ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ

1 މެއި 2023 | ހޯމަ 20:52
-
2298
ރަންތާޖު ޤްރުއާން މުބާރާތަކީ 1444 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށްގެން ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން، ގެނެސްދިން މުބާރާތެކެވެ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ އަގު ބޮޑު މުބާރާތެވެ.
ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ - ސާޢީ މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1072.50 މާކްސްއާއެކު، އެއްވަނަ ހާސިލްކުރި މުހައްމަދު ސާއީ މުބާރިކްއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހަނދާނީ ފިލާ އާއި ރައީސުލްޖުމްހޫރިއްޔާ ދެކަނބަލުންގެ ފަރާތުން ދެއްވާ ޚާއްސަ އިނާމު ވަނީ ހަވާލުކޮށްދެއްވާފައި، މީގެ އިތުރުން މި މުބާރާތުގެ އެއްވަނައަށް ލިބޭ ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި އަދި އޭނުންވެސް ބޮޑެތި އިނާމްތައް ދީފައިވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ – މި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ހާސިލްކުރި މުޙައްމަދު ސާޢީ މުބާރިކް އަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ރައްތާޖު ހަވާލުކުރެއްވުން - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ – ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ނ. ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފައިވާއިރު، 2 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ، ފާތިމަތު ތުގާ ހަލީމް، އަދި 3 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒް، އަދި 4 ވަނަ ހއ. ހޯރަފުށި, އަހުމަދު ސުޖާއު ހާސިލްކޮށްފައިވާއިރު، 5 ވަނަ ހާސިލްކޮށްފައިވަނީ ބ.އޭދަފުށި, މުހައްމަދު މުސްތަފާ - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ – ގަދަ 5 ގައި ވާދަކުރި 5 ބައިވެރިން، އެ ބައިވެރިންނަކީ އަހުމަދު ސުޖާޢު، ޔައީޝް މުޙައްމަދު ނިޔާޒް، ފާތިމަތު ތުޤާ ހަލީމް، މުޙައްމަދު މުސްތަފާ އަދި މުޙައްމަދު ސާޢީ މުބާރިކް - ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ – ރާއީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ދެ ކަނބަލުންނާއި، ނައިބު ރައީސް ފައިސަލް ނަސީމު، އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ އަދި ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަލީމާއި ވަޑައިގެން ތިއްބެވި އެހެން އިއްޒައްތެރިން - – ފޮޓޯ: ރާއްޖެއެމްވީ
ރަންތާޖު ޤްރުއާން މުބާރާތުގެ ގްރޭންޑް ފިނާލޭ – ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙްގެ ދެކަނބަލުން ވަޑައިގެންނެވުމުން، ރާއްޖެޓީވީ އާއި އިސްލާމިކް މިނިސްޓްރީ އަދި ޔޫތު މިނިސްޓްރީން މަރުހަބާ ދަންނަވަނީ – ފޮޓޯ: ރާއްޖެއެމްވީ