ފިލިޕީންސްއަށް އައި ބާރުގަދަ ބިންހެލުން

28 ޖުލައި 2022 | ބުރާސްފަތި 17:49
-
5668
ފިލިޕީންސްގެ އުތުރުގައި އޮންނަ މައި ޖަޒީރާ ލޫޒޯންގެ އަބްރާ ޕްރޮވިންސްއަށް ބާރުގަދަ ބިންހެލުމެއް އައުމުގެ ސަބަބުން ހަތަރު މީހުން މަރުވެ ފަސްދޮޅަހަކަށް މީހުންނަށް އެކި ވަރުގެ އަނިޔާތައްވަނީ ލިބިފައި
ފިލިޕީންސްއަށް ބިންހެލުން އައީ އެތާގަޑިން ހެނދުނު 8:43 ހާއިރު - ފޮޓޯ: ރޮއިޓަރސް
ފިލިޕީންސްއަށް އައިސްފައިވަނީ ރެކްޓަރ މިންގަނޑުން ހަތެއް މެގްނެޓިއުޑްގެ ބާރު މިނުގެ ބިންހެލުމެއް - ފޮޓޯ: ރޮއިޓަރސް
މި ބިންހެލުމުގެ ސަބަބުން ބައެއް އިމާރާތްތައް ވަނީ ވެއްޓިފައި - ފޮޓޯ: ރޮއިޓަރސް
ބިންހެލުމުގެ ސަބަބުން 400 ކިލޯމީޓަރު ދުރުގައިވާ ވެރިރަށް މެނީލާގެ އުސް ޓަވަރުތައްވެސް ގުޑާފައިވާ ކަމަށް ރިޕޯޓުތައް ބުނޭ - ފޮޓޯ: ރޮއިޓަރސް
އަނިޔާވި މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް ބެލެވޭ - ފޮޓޯ: ރޮއިޓަރސް
ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި ވެއްޓުނު ކޮންކްރިޓް ސްލެބަކުން ބޮލުގައި ޖެހުނު ދެމީހުންނާ އަދި އެހެންވެސް އަނިޔާތަކުން މަރުވި ދެމީހުން ހިމެނޭ - ފޮޓޯ: ރޮއިޓަރސް