގައި ދުރުގައި ނުވަތަ ގާތު ރަށަކަށް ގޮސް އުޅެފައި ވެސް ބޮމުންގެންދިޔަ ބޯށި މަތިން ހަނދާންކޮށް ރޭގަނޑުގެ ކޮންމެ ދަމަކާ ދިމާކޮށްވެސް "ހިތުންނުދިޔަ" ބޯއްޓަން އެލިގަނެގެން އޮވެ ފޮނިކޮޅު ބޮއެ ހުސްކުރާނެއެވެ. ރޭގަނޑު އެސޮރުމެން އެއްރަށުން އަނެއްރަށަށް ދަތުރުކުރަނީ އެކުވެރި ބައިގަނޑާ އެކުގައެވެ. ވާލާމެދުގައި މިސާލު ބަހެއް އޮވެއެވެ. އެއީ "މީދަލު ހައްތީން ވާ ފެންބުއިން” މިއެވެ.

(ނިމުނީ)