ބަރލިންގެ އެކުއާޑޮމް އެކުއޭރިއަމް ތަޅައިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް

17 ޑިސެންބަރ 2022 | ހޮނިހިރު 16:16
-
2538
ބަރލިންގެ ރެޑިސަން ބްލޫ ހޮޓެލްގެ ލޮބީގައި ހުރި ބޮޑު އެކުއޭރިއަމެއް ތަޅައިގެން ހިނގައްޖެއެވެ. "އެކުއާޑޮމް"އަކީ 53 ފޫޓު އުސް އެކުއޭރިއަމެކެވެ. 1500 މަހާއެކު މި އެކުއޭރިއަމް ވެގެންގޮސްފައިވަނީ ދުނިޔޭގައި ހުރި މި ބާވަތުގެ އެންމެ ބޮޑު އެކުއޭރިއަމަށެވެ.
ބަރލިންގެ ރެޑިސަން ބްލޫ ހޮޓެލްގެ ލޮބީގައި ހުރި ބޮޑު އެކުއޭރިއަމެއް ތަޅައިގެންގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި - ފޮޓޯ: ރޮއިޓަރސް
އެކުއޭރިއަމްގައި ހުރި ގިނަ މަސްތައް ސަލާމަތް ނުކުރެވި ވަނީ މަރުވެފައި - ފޮޓޯ: ރޮއިޓަރސް
މި ހާދިސާގެ ސަބަބުން ހޮޓެލްގައި ތިބި ގެސްޓުންވެސް ވަގުތުން އެހެން ތަންތަނަށް ބަދަލުކުރަން ޖެހުނު - ފޮޓޯ: ރޮއިޓަރސް
އެކުއޭރިއަމުން ފޭބި ފެންތައް ވަދެގެން ގޮސްފައިވަނީ ހޮޓެލްގެ ލޮބީ ތެރެއަށް - ފޮޓޯ: ރޮއިޓަރސް
ސިލިންޑަރުގެ ބައްޓަމަށް ބިއްލޫރިން ހަދާފައިވާ މި އެކުއޭރިއަމް ތަޅައިގެން ދިއުމުގެ ސަބަބުން 2 މީހަކަށް ވަނީ ގެއްލުންވެފައި - ފޮޓޯ: ރޮއިޓަރސް