ރައީސްގެ ދެކަނބަލުން އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން ބައްލަވާލެއްވުން

11 މެއި 2023 | ބުރާސްފަތި 20:27
-
1830
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި އެމަނިފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް)ގެ ގްލޯބަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2023 ބައްލަވާލައްވައިފިއެވެ. މިހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ރައީސްގެ ދެކަނބަލުން، އެފްއެޗްއޭއެމް ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަނަށް ޒިޔާރަތްކުރެއްވާފައި ވަނީ ބުދަ ދުވަހު - ފޮޓޯ: ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އިންޓަރނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖު ކުރިޔަށްދާގޮތް ބައްލަވާލެއްވި - ފޮޓޯ: ރައީސް އޮފީސް
މިހަރަކާތް ކުރިއަށްގެންގޮސްފައި ވަނީ މިމަހުގެ 8 ވަނަ ދުވަހުން 10 ވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި - ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ މައުރަޒުގައި ހޮސްޕިޓާލިޓީ ދާއިރާއާ ގުޅުންހުރި ގިނަ އަދަދެއްގެ ބޭރުގެ ވިޔަފާރިތަކުން ބައިވެރިވެފައިވާއިރު، ރާއްޖެއާއި ބޭރުގެ ޖުމްލަ 50 ކުންފުންޏެއްގެ 110 ސްޓޯލް ބަހައްޓާފައިވޭ - ފޮޓޯ: ރައީސް އޮފީސް
މިއަހަރު 120 ރިސޯޓަކުން 21 ކެޓަގަރީއެއްގައި ބައިވެރިން ވާދަކުރާއިރު، އޭގެތެރޭގައި 11 ގައުމެއްގެ ޓީމުތައް ހިމެނޭ - ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ ރިޒޯޓްތަކާއި ހޮޓާތަކުން ޖުމްލަ 500އަށްވުރެ ގިނަ ޝެފުން ބައިވެރިވި - ފޮޓޯ: ރައީސް އޮފީސް