ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހާލުގައިޖެހިފައިވާ ކުޑަކުދިން

16 ފެބްރުއަރީ 2023 | ބުރާސްފަތި 14:24
-
5189
ފެބްރުއަރީ ހަ ވަނަ ދުވަހު ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި ހަތް މިލިއަނަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާކަމަށް އދ އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން ތުރުކީން އެކަނިވެސް 4.2 މިލިއަން ކުޑަކުދިންނަށް މި ބިންހެލުމުގެ އަސަރުކޮށްފައިވާކަމަށް އދ އިން ފާހަގަކުރެއެވެ.
ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ކުދިންނެށް މަރުވެފައިވާ ކަމުގެ ކަންބޮޑުވުން ޔުނިސެފް އިން ވަނީ ފާޅުކޮށްފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގެ އަސަރު ހަތް މިލިއަނަށްވުރެ ގިނަ ކުދިންނަށް ކޮށްފައިވާކަމަށް އދ އިން ބުނޭ - ފޮޓޯ: ރޮއިޓަރސް
ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ކުދިންނެށް ވަނީ ޔަތީމުވެފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީ އާއި ސިރިޔާއަށް އައި ބާރުގަދަ ދެ ބިންހެލުމުގެ އަސަރު 4.2 މިލިއަން ކުދިންނަށް ކޮށްފައިވާކަމަށް އދ އިން ބުނޭ - ފޮޓޯ: ރޮއިޓަރސް
ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އަސަރުކޮށްފައިވާ އެތައް މިލިއަން ކުދިންނަކަށް ވީހާވެސް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އދ އިން ވަނީ ގޮވާލާފައި - ފޮޓޯ: ރޮއިޓަރސް
ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ކުދިންނެއްގެ ގެދޮރު ވަނީ ގެއްލިފައިފައި - ފޮޓޯ: ރޮއިޓަރސް