އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވެޑުވުން

6 މެއި 2023 | ހޮނިހިރު 20:30
-
2706
އިނގިރޭސިވިލާތުގެ ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވަޑުވައިފިއެވެ. ރަސްގެފާނު ޗާލްސް އިނގިރޭސި ތަޚުތުގައި ވަޑުވާފައިވަނީ މެއި ހަވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި, ޝާހީ އިއްޒަތުގައި ބޭއްވި ކުލަގަދަ ދަރުބާރެއްގައެވެ. ޗާލްސްއަކީ ވެސްޓްމިންސްޓަރ އެބީގައި ރަސްކަމުގެ ތަޚުތުގައި ވެޑުވި 40 ވަނަ ރަސްގެފާނެވެ.
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ރަސްގެފާނު ޗާލްސް ތިންވަނަ ރަސްމީކޮށް ވެޑުވުމުގެ ދަރުބާރުގެ ތެރެއިން، ރަސްކަމުގެ ތާޖު ގެންދަނީ - ފޮޓޯ: ރޮއިޓަރސް
އިނގިރޭސި ރަސްކަމުގެ ތާޖު، ސެއިންޓް އެޑްވަރޑްސް ކްރައުން - ފޮޓޯ: ރޮއިޓަރސް
އިނގިރޭސި ރަސްކަމުގެ ތާޖު، ސެއިންޓް އެޑްވަރޑްސް ކްރައުން އެންމެ ފުރަތަމަ ބޭނުންކޮށްފައިވަނީ 1661 ވަނަ އަހަރު - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސް ތިންވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ވެގެންގޮސްފައިވަނީ ދެގަޑިއިރަށްވުރެ ދިގު ރަސްމިއްޔާތަކަށް - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސްއަކީ ވެސްޓްމިންސްޓަރ އެބީގައި ރަސްކަމުގެ ތަޚުތުގައި ވެޑުވި 40 ވަނަ ރަސްގެފާނު - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސްގެ އިސްތަށިފުޅުގައި ރަސްކަމުގެ ތާޖު ތުރުކުރައްވާފައިވަނީ އަރކިބިޝޮޕް އޮފް ކެންޓަބަރީ - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސް ތިންވަނަ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތުގައި، ދުނިޔޭގެ އެކި ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައި - ފޮޓޯ: ރޮއިޓަރސް
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ވެޑުވުނު ރަސްގެފާނު ޗާލްސް ތިންވަނަ އަދި އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމީލާ - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސް އިނގިރޭސި ތަޚުތުގައި ވަޑުވާފައިވަނީ މެއި ހަވަނަ ދުވަހު ވެސްޓްމިންސްޓަރ އެބީގައި, ޝާހީ އިއްޒަތުގައި ބޭއްވި ކުލަގަދަ ދަރުބާރެއްގައި - ފޮޓޯ: ރޮއިޓަރސް
އިނގިރޭސި ރަސްކަމުގެ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށްފަހު، ރަސްގެފާނު ޗާލްސް ތިންވަނަ އަދި އަނބިކަނބަލުން ކުއީން ކޮންސޯޓް ކެމީލާ - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސް ތިންވަނަ، ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތު ފެށިގެންގޮސްފައިވަނީ، އަނބިކަނބަލުން ކުއީން ކޮންސޯޓް، ކެމީލާއާއެކު ވެސްޓްމިންސްޓަރ އެބީއަށް ވަޑައިގަންނަވަން ބަކިންގްހެމް ޕެލަސްއިން ނުކުމެވަޑައިގަތް ހިސާބުން - ފޮޓޯ: ރޮއިޓަރސް
ރަސްގެފާނު ޗާލްސް ތިންވަނައާއި އަނބިކަނބަލުން ކެމީލާ ތަޚުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންފައި ވަނީ 1760 ވަނަ އަހަރު ފަރުމާކޮށްފައިވާ، ރަނުން ޖަރީކޮށްފައިވާ ޝާހީ އަސްގާޑިޔާކޮޅެއްގައި - ފޮޓޯ: ރޮއިޓަރސް