މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ފެނިފަައިވޭ

10 ނޮވެންބަރ 2022 | ބުރާސްފަތި 11:29
-
3525
މ. ނިރުފެހިގޭގައި އަލިފާނުގެ ޙާދިސާ އެއް ހިނގާފައިވަނީ 9 ނޮވެމްބަރ ވީ ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އެވެ. އަލިފާން އެއްކޮށް ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ. މިޙާދިސާގައި 10 މީހަކު މަރުވެފައިވާއިރު، މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރެއިން ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ރައީސް ސާލިޙް ވަޑައިގެންނެވުން - ރައީސް ވިދާޅުވީ މީގެ ކުރިން ހިނގި އަލިފާނުގެ ޙާދިސާއާއި ގުޅިގެން އޭރު އެޅި ފިޔަވަޅެއްގެ ގޮތުން މާލޭގައި ހުރި ހުރިހާ ކެމިކަލް ގުދަންތަކެއް ބަދަލު ކުރެވުނު ކަމަށް، އެއާއެކު ދެން ކުރަން ޖެހިފައި އޮތް ކަމަކީ މިފަދަ ގަރާޖްތަކާއި ވޯކްޝޮޕްތަކަށް ބަދަލުކުރުން ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ރައީސް ސާލިޙް ވަޑައިގެންނެވުން - ރައީސް ސާލިޙް ވިދާޅުވީ ފަހުގެ ތާރީޚުގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ގެއްލުން ބޮޑު ޙާދިސާ ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
އަލިފާނުގެ ޙާދިސާ ހިނގި ސަރަޙައްދަށް ރައީސް ސާލިޙް ވަޑައިގެންނެވުން - ރައީސް ވިދާޅުވީ، މިފަދަ ޙާދިސާތައް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މާލޭގެ ތޮއްޖެހުން ބޮޑުކަމުން ކަމަށް، އެގޮތުން އެންމެ ފުރަތަމަ ޙައްލެއް ހޯދަންޖެހެނީ ތޮއްޖެހުމުގެ މައްސަލައާއި މީހުންގެ ދިރިއުޅުމުގެ ޙާލަތާއި ގުޅޭ ކަންކަމުގައިކަމަށް - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - އެ ތަނުގައި ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ހުރި ކަމަށާއި، އެކަމުގެ ސަބަބުން އަލިފާން ނިއްވުމުގެ މަސައްކަތުގައި ގޮންޖެހުންތައް ކުރިމަތިވި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައި - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - އަލިފާނުގެ ޙާދިސާއާ ގުޅިގެން މިހާތަނަށް ފެނިފައިވާ ހަށިތަކުގެ ތެރޭގައި ޖިންސު ވަކި ނުވާވަރަށް އަނދާފައިވާ ހަށިތައް ވެސް ހިމެނޭ - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - މި ޙާދިސާގައި ބަންގްލަދޭޝް، ލަންކާ އަދި އިންޑިއާގެ ރައްޔިތުން ހިމެނޭ ކަމަށް މައުލޫމާތު ލިބޭ - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - ސަލާމަތް ކުރެވުނު މީހުންނަށް ދޭން ޖެހޭ އެހީތެރިކަން ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ މެދުވެރިކޮށް ދަނީ ކުރަމުން - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - އެ ތަނަކީ ހަނި ސިޑިއަކުން އަރަންޖެހޭ ތަނަކަށްވާއިރު، އެކަމުގެ ސަބަބުންވެސް ފަޔަރ ފައިޓަރުންނަށް ގޮންޖެހުންތައް ކުރިމަތިވި - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - އެމްއެންޑީއެފުން ބުނީ އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34 ހާއިރު ކަމަށް - ފޮޓޯ: ރާއްޖެއެމްވީ
މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ޙާދިސާ - ޙާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ މެންދަމު 12:30 ހާއިރު - ފޮޓޯ: ރާއްޖެއެމްވީ