2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްކުރިމަތިލައްވާނެ ކަން ޓްރަމްޕް އިއުލާން ކުރައްވައިފި

17 ނޮވެންބަރ 2022 | ބުރާސްފަތި 15:56
-
4371
2024 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އަނެއްކާވެސް އެމެރިކާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ނިއުޔޯކް ސިޓީގެ މެންހަޓަންގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނިންމެވުން އިއުލާނު ކުރެއްވުމުގެ ކުރިން ޓްރަމްޕްގެ ސަޕޯޓަރަކު ވަނީ ޓްރަމްޕް ޓަވަރުގެ ބޭރުގައި "ޓްރަމްޕް 2024" ލިޔެފައިވާ ދިދައެއް ބަހައްޓާފަ. ފޮޓޯ - ރޮއިޓާސް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާ އަޑު އައްސަވަން އޭނާގެ އާއިލާގެ މެމްބަރުންގެ ތެރޭގައި އޭނާގެ ދަރިކަލުން ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ ލޯބިވެރިޔާ ކިމްބާލީ ގިލްފޮއިލް އާއި ދަނބިދަރިކަލުން ޖެރެޑް ކުޝްނާ އާއި އޭނާގެ ދަރިކަލުން އެރިކް އަދި އެރިކްގެ އަނބިކަނބަލުން ލާރާ. ފޮޓޯ - ރޮއިޓާސް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ އޭނާގެ މާ-އަ-ލާގޯ އެސްޓޭޓްގައި ބޭއްވި އިވެންޓެއްގައި އޭނާ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފަ. ފޮޓޯ - ރޮއިޓާސް
އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ އޭނާގެ މާ-އަ-ލާގޯ އެސްޓޭޓްގައި ބޭއްވި އިވެންޓެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސްޓޭޖަށް ވަޑައިގެން، ތަރުހީބު އަޑުއައްސަވަން ހުންނެވި. ފޮޓޯ - ރޮއިޓާސް
2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވަން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަނބިކަނބަލުން އަދި ކުރީގެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕާއެކު ވަޑައިގަންނަވަނީ. ފޮޓޯ - ރޮއިޓާސް
2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވަން ބޭއްވި އިވެންޓުގައި ބައިވެރިވާން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ލާރާ އާއި ދަރިފުޅު އެރިކް އާއި ދަރިފުޅު ބެރޮން އަދި ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވަޑައިގަންނަވަނީ. ފޮޓޯ - ރޮއިޓާސް
އެމެރިކާގެ ފްލޮރިޑާގެ ޕާމް ބީޗްގައި ހުންނަ އޭނާގެ މާ-އަ-ލާގޯ އެސްޓޭޓްގައި ބޭއްވި އިވެންޓެއްގައި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޒަމާންވީ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރަހުމަތްތެރިޔާ ރޮޖާ ސްޓޯން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް އެމެރިކާގެ ރައީސް ކަމަށް ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާނެ އިރެއްގެ އިންތިޒާރުގައިތިބި ބައިވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ - ރޮއިޓާސް