ފޮޓޯ އިން ޚަބަރު
30 އޭޕްރިލް 2021 | ހުކުރު 12:19
-
2240
ރަމަޟާން 1442 - މިސްކިތުގައި ރޯދަ ވީއްލުން
މިއީ 29 އެޕްރީލް 2021 ވަނަ ދުވަހު، ވިޔަފާރިވެރިން މިސްކިތުގައި ރޯދަ ވީއްލުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހުގައިވެސް މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ކަންކަން ކުރިއަށް ދިއަ ނަމަވެސް، 1441 ވަނަ އަހަރުގެ ރޯދަ މަސް ހޭދަކުރަން ޖެހުނީ ކޮވިޑްގެ ބަލިމަޑު ކަމުގެ ތެރޭގައި، މިސްކިތްތައް ވެސް ބަންދުކޮށްގެންނެވެ.
ރަމަޟާން 1442 - ރޯދަ ވީއްލަން ވަގުތު ކައިރިވަމުން ދިޔަ ވަގުތެއްގައި ދެ މީހަކު މިސްކިތެއްގައި ބޭރުގައި އިށީނދެލައިގެން - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މިސްކިތެއްގައި ރޯދަ ވީއްލުމަށް ދެ މީހަކު ޖޫސް އަޅަނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މިސްކިތެއްގައި ރޯދަ ވީއްލުމަށް މީހަކު ޓައްޕަކަށް ޖޫސް އަޅަނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މިސްކިތެއްގައި ރޯދަ ވީއްލުމުގެ ތައްޔާރީތައް ކުރިއަށްދަނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މަޣްރިބް ނަމާދަށް ބަންގި ގޮވަން ވަގުތު ކުޑަތަންވަމުން ދިއަ ވަގުތު ބަޔަކު މިސްކިތެއްގެ ބޭރުގައި ސަފު ހަދާފައި، މި މިސްކިތުގައި ވަނީ ރޯދަ ވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސާފައި - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މިސްކިތެއްގައި ރޯދަ ވީއްލުމުގެ ތައްޔާރީތައް ކުރިއަށްދަނީ، ކޮންމެ އަހަރެއްގައި ވެސް މިސްކިތްތަކުގައި ރޯދަ ވީއްލަ މީހުން ގިނަކަން ފާހަގަވޭ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވީއްލުމަށް ޖޫސް ތައްޓަށް އަޅަނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - ވިޔަފާރިވެރިންގެ މިސްކިތުގެ ބޭރުގައި ރޯދަ ވީއްލުމުގެ އިންތިޒާމްތައް ކުރިއަށްދަނީ، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 1441 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަތައް ވަނީ ބަންދުކޮށްފައި - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - މިސްކިތުގެ ބޭރުގައި ރޯދަ ވީއްލުމުގެ އިންތިޒާމު ހަމަޖެހިފައިވާއިރު، މީހަކު ރޯދަ ވީއްލަން ކަދުރު ދެނީ - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - ވިޔަފާރިވެރިންގެ މިސްކިތުގެ ބޭރުގެ ސިޑި މަތީގައި މީހަކު ރޯދަ ވީއްލުމަށް ބޭނުންވާ ތަކެތި ހިފައިގެން މަޑުކޮށްލައިގެން - ފޮޓޯ: ރާއްޖެއެމްވީ
ރަމަޟާން 1442 - ވިޔަފާރިވެރިންގެ މިސްކިތުގައި ރޯދަ ވީއްލުމުގެ ތައްޔާރީތައް ކުރިއަށްދަނީ - ފޮޓޯ: ރާއްޖެއެމްވީ