މޮރޮކޯގެ ބިންހެލުމުގައި ގެއްލިފައިވާ މީހުންގެ ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދަނީ

11 ސެޕްޓެންބަރ 2023 | ހޯމަ 18:42
-
3940
މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް ހުކުރު ދުވަހުގެ ރޭ ދަންވަރު އައި ބާރުގަދަ ބިންހެލުމުގައި އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދާ، މީހުން ސަލާމަތްކުރުމުގެ މަސައްކަތް އަދިވެސް އެގައުމުގައި ދަނީ ކުރަމުންނެވެ.
މޮރޮކޯގެ މެދުތެރޭގެ ހިސާބުތަކަށް ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ރޭ - ފޮޓޯ: ރޮއިޓަރސް
ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށް - ފޮޓޯ: ރޮއިޓަރސް
ބިންހެލުން އައިސްފައި ވަނީ ހުކުރު ދުވަހުގެ ދަންވަރު އެގައުމުގެ ގަޑިން 23:11ހާއިރު، ހައިއެޓްލަސް މައުންޓަންއަށް، ބިމުގެ 18.5 ކިލޯމީޓަރު އަޑިން - ފޮޓޯ: ރޮއިޓަރސް
މިބިންހެލުމަކީ ފާއިތުވެދިޔަ ފަސްދޮޅަހަކަށް އަހަރުގެ ތެރޭގައި އެގައުމަށް އައި އެންމެ ނުރައްކާތެރި ބިންހެލުމެއް - ފޮޓޯ: ރޮއިޓަރސް
ބިންހެލުން އައިތާ 19 މިނެޓް ފަހުން 4.9ގެ ބާރުމިނުގެ އާފްޓަރ ޝޮކެއްވެސް ވަނީ އައިސްފައި - ފޮޓޯ: ރޮއިޓަރސް
ބިންހެލުމުގެ އަސަރު 350 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް ރަބާތުއާއި ކަސަބްލަންކާގެ އިތުރުން، އަވައްޓެރި އަލްޖީރިއާއަށްވެސް ވަނީ ކޮށްފައި - ފޮޓޯ: ރޮއިޓަރސް