ތުރުކީ ސީރިޔާ ބިންހެލުން - އެތައް ހާސް ކުދިންނެއް ޔަތީމު ކޮށްލައިފި

12 ފެބްރުއަރީ 2023 | އާދީއްތަ 19:52
-
3958
ފެބްރުއަރީ 6 ވަނަ ދުވަހުގެ ފަތިހު، ރެކްޓަރމިންގަޑުން 7.8ގެ ބާރުމިނުގައި ތުރުކީ އަދި ސީރިޔާގެ ބައެއް ސަރަހައްދުތަކަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު ވަނީ މިހާރު 33،000ން މައްޗަށް އަރައިފައެވެ.
މިތުއްތު ކުއްޖާ ސަލާމަތްކުރެވުނު އިރު، އޭނާ އޮތީ އޭނާގެ މަރުވެފައިވާ ދައްތަގެ އުނގުގައި - ފޮޓޯ: ރޮއިޓަރސް
ބިން ހެލުމަށް ހަފުތާއެއް ވާން ކައިރިވެފައިވާއިރު، އިމާރާތްތަކުގެ ދަށުން ސަލާމާތްކުރެވޭ ކުދިން، ސަލާމަތްކުރެވޭއިރު، ފެންނަނީ އެކުދިންގެ މައިންބަފައިންގެ ފުރާނަނެތް ހަށިގަނޑު - ފޮޓޯ: ރޮއިޓަރސް
ބިން ހެލުމަށް ހަފުތާއެއް ވާން ކައިރިވެފައިވަނިކޮށް، ވެއްޓިފައިވާ އިމާރާތެއްގެ ދަށުން މި ތުއްތު ކުއްޖާ ސަލާމަތްކުރެވިފައި ވަނީ 150 ގަޑިއިރު ފަހުން - ފޮޓޯ: ރޮއިޓަރސް
ބިންހެލުމުގެ ސަބަބުން ވެއްޓުނު އިމާރާތެއްގެ ދަށުން މި އަންހެންކުއްޖާ ސަލާމަތްކުރެވުނު ނަމަވެސް އޭނާގެ އާއިލާގެ އެހެން އެއްވެސް މީހެއް ސަލާމަތެއް ނުކުރެވުނު - ފޮޓޯ: ރޮއިޓަރސް
ތުރުކީ ސީރިޔާ އަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 33،000ށް އަރައި އެތައް ކުދިންނެއް ވަނީ ޔަތީމުވެފައި - ފޮޓޯ: ރޮއިޓަރސް
ބިން ހެލުމަށް ހަފުތާއެއް ވާން ކައިރިވެފައިވާއިރު، އިމާރާތްތަކުގެ ދަށުން މީހުން ދިިރިހުއްޓާ ސަލާމަތްކުރެވޭނެ ކަމުގެ އުންމީދު ވަނީ ފަނޑުވެފައި - ފޮޓޯ: ރޮއިޓަރސް