ޤައުމީ އިނާމު ދިނުމަށް ބޭއްވެވި ރަސްމީ ޖަލްސާގެ ތެރެއިން

21 އޮކްޓޯބަރ 2022 | ހުކުރު 16:34
-
4114
މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 10 ބޭފުޅަކަށް އަދި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 19 ބޭފުޅަކާއި 3 ފަރާތަކަށް ދެއްވާފައި، އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީކަމަށްވާ, މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށްވަނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ދެއްވައިފައި.
މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންވަނީ ބައިވެރިވެވަޑައިގެންފަ - ފޮޓޯ: ރައީސް އޮފީސް
މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް
ޕަރފޯމިންގ އާޓްސްގެ ދާއިރާއިން؛ މިޔުޒިކް ކުޅުމާއި، މީހުން ތަމްރީނުކުރުމުގެ ރޮނގުން ޑީ ޓިއުން ބޭންޑަށްވަނީ ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިފައިވޭ - ފޮޓޯ: ރައީސް އޮފީސް
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ވިދާޅުވެފަ - ފޮޓޯ: ރައީސް އޮފީސް
"އަތްތަކުން" އައިޓަމް ހުށަހަޅާދިނީ ތާޖުއްދީން ސްކޫލުގެ 45 ދަރިވަރުން - ފޮޓޯ: ރައީސް އޮފީސް
ތާޖުއްދީން ސްކޫލުގެ ދަރިވަރުން ޖަލްސާގައި ހުށަހަޅާދިން މިއުޒިކަލް ޑްރާމާ "އަތްތަކުން" - ފޮޓޯ: ރައީސް އޮފީސް
ޝަރަފްވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޤައުމިއްޔަތެއް ދިރުވައި އާލާކުރުމުގެ ހަކަތައަކީ އެބައެއްގެ މެދުގައި އޮންނަ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ކަމަށް - ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ރައީސް ޞާލިޙްވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީކަމަށްވާ, މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ދެއްވާއިފައި - ފޮޓޯ: ރައީސް އޮފީސް
މި ރަސްމިއްޔާތުގައި ރައީސް ޞާލިޙްވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީކަމަށްވާ, މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް ދެއްވައިފަ - ފޮޓޯ: ރައީސް އޮފީސް
ވަޒީރުންނާއި ދަޢުލަތުގެ ޢިއްޒަތްތެރިންވަނީ މި ޖަލްސާގައި ބައިވެރިވެވަޑައިގެންފައި - ފޮޓޯ: ރައީސް އޮފީސް
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން ޢާއިޝަތު ޝަމްޞަދާގެ އިތުރުން ކުރީގެ ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި - ފޮޓޯ: ރައީސް އޮފީސް
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުވެސް މި ރަސްމިއްޔާުތުގައި ބައިވެރިވެފައިވޭ - ފޮޓޯ: ރައީސް އޮފީސް
މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިޚް ޢިމްރާން ޢަބްދުالله ރައީސް ޞާލިޙަށް މަރުހަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް