ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވައި ދުނިޔޭގެ ޗެމްޕިއަނުގެ ހުނަރު ދައްކާލުން

30 އޭޕްރިލް 2021 | ހުކުރު 15:18
-
36175
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ 29 އެޕްރީލް 2021 ގައެވެ. މި ފެސިލިޓީ ހުޅުވައިދެއްވީ އިގްތިސޯދާ ބެހޭ ވަޒީރު ފައްޔާޒް އިސްމާއީލެވެ. ފައްޔާޒުގެ އިތުރުން ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހުލޫފާއި އިންޑިއާގެ ހައިކޮމިޝަނަރު ސަންޖޭ ސުދީރުވެސް މި ފެސިލިޓީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ. މި ފެސިލިޓީގައި 12 ބިލިއާޑް ބޯޑު ބެހެއްޓިފައިވާއިރު، ދުނިޔޭގެ ޓްރިކް ސޮޓް ޗެމްޕިއަން ފްލޯރިއަން ކޯލާ ވަނީ އޭނާގެ ހުނަރުތައް ދައްކާލައިފައެވެ. ކޯލާ ބުނީ މިއީ އެމެރިކާގެ ފެސިލިޓީތަކާއި އެއް ފެންވަރެއްގެ ފެސިލިޓީއެއް ކަމަށެވެ.
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ - މި ރަަސްމިއްޔާތުގައި ދުނިޔޭގެ ޓްރިކް ސޮޓް ޗެމްޕިއަން ފްލޯރިއަން ކޯލާ ވަނީ އޭނާގެ ހުނަރު ދައްކާލައިފައި - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ބިލިއާޑް ކުޅުއްވަނީ - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ - އިގުތިސޯދާއި ބެހޭ ވަޒީރު ފައްޔާޒް އިސްމާއީލް ރަސްމީކޮށް ބިލިއާޑް ސެންޓަރު ހުޅުވައި ދެއްވަނީ، އަރިހުގައި ކުޅުވަރާއި ބެހޭ ވަޒީރު އަހްމަދު މަޙްލޫފާއި ބިލިއާޑް އެސޯސިއޭޝަނުގެ ނައިބު ރައީސް - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ - މި ރަަސްމިއްޔާތުގައި ދުނިޔޭގެ ޓްރިކް ސޮޓް ޗެމްޕިއަން ފްލޯރިއަން ކޯލާ ވަނީ އޭނާގެ ހުނަރު ދައްކާލައިފައި - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ޕޫލް ބިލިއާޑް އެސޯސިއޭޝަނުން ކުޅުވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް ހަނދާނީ ފިލައެއް އަރުވަނީ - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ހަނދާނީ ފިލައެއް އެރުވުން (ފިލަޔާ ހަވާލުވެވަޑައިގަތީ ކުޅިވަރާއި ބެހޭ ވަޒީރު) - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، އިގްތިސޯދާއި ބެހޭ ވަޒީރު ފައްޔާޒް އިސްމާއީލްގެ އިތުރުން އިންޑިއާގެ ހައި ކޮމިޝަނަރު ސަންޖޭ ސުދީރު ވަނީ ބައިވެރިވެވަޑައިގެންފައި - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ ހުޅުވުމަށް ބޭއްވުނު ރަސްމިއްޔާތުގައި ކުޅިވަރާއި ބެހޭ ވަޒަީރު އަޙްމަދު މަޙްލޫފް ވާހަކަ ދައްކަވަނީ - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ - ދުނިޔޭގެ ޓްރިކް ސޮޓް ޗެމްޕިއަން ފްލޯރިއަން ކޯލާ، އޭނާ ވަނީ މި ފެސިލިޓީއަކީ އެމެރިކާގެ ފެސެލިޓީތަކާއި އެއް ފެންވަރަށް ތަރައްގީ ކުރެވިފައިވާ ފެސިލިޓީއެއް ކަމަށް ބުނެފައި - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ - ދުނިޔޭގެ ޓްރިކް ސޮޓް ޗެމްޕިއަން އަދި ޖީނިއަސް ވޯލްޑް ރިކޯޑް ހޯލްޑަރ ފްލޯރިއަން ކޯލާ - ފޮޓޯ: ޔޫތު މިނިސްޓްރީ
މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީ - މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ނައިބު ރައީސް އަޙްމަދު މާހިދު ވާހަކަ ދައްކަވަނީ - ފޮޓޯ: ޔޫތު މިނިސްޓްރީ