ސީރިއާ ރައްޔިތުން މިސައިލާ ބޮމުގެ ހަމަލާތަކަށް ފަރިތަ ނަމަވެސް ބިންހެލުމަށް ފަރިތައެއް ނޫން

13 ފެބްރުއަރީ 2023 | ހޯމަ 19:26
-
4621
ފެބްރުއަރީ 6 ވަނަ ދުވަހު ސީރިއާ އަދި ތުރުކީގެ އެކި ހިސާބުތަކަށް އައި ބާރުގަދަ ބިންހެލުމުގައި އެސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެތައް ބައެއްގެ ފުރާނަ ގެއްލި، އެތައް ބައެއް ވަނީ މަގުމަތިވެފައެވެ. ދާހިލީ ހަނގުރާމައިގެ ސަބަބުން މިސައިލާ ބޮމާ އަދި ބަޑީގެ ހަމަލާތަކާއެކު ދިރިއުޅުމަށް އާދަވެފައިވާ ސީރިއާގެ ރައްޔިތުން ވަނީ މިފަދަ ބޮޑު ގުދުރަތީ ކާރިސާއަކަށް ތައްޔާރުނޫން ކަމަށް ބުނެފައެވެ.
ރައްޔިތުން ބުނަނީ މިސައިލާ ބޮމާ އަދި ބަޑީގެ ހަމަލާތަކާއެކު ދިރިއުޅުމަކީ އެމީހުންނަށް އާންމުކަމެއް ކަމަށް - ފޮޓޯ: ރޮއިޓަރސް
ދާހިލީ ހަނގުރާމައިގެ ސަބަބުން އިންސާނީ ކާރިސާއެއްގެ ތުންފަތް މަތީގައި އޮތް ސީރިިއާ ބޭނުންވާ އެހީތެރިކަން ވަނީ އިތުރުވެފައި - ފޮޓޯ: ރޮއިޓަރސް
ދާހިލީ ހަނގުރާމައިގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާއެކު ދިރިއުޅެމުންދިޔަ ސީރިޔާގެ ރައްޔިތުންނަށް މިހާރު މިވަނީ އައު ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައި - ފޮޓޯ: ރޮއިޓަރސް
ފެބްރުއަރީ ހަ ވަނަ ދުވަހުގެ ބިންހެލުމުގެ ސަބަބުން ސީރިއާގެ އެތައް ސަތޭކަ އިމާރާތެއް ވަނީ ބިމާ ހަމަވެފައި - ފޮޓޯ: ރޮއިޓަރސް
ބައިނަލްއަގުވަމީ މަސްރަހުގެ އެހީއަށް ސީރިއާގެ ރައްޔިތުން ގޮވާލަމުން ދިޔަ ނަމަވެސް އެރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް އެބަހުރި - ފޮޓޯ: ރޮއިޓަރސް
ފެބްރުއަރީ ހަ ވަނަ ދުވަހުގެ ބިންހެލުމުގެ ސަބަބުން ސީރިއާގެ އެތައް ހާސް ރައްޔިތުންނެއްގެ ގެދޮރު ވަނީ ގެއްލިފައި - ފޮޓޯ: ރޮއިޓަރސް