ފޮޓޯ އިން ޚަބަރު
9 އޮކްޓޯބަރ 2020 | ހުކުރު 19:30
-
7888
މޫސުން - ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވޭ، ސަމާލުވޭ
މާލެ އަށް ހުކުރު ދުވަހު ވެހުނު ވާރޭގައި ބައެއް މަގުތަކުގައި ވަނީ ފެން ބޮޑުވެފައެވެ. ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާ ކޮށްފަ އެވެ. ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލު ވެލެއްވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި، ހުކުރު ދުވަހު މާލެ އަށް ވަނީ ބޯކޮށް ވާރޭވެހިފައި - ފޮޓޯ: ރާއްޖެއެމްވީ
މާލެއަށް ހުކުރު ދުވަހު ވާރޭވެހިފައި - ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށްބަލާއިރު، ހުކުރު ދުވަހުގެ ރޭ 8:00ން ހޮނިހިރު ދުވަހުގެ 8:00ށް ދެކުނުގެ އަތޮޅު ތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ އެހެން ހިސާބު ތަކުގެ ކަނޑުތައް އާދައިގެވަރަކަަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާާނެ - ފޮޓޯ: ރާއްޖެއެމްވީ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި، ހުކުރު ދުވަހު މާލެ އަށް ވަނީ ބޯކޮށް ވާރޭވެހިފައި - ފޮޓޯ: ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށްބަލާއިރު، ހުކުރު ދުވަހުގެ ރޭ 8:00ން ހޮނިހިރު ދުވަހުގެ 8:00ށް މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އަދި މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވޭ - ފޮޓޯ: ރާއްޖެއެމްވީ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާއިގައި، ހުކުރު ދުވަހު މާލެ އަށް ވަނީ ބޯކޮށް ވާރޭވެހިފައި - ފޮޓޯ: ރާއްޖެއެމްވީ
މާލޭގެ މަގެއް - ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތަށްބަލާއިރު، ހުކުރު ދުވަހުގެ ރޭ 8:00ން ހޮނިހިރު ދުވަހުގެ 8:00ށް ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެން ވޭ - ފޮޓޯ: ރާއްޖެއެމްވީ
ވާރޭ ވެހުމުގެ ސަބަބުން މާލޭގެ މަގެއްގައި ފެންބޮޑުވެފައި - ފޮޓޯ: ރާއްޖެއެމްވީ
raajjemv logo

All rights reserved