ޓެކްސަސްގެ ރޮބް އެލެމެންޓްރީ ސްކޫލުގައި ދިން ބަޑީގެ ހަމަލާއަށް ހަމަސް

2 ޑިސެންބަރ 2022 | ހުކުރު 17:07
-
2547
އެމެރިކާގެ ޓެކްސަސްގެ އެލިމެންޓަރީ ސްކޫލެއްގައި ދިން ބަޑީގެ ހަމަލާގެ ފަހުން މިވަނީ 6 މަސް ވެފައެވެ.
އެމެރިކާގެ ޓެކްސަސްގެ އުވަލްޑޭގައި ހިނގި ބަޑީގެ ހަމަލާގައި 19 ކުއްޖަކާއި ދެ ޓީޗަރަކުވަނީ މަރާލާފަ - ފޮޓޯ: ރޮއިޓަރސް
މިހާދިސާގައި ބަޑިޖެހި މީހާ ވަނީ މަރާލާފަ، އޭނާ މަރާލީ ބަޑި ޖަހާ އަޑު އިވިގެން އެ ސްކޫލް ކައިރީގައި އެވަގުތު ހަރަކާތްތެރިވި ސިފައިންގެ މީހެއް - ފޮޓޯ: ރޮއިޓަރސް
ރޮބް އެލިމެންޓަރީ ސްކޫލުގައި ދިން މި ހަމަލާގައި މަރުވި ކުދިންގެ ތެރޭގައި 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިން ހިމެނޭ - ފޮޓޯ: ރޮއިޓަރސް
ރޮބް އެލިމެންޓަރީ ސްކޫލުގައި ބަޑީގެހަމަލާގައި މަރުވި މީހުންގެ ތެރެއިން އެކަކުގެ މަހާނައިން ފެންނަ ނިޝާނެއް - ފޮޓޯ: ރޮއިޓަރސް
އެ ހަމަލާ ދިނީ 18 އަހަރުގެ ފިރިހެނެއް، އޭނާ ރޮބް އެލެމެންޓްރީ ސްކޫލަށް ވަދެފައިވަނީ ހޭންޑް ގަން އަކާއި ސެމީ އޮޓޮމެޓިކް ރައިފަލްއެއް ހިފައިގެން - ފޮޓޯ: ރޮއިޓަރސް
އެ ހަމަލާ ދިން ޒުވާނާ ވަނީ އޭނާގެ މާމަ މަރާލައިފައި ކަމަށް ވެސް އެމެރިކާގެ ލޯ އެންފޯސްމަންޓް އޮފިޝަލަކާ ހަވާލާދީ ނޫސްތަކުގައި ވަނީ ރިޕޯޓް ކޮށްފަ - ފޮޓޯ: ރޮއިޓަރސް
އެމެރިކާގެ ޓެކްސަސްގެ އުވަލްޑޭގައި ހުންނަ އެމެރިކާގެ ސްކޫލެއްގައި ބަޑީގެ ހަމަލާއެއްގައި 19 ކުއްޖަކާއި ދެ ޓީޗަރަކު މަރާލި ރޮބް އެލިމެންޓަރީ ކައިރީގައި ހުރި ގެއެއްގެ ބޭރުގައި އެންޓި-ގަން ނިޝާންތައް ފެންނަނީ - ފޮޓޯ: ރޮއިޓަރސް
ރޮބް އެލިމެންޓަރީގެ ބޭރުގައި ހަދާފައިވާ ހަނދާނީ ބިނާއަކުން ޓެކްސަސްގެ ޝޭޕް ހުރި ނިޝާނެއް - ފޮޓޯ: ރޮއިޓަރސް