ޕާކިސްތާނުގައި ފެންބޮޑުވެ، އެތައް ހާސް ބަޔަކު ނިދިގެއްލިފައި

16 ސެޕްޓެންބަރ 2022 | ހުކުރު 18:10
-
3280
ބޯކޮށް ވާރޭވެހި ޕާކިސްތާނުގައި ފެންބޮޑުވުމުގެ ސަބަބުން އެ ޤައުމުގެ ޙާލަތުވަނީ ވަރަށް ގޯސްވެފައެވެ. މޫސުމީ ވިއްސާރައިގެ ސަބަބުން އެކަމުގެ އަސަރު ޕާކިސްތާނުގެ 33 މިލިއަން މީހުންނަށް އެކި ގޮތްގޮތުން ވަނީ ފޯރާފައެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ޕާކިސްތާނުގެ ސެހްވާން ގެ އައްސޭރިފަށުގައި ހާލުގައި ޖެހިފައިވާ މީހުންގެ މެދުގައި ބެހުމަށް އެހީގެ ތަކެތި ހިފައިގެން އަސްކަރިއްޔާގެ މެމްބަރުން ބޯޓެއްގައި ދަތުރުކުރަނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސެހްވާން ގައި ހުޅަނގު މޫސުމުގެ ވިއްސާރައިގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، އެއް އާއިލާއެއްގެ ބަކަރިއާއި ހިފާގެންގުޅޭ ސާމާނު އުސްބިމަކަށް ދަތުރުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޮއެއް - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސެހްވާން ގެ އައްސޭރިފަށުގެ ސެހްތޯ ވިލެޖްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން، ގެދޮރު ގެއްލުނު އާއިލާއެއް ރޭލްވޭ ޓްރެކެއްގެ މަތީގައި ހިނގާފައި ދަނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސެހްވާން ގައި ހުޅަނގު މޫސުމުގެ ވިއްސާރާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ގެދޮރު ދޫކޮށް ދިޔަ އަންހެނަކު ކޭމްޕެއްގައި، ހެމޮކްގައި ދަރިން ބަލަހައްޓަމުން ކައްކާ ކާން ދީ ހަދަނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ސެހްވާން ގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމާ ގުޅިގެން، ގެދޮރު ދޫކޮށް ދިޔަ މީހުން، އެހީގެ ކޭމްޕެއްގައި ޓްރަކުން ބޯ ފެން ހޯދަނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ހާލާގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހާލުގައި ޖެހުނު ތުއްތު ކުއްޖަކަށް ރިލީފް ކޭމްޕެއްގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދެނީ - ފޮޓޯ: ރޮއިޓަރސް
ޕާކިސްތާނުގެ ބަން ސައިދާބާދުގެ އައްސޭރިފަށުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެހެންމީހުން އެމީހުންގެ ތަކެތި ރައްކާކުރަން ދާއިރު، ފިރިހެނެއް ފެންބޮޑުވެފައިވާ މަގެއްގައި އޭނާގެ ޖަނަވާރުތައް ދަމާފައި ގެންދަނީ - ފޮޓޯ: ރޮއިޓަރސް