އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ލިޒް ޓްރަސް

6 ސެޕްޓެންބަރ 2022 | އަންގާރަ 15:58
-
4995
އިނގިރޭސިވިލާތުގެ ވެރިކަން ކުރާ ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރުކަމަށް ލިޒް ޓްރަސް ހޮވިވަޑައިގަތުމާއެކު، ބޮޑުވަޒީރުގެ މަގާމަށް ދެން ވަޑައިގަންނަވާނީ ޓްރަސްއެވެ. އުމުރުފުޅުން 47 އަހަރުގެ ލިޒް ޓްރަސް ހުންނެވީ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުގައި ޚާރިޖީ ވަޒީރުގެ މަގާމުގައެވެ. ޓްރަސް ވެގެން ދާނީ އިނގިރޭސިވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރަށެވެ.
ކޮންޒަރވެޓިވް ލީޑަރޝިޕްގެ ކެންޑިޑޭޓް ލިޒް ޓްރަސް - މެންޗެސްޓަރގައި ކޮންޒަރވެޓިވް ޕާޓީގެ ލީޑަރޝިޕް ކެމްޕެއިންގެ ދަށުން ބާއްވާ ހެސްޓިންގްސް އިވެންޓެއްގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރޮއިޓަރސް
ނޯވިޗްގެ ފުޑް އެންޓަޕްރައިޒް ޕާކްގައި ކޮންޑިމިނިއަމް ލިމިޓެޑްގައި ބޭއްވި ކޮންޒަވޭޓިވް ޕާޓީގެ ލީޑަރޝިޕް ކެމްޕެއިން އިވެންޓެއްގައި ބައިވެރިވެވަޑައިގެން، އިނގިރޭސި ފޮރިން ސެކްރެޓަރީ އަދި ކޮންޒަވޭޓިވް ލީޑަރޝިޕްގެ ކެންޑިޑޭޓް ލިޒް ޓްރަސް، ސީއީއޯ ޑޭވް މާޓިންއާ ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ރޮއިޓަރސް
ލިޒް ޓްރަސްވަނީ، ލައުރާ ކުއެންސްބާގާއެކު ބީބީސީ ސަންޑޭގައި ބައިވެރިވެވަޑައިގެންފައި - ފޮޓޯ: ރޮއިޓަރސް
ލިޒް ޓްރަސް ވެވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ތިންވަނަ އަންހެން ބޮޑުވަޒީރަށް - ފޮޓޯ: ރޮއިޓަރސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމަށްފަހު، ލަންޑަނުގައި ހުންނަ، ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީގެ މައި މަރުކަޒުގައި ލިޒް ޓްރަސް - ފޮޓޯ: ރޮއިޓަރސް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ހޮވިވަޑައިގަތުމަށްފަހު، ލަންޑަނުގައި ހުންނަ، ވެރިކަން ކުރާ ކޮންޒަރވޭޓިވް ޕާޓީގެ ބޭރުގައި ލިޒް ޓްރަސް އާންމުންނަށް އިޝާރާތްކުރައްވަނީ - ފޮޓޯ: ރޮއިޓަރސް